މާނައެއްނެތް ބޭކާރު ވާހަކަތަކަށް ކަންބޮޑުވާނެކަމެއް ނެތް! 

Loading

Facebook
Twitter
WhatsApp

އެމެރިކާއިން ރަޝިޔާއަށް ވިޔަފާރީގެ ދަތިކުރުން އިއުލާން ކޮށްފައިވާއިރު ތުރުކީން ރަޝިޔާއާއިކު ވިޔަފާރީގެ ގުޅުން ދަމަހައްޓާނަމަ އަދަބުދެވޭނެކަމަށް އެމެރިކާގެ ޓްރެޝަރީ ޑިޕާރޓްމެންޓުން ކުރި އިންޒާރާމެދު ތުރުކީގެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރުމުން  ”އެއީ އެއްވެސް މާނައެއްނެތް ބޭކާރު ވާހަކައޭ “ ހަމަޖެހިލައިގެން ތިބުމަށް ތުރުކީގެ މާލީ ވަޒީރު ނޫރައްދީނު ނެބާތީ އެގައުމުގެ ވިޔަފާރިވެރިންނަށް ވިދާޅުވެއްޖެއެވެ. 

އެމެރިކާގެ އިންޒާރުގައި ތުރުކީގެ އެންމެ ބޮޑު ވިޔަފާރި ގުރޫޕް ޓުސައިޑް އާއި މާލީވުޒާރާއަށް އަމާޒުކޮށް ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިޔާ ރެކިގަތުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރަމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ.              

ނެބާތީގެ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތުރުކީގެ ވިޔަފާރިވެރިންނަށް އިންޒާރުދީ ސިޓީ ފޮނުވުމަކީ މާނައެއްނެތް ބޭކާރު މަސައްކަތެއް ކަމުގައެވެ. އެމެރިކާއާއި އަހަރެމެންގެ ރައްޓެހިންނާއި އަހަރެމެންގެ ވިޔަފާރީގެ ބައިވެރިންގެ ފަރާތުން އަހަރެމެންނަށް ލިބެމުންދާ ފުރުސަތަށް އަހަރެމެން އުފާކުރަމެވެ. އަދި ތުރުކީ ޙިއްސާކުރާ އިގްތިސާދީ ބައިވެރިންތިބީ ފްރީ މާރކެޓް އުސޫލުން ބެނދެވިފައި ކަމަށާއި ދުނިޔޭގެ އިގްތިސާދުގައިވެސް މިހާރަށްވުރެން ބޮޑު މަގާމެއް ހޯދުމުގެ އަޒުމުގައެވެ.                                                   

ބުލޫބޭ އެސެޓް މެނޭޖްމެންޓުގެ ބޭފުޅަކު ވިދާޅުވީ ނެބާޓީގެ ވާހަކަފުޅާގުޅިގެން އެމެރިކާއިން ތުރުކީއަށް ދެވަނަ ދަރަޖައިގެ ދަތިކުރުމުގެ ފިޔަޅުތަކެއް އެޅުމުގެ ފުރުސަތު ހުޅުވިފައިވާ ކަމުގައެވެ.                       

ނޭޓޯގެ މެމްބަރެއް ކަމުގައިވާ ތުރުކީން މަސައްކަތް ކުރަމުން ގެންދަނީ ރަޝިޔާއާއި ޔޫކްރެއިންގެ މައްސަލާގައި ވަކިފަރާތަކަށް ބުރަނުވުމަށެވެ. ރަޝިޔާ އާއި ޔޫކްރެއިން ގެ ތޮޅުމުގެތެރަށް ތުރުކީން ވަންނަން ބޭނުން ނުވާއިރު ނަމަވެސް އަކަމާއި ނުރުހުން ފާޅުކުރަމުންގެންދާއިރު ރަޝިޔާއާއި ދޭތެރޭ ހުޅަނގުގެ ގައުމުތަކުން ވިޔަފާރިއާއި ޓުރިޒަމަށް އަޅާފައިވާ ދަތިކުރުން ތަކަށާއި އަދި ރަޝިޔާގައި އެގައުމުގައި އިންވެސްޓްކުރުން މަނާކުރުމަށް ތުރުކީން ގެންދަނީ ދެކޮޅު ހަދަމުންނެވެ. 

މިނިސްޓަރ ނެބާޓީ ވިދާޅުވީ ތުރުކީން ބޭނުންވަނީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ބޭރުގައި އަވައްޓެރި ގައުމުތަކާއެކު ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް ރަނގަޅުކުރަމުން ގެންދިއުމެވެ. އަދި ހުޅަނގުގެ ގައުމުތަކުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތުރުކީން އެއްބަސް ވާކަށްވެސް ނުޖެހޭކަމުގައެވެ.                                   

ހުޅަނގުގެ ގައުމުތަކުން ރަޝިޔާގެ ވިޔަފާރިން ނިކުންނަން މަސައްކަތްކުރަމުން ގެންދާ މިދަނޑިވަޅުގައި ތުރުކީގެ ބައެއް ކުންފުނިތަކުން ބޭނުންވަނީ ރަޝިޔާގައި އިންވެސްޓް ކުރާށެވެ. އަދި މިހާރުވެސް ތުރުކީގެ ބައެއް ކުންފުނިތަކުން ރަޝިޔާގައި ބޮޑެތި އިންވެސްމެންޓް ތައްހުރީ ކޮށްފައެވެ. ތުރުކީއަކީ ބްލެކްސީގެ ތެރެއިން ރަޝިޔާއާއި ޔޫކްރެއިނަށް ހުޅުވިފައިވާ ގައުމެކެވެ. 

އެހެންވީމާ ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅަކާއި ބައިވެރިވުމުން ތުރުކީގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވާނެއެވެ. އެ ސަބަބަށްޓަކައި ތުރުކީން މަސައްކަތް ކުރަމުން ގެންދަނީ ރަޝިޔާއާއި ޔޫކްރެއިން ސުލްޙަކުރުމުގެ މަގު ތަނަވަސް ކުރެވޭތޯއެވެ. މިހާރުވެސް ހުޅަނގުގެ ގައުމުތަކުގެ ފްލައިޓްތައް ރަޝިޔާއާއަށް ދަތުރުނުކުރާތީ ތުރުކީއަށް އަންނަ ރަޝިޔާގެ ފަތުރުވެރިންގެ އަދަދު ދުވަހަކުވެސް ނުވާވަރަށް މިވަނީ އިތުރު ވެފައެވެ. މިއީ ތުރުކީއަށް ލިބޭ ވަރަށް ބޮޑު ފައިދާއެވެ.               

ތުރުކީގެ އެންމެ ބޮޑު މެޓަލް އެކްސްޕޯރޓް ގުރޫޕުން ބުނާގޮތުގައި ތުރުކީގެ އުފެއްދުންތައް ރަޝިޔާއަށް ބޭނުންވާ އަދަދު މި މަހުގެ ތެރޭގައި ވަރަށް މައްޗަށް ހިނގައްޖެއެވެ. އަދި ތުރުކީ މެދުވެރިގެން ރަޝިޔާގެ އުފެއްދުންތައް  ޔޫރަޕަށް އެތެރެ ކުރެވިދާނެ މަގުތައް ހޯދައި ދިނުމަށްވެސް ޔޫރަޕްގެ ވިޔަފާރިވެރިން ގެންދަނީ ތުރުކީއަށް އެދެމުންނެވެ.

Loading

One Response

  1. އެމެރިކާއިން އަބަދުވެސް ކޮންމެވެސް ބަޔަކަށް އަދަބުދޭން މިއުޅެނީ ކީއްވެގެންބާ..

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް