ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް

Loading

Facebook
Twitter
WhatsApp

ފުލުހުން އިންތިޒާމްކޮށްގެން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ފުލުހުން ބުނީ ކުރެހުމުގެ މި މުބާރާތަކީ ފުލުހުންގެ ހިދުމަތް މަދަނީ ހިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތެއްކަމަށާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާނެކަމަށެވެ.

ފުލުހުން ބުނީ ތިން ތީމަކަށް ހާއްސަކޮށްފައިވާ މި މުބާރާތުގައި ބައިވެރިވެރިކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ކަމަށެވެ.

މުބާރާތުގެ ތީމް އަކީ ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުން މި ތިން ތީމް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އަދި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ހުންނަންވާނީ A3 ސައިޒުގައި ކަމަށް ވެސް ފުލުން ހާމަކުރެއެވެ.

މި މުބާރާތުގެ 1 ވަނަ އަށް 5000 ރުފިޔާ، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފުލުހުން ބުނީ މި މުބާރާތުގެ ކުރެހުންތައް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަސް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް