ލިވާޠާއި ސިޙާޤަކީ، ބޮޑުވެގެންވާ ޙަރާމް ފާޙިޝްކަންބޮޑު ދެފާފަ 

Loading

Facebook
Twitter
WhatsApp

ލިވާޠާއި ސިޙާޤު ނުރައްކާތެރިކަންދީނީ ގޮތުން ހުރި ނުރައްކާތެރިކަން:

ލިވާތަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. ދުނިޔެއާއި ދީން ހަލާކު ކޮށްލާ ކަމެކެވެ. ﷲ ގެ ކޯފާއަށް ހުށަހެޅޭ ކަމެކެވެ. ކައިވެނީގެ ޝަރްޢީ ނިޒާމު މުގުރާލާކަމެކެވެ. އަދި މުޖްތަމަޢުގެ މަޢްނަވިއްޔާތު ނެތިދާކަމެކެވެ. އަދި އެތަނަކު ރޯދި ބަރަކާތް ކެނޑިދާނެ ކަމެކެވެ.  { ﻭَﻣَﺎ ﻫِﻲَ ﻣِﻦَ ﺍﻟﻈَّﺎﻟِﻤِﻴﻦَ ﺑِﺒَﻌِﻴﺪٍ} ‏[ ﻫﻮﺩ : 83 ‏] . އަދި އަނިޔާވެރިންނާއި ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ.

ލިވާޠާއި ސިޙާޤުގެ ސަބަބު ލިބޭ ޞިއްޙީ ގެއްލުން

އެއްޖިންސުން ގުޅުން ހިންގުމަކީ ރާމާމަކުނު ޕޮކްސް އާއި އެޗްއައިވީއެއިޑްސް ބަލި ޖެހުމަށް މަގުފަހިކޮށްދޭ ޢަމަލެކެވެ. އަދި ނޮން ކޮމިއުނިކިބަލް ޑިޒީޒްތައް އެރުމަށް މަގުފަހިކޮށްދޭ ބޮޑުވެގެންވާ ފާޙިޝު ޢަމަލެކެވެ. ޖިންސީ ގުނަވަނަށް ކެންސަރާ ތަފާތު އެތަކެއް ގެއްލުން ލިބޭ ކަމެކެވެ.

ލިވާޠާއި ސިޙާޤު ޢުޤޫބާތް

މުޙްޞިނަކު ނުވަތަ މުޙްޞިނު ނޫން މީހަކު މިފަދަ ޢަމަލެއް ހިންގިޔަސް ޝަރްޢީ ޙައްދެއްގެ ގޮތުގައި ޤަތުލުކުރުން. މިއީ؛ ކީރިތި ރަސޫލާ(ޞ) އަމުރުފުޅެވެ. 

އަދި ޞަޙާބީން މިކަމުގެ މައްޗަށް އިޖްމާޢުވެ ވަޑައިގަތެވެ. عَنْ ابْنِعَبَّاسٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَنْوَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ فَاقْتُلُوا الفَاعِلَ وَالمَفْعُولَ بِهِ» سننالترمذي ت شاكر (4/ 57) މާނައީ:

”ޢަބްދުﷲ ބުނު ޢައްބާސުގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުޅަ ޢަމަލު (ލިވާޠު) މީހަކު ތިޔަބައިމީހުނަނަށް ފެނިއްޖެނަމަ، އެކަމަށް އަރާގަތް ދެމީހުން ވެސް ޤަތުލުކުރާށެވެ!”

ލިވާޠުގެ ޙައްދު ޤާއިމު ކުރުމުގައި ޢަމަލުކުރާނެ ގޮތާމެދު ޢިލްމުވެރިންގެ ރައުޔު:

1. އެންދުން: މިއީ:އަބޫބަކުރުގެފާނު އަދި ޢަލީގެފާނު އަދި ޢަބްދުﷲ ބުނު ޒުބައިރު އަދި ޙިޝާމު ބުނު ޢަބްދުލް މަލިކު ރައުޔެވެ.

2. ރަށުގެ ހުރި އުސްޢިމާރާތަކުން މަތީން ވައްޓައި މެރުމެވެ. މިއީ:ޢަބްދުﷲ ބުނު ޢައްބާސުގެ ރައުޔެވެ.

3. ބައެއް ޢިލްމުވެރިން ރައުޔަކީ ރަޖަމު ކުރުމެވެ.

ޤަޛުފުކުރުމާއި ޒިނޭކުރުމުގެ ޙުކުމް

ގަދަފަދަ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ކަމެކެވެ. إِنَّ الَّذِينَ يَرْمُونَالْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ  لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْعَذَابٌ عَظِيمٌ ‎﴿٢٣﴾‏  يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُمْبِمَا كَانُوا يَعْمَلُونَ ‎﴿٢٤﴾‏النور 23-24ހަމަކަށަވަރުން، عفة ތެރި، غفلة ތެރި (އެބަހީ: ފާފަކުރުމުގެ خيال ވެސްނެތް) مؤمنއަންހެނުންނަށް قذف ކުރާ މީހުންނަށް، ދުނިޔެއާއި، آخرة ގައި لعنةލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.އެއުރެންގެ މައްޗަށް އެއުރެންގެ ދޫތަކާއި، އަތްތަކާއި ފައިތައް،އެއުރެން ކޮށްއުޅުނު ކަންތައްތަކާއިމެދު ހެކިވާ ދުވަހުންނެވެ.

ސަދޫމަށް ޢަޒާބު ފޮނުއްވުމުގެ އެންމެ ބޮޑު 3 ސަބަބު މި ރާއްޖެއިން ވެސް މިވަނީ ފެންނަން ފަށާފައެވެ. މިއީ މި ގައުމުގައި ތިބި މީހުނަށް ވަރަށް ނުރައްކާތެރި ބިރުވެރި ކަމެކެވެ.

ސަދޫމް ވާހަކައިން ކުޑަ މިންވަރެއް:

އެބައި މީހުން ލިވާތަކީ ކުށެށް ކަމުގައި ނުދެކުން.

އެ ފާޙިޝް ޢަމަލު ކުރުމުގައި އެބައި މީހުން ފޯރީގައި ޤައުމުގެ ބޮޑު އުޅެގަތުން. ނުވަތަ ބީރުކަންފަތެއް ދީ ކަނުލޯތަކެއް ކަމުގައިވުން.

ލިވާތު ލަދުވެތި ފާޙިޝު ޢަމަލު ހިންގުމީ އެއްވެސް ނުބައި ކަމެއްގެ ގޮތުގައި ނުދެކި އެއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ހަދާލައިގެން އެޖަރީމާ އާންމުކޮށް ބިރެއްނެތި މަޖާކުރުން.

ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތުން ކުޑަމިންވަރެއް:

ލިވާތަކީ ޙައްޤެއް ކަމުގައި ދެކި ބޮޑުންގެ ބައިގަނޑެއް އެކަމަށް ވަކާލާތުކުރުން‘

ޢިއްޒަތްތެރިން އެންމެ ފޯރީގައި އެކަމުގައި އުޅުން އަދި ދައުލަތް ހިންގުމަށް ރައްޔަތުން އިސްކޮށްފާވާ ސަރުކާރުގެ ބޮޑުންގެ ލިވާތުގެ ކުޅިގަނޑާއި ގުޅިގެން އެއް ބާރުން އަނެއް ބާރަށް ޒިނޭގެ ތުޙުމަތު ކުރެވިފައި އެއީވެސް ބޮޑު ފާފައެއް ކަމުގައި ނުދެކެ ތަޙުގީގެއް ކުރުމެއްނެތި ޑީލްހަދާ އޮއްބާލުން.

ލިވާތު ކުރުމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދައުލަތް ހިންގަން ޙަވާލުކުރެވިފައިވާ ސަރުކާރުން ދުށުން. 

އަދި މީގެ އިތުރުން އަދުލުއިންސާފުގެ ޙާލަތު ވެސް އޮތީ ސަދޫމް ވެފައި ޢިއްޒަތްތެރިންނަށް އިންސާފު ނިކަމެތިންނަށް ބޭއިންސާފު ޢިއްޒަތެރިން ކުށެށް ކުރިޔަސް ކުށްވެރިނުވުމާ ހިރުވާތަނުގައި ކަހާވެސް ނުލުން. އަދި ނިކަމެއްޗަކު ކުށެށް ނުކުރިޔަސް ކުށުގެ ތުޙުމަތުގައި ހުރަގެއަށް ލުން.

ޔާ ﷲ އަޅަމެންގެ ތެރެއިން ބަޔަކު ކުރާ ފާފަތަކުން އަޅަމެން އެންމެންގެ މައްޗަށް އާންމުވެދާފަދަ ކޯފާއެއް ނުފޮނުއްވާންދޭވެ! އިބަ އިލާހު އަޅަމެންނަށް ރަޙުމުކުރައްވާށި! އާމީން ޔާރައްބު!

  

Loading

One Response

  1. އާދޭހެވެ! ގައުމުގެ ޙާލަތު ސަދޫމް ސިޓީއާއި އަރާ ހަމަ ކުރީއެވެ. ނުވަތަ ކުރަނީއެވެ. އަދި ޢަދުލް އިންސާފު ވެސް ގައިމުކޮށްދެން ބުނެ އެވަނީ ދެތިން ލޯފާމަކާއި ޙަވާލު ވެފައެވެ. އޭޖީ، ޕީޖީ. ޖޭއެސްސީ. ސުޕްރީމް ކޯޓްގައި އެ ވަކީލުންތަށް ދައުލަތް ތަމްސީލު ކުރަނީއެވެ. ދީނައްޓަކާ ގައުމަށްޓަކާ ރައްޔަތުންނަށްޓަކާ ދިވެހިން ގެނައި ސަރުކާރުގެ ޙާލު މިހާރު އެގިއްޖެކަމަށް ހީކުރަމެވެ.
    #ވިސްނާށޭގައުމު

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް