ދަރިވަރަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވިގެން އާންމުން އަނިޔާކުރި ޓީޗަރުގެ ބަންދަށް ފަސް ދުވަސް

Loading

Facebook
Twitter
WhatsApp

ދަރިވަރަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި އާންމުން އަނިޔާކުރި ޓީޗަރުގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

އުމުރުން 29 އަހަރުގެ އެ ޓީޗަރަށް ބަންދުގެ މުއްދަތު ޖެހީ ޖެހީ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ.

ޓިއުޝަން ނަގައިދިން އުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތާއެކު އެ ޓީޗަރަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ބަޔަކު އެ ޓީރަރާ ސުވާލުކޮށް އޭނަ އަށް އަނިޔާކުރާ މަންޒަރެވެ. އަދި އޭނަގެ ހެދުން އޭނަ ލައްވާ ބާލުވައި ހަމައެކަނި ބޮކްސާގައި ބަހައްޓާ ފައިން އޭނާގެ ގައިގައި ތަޅާ އަނިޔާ ކޮށްފައި ވެއެވެ. އެ ޓީޗަރު ހައްޔަރުކުރީ އެ ސަރަހައްދަށް ދިޔަ ފުލުހުންނެވެ.

މި މައްސަލައާއި ގުޅިގެން އާއިލާއިން ބުނި ގޮތުގައި އެ ކުއްޖާއަށް ޓިއުޝަން ނަގައިދޭން ބުނީ ވެސް ޓީޗަރުކަމަށެވެ. އަދި ބަދު އަޚްލާގީ މަންޒަރުފެންނަ ވީޑިއޯވެސް ކުއްޖާއަށް ދައްކާފައިވާކަމށް ވެސް އާއިލާއިން ތުހުމަތުކުރެއެވެ.

ވީޑިއޯ އާންމުވުމާ އެކު ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ހަމަލާދީ މާރާމާރީ ހިންގާނަމަ އެފަދަ އަމަލު ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ފުލުހުންގެ އިންޒާރާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް