ބޮޑު ހިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp
އެސްއޯއެފްގެ ވެރިން--

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ ދައުރުކުރަން ބޭނުންކުރުމާ ގުޅިގެން ފްރީޒްކޮށްފައި ހުރި އެސްއޯއެފްގެ ބޭންކު އެކައުންޓްތައް ބީއެމްއެލުން ދޫކޮށްލައިފިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފްގެ އެކައުންޓް ފްރީޒުކުރީ 2020 ވަނަ އަހަރުއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ދިހަ ކުންފުންޏަކާއި ދެ މީހެއްގެ ބޭންކް އެކައުންޓް ފްރީޒް ކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވެއެވެ. އޭގެ ތެރޭގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް ސާވިސް ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑާއި، އެސްއޯއެފް ޑިވެޕޮލްމަންޓް ޕްރައިވެޓް ލިމިޓެޑު ހިމެނެއެވެ.

އެނގިފައިވާ ގޮތުގައި އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލަން އަމުރު ނެރުނީ މިިދިޔަ ޖޫން މަހާއި މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އެ އަމުރު ތަންފީޒުކޮށްފައިވާކަންވެސް އެނގިފައިވެއެވެ.

އެމްއެމްޕީއާރްސީ އޮޑިޓްކޮށް، އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަގު 79 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އެސްއޯއެފްއަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލޯންޑާކުރި މައި އެކައުންޓެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް