ފުރިހަމަ ޤާބިލް ޢަސްކަރިއްޔާއަކީ، ވަކިވަކި ސިފައިންތަކެއް ނޫން: ރައީސް އިބްރާހީމް

  ފުރިހަމަ ޤާބިލް ޢަސްކަރިއްޔާއަކީ، ވަކިވަކި ސިފައިންތަކެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ”އެއީ ބަދަހި ސަފުތަކެއް. އެއީ އެކަކު އަނެކަކަށް އިޙްތިރާމުކުރާ، އެކަކު އަނެކަކުދެކެ ލޯބިވާ، ގުޅުން ވަރުގަދަ އެއް ޢާއިލާ. އެހެންކަމުން، ސިފައިންނަކީ، އެމީހުންގެ އަމިއްލަ މަޞްލަޙަތު އެއްފަރާތްކޮށް، މުޅި ޢަސްކަރިއްޔާގެ މަޞްލަޙަތަށް، އަބަދުވެސް އިސްކަން ދޭންޖެހޭނެ ބައެއް.“66 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު […]

އިސްލާމީ ޝަރީއަތް ނުދަންނަ މީހުންގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ވޭނާއި ކެކުޅުންތައް ގިނަ: ޚުތުބާ

އިސްލާމީ ޝަރީއަތުގެ ހަގީގަތާއި އޭގެ ހަރުދަނާ އުސޫލްތައް ނުދަންނަ މީހުންގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ވޭންތަކާއި ކެކުޅުންތައް ގިނަކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. އާއިލީގުޅުން ހަރުދަނާ ކުރުމުގެ މައުޟޫއަށް ޚާއްސަ ކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ ޖާހިލިއްޔާ ޒަމާނުގައި އަންހެނުންނަށް ކުރިމަތިވީފަދަ ބޮޑެތި އަނިޔާތަށް މިހާރުވެސް ވަމުންދާކަަމަށެވެ. “ ޖާހިލީ ޒަމާނުގައި އަންހެނުން ވީ ފަދައިން އެކަނބަލުން މިއަދު ވެސް ދަނީ ބޮޑެތި އަނިޔާތަކަކާ ކުރިމަތިލަމުން. މޮޑެތި ތުރާތަކެއް ތަހައްމަލް ކުރަމުން. މީހަކާ […]

މާލެ އާއި ކޮޗިންއާއި ދެމެދު ޚާއްސަ ފްލައިޓްތަކެއް

މާލެ އާއި އަވައްޓެރި އިންޑިއާގެ ކޮޗިންއާއި ދެމެދު ޚާއްސަ ފްލައިޓްތަކެއް ބާއްވަން ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ. ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ މި ފްލައިޓްތައް ދަތުރުކުމަށް ހަމަޖެހިފައިވަނީ މާދަަމައިން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ. މި ފަލައިޓްތަކަށް ރިޒަވޭޝަން ހެދުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށް ވެސް މޯލްޑިވޮއަނުން ހާމަކުރެއެވެ. މި ފްލައިޓްތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 7474 އިންޑިއަން ރުޕީށް ( 1560 ރުފިޔާ) އެވެ. މޯލްޑިވިއަނުން އިންޑިއާގެ ކޮޗިންއަށް ޚާއްސަ ފްލައިޓްތަކެއް ހަމަޖައްސިއިރު ކޮވިޑްގެ […]

ސަޢޫދީ ވަލީ އަހުދާއި ނަތަންޔާހޫއާއި ބައްދަލު ކުރެއްވިބާ؟

އިޒުރޭލުގެ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި ސަޢޫދީ ވަލީ އަހުދު މުޙައްމަދު ބިްނ ސަލްމާނާއި ނަތަންޔާހޫއާއި ސިއްރިޔާތުގައި ބައްދަލު ކުރައްވައިފިއެވެ.  މިއީ ތެދު ޚަބަރެއްނަމަ، މިއީ ބޮޑުވަޒީރު ފަދަ އިޒްރޭލުގެ އިސް އޮފިޝަލަކު ސަޢޫދީ އަރަބިއްޔާގެ އިސް އޮފިޝަލަކާއި ބޭއްވި ފުރަތަމް ބައްދަލުވުމެވެ. މި ކަމުން ދޭހަކޮށްދެނީ މިދެގައުމުގެ ގުޅުން ބަދަހިވަމުންދާ މިންވަރެވެ. މިވާހަކައެއް އިވިގެން މިދިޔައީ އިޒްރޭލާއި ސުންނީ އަރަބި ގައުމެއް ކަމަށްވާ ސަޢޫދީ އަރަބިއްޔާއާއި ސިޔާސީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުން ގާއިމުކުރަން އުޅޭ ވާހަކަ ދެކެވެމުންދާ […]

ދުނިޔެ ދުށް އެންމެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ މަރަޑޯނާ މަރުވެއްޖެ

ދުނިޔެ ދުށް އެންމެ ހުނަރުވެރި އަދި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ އުމުރުން 60 އަހަރުގައި އޭނާގެ އުފަން ގައުމު އާޖެންޓީނާގައި ބުދަދުވަހު ހެނދުނު މަރުވެއްޖެއެވެ. އޭނާ މަރުވީ އަމިއްލަ ގޭގައި އުޅެނިކޮށް ހިތް ހުއްޓިގެންނެވެ. މީގެ ތިން ހަފުތާއެއްހާ ދުވަސްކުރިން މަރަޑޯނާގެ ސިކުނޑީގެ ކާމިޔާބު އޮޕްރޭޝަނެއް ވަނީކޮށްފައެވެ. ސިކުނޑީގައި ލޭކޮޅެއް ގަނޑުވެފައި ހުރުމުގެ ސަބަބުން ކުރި އޮޕްރޭޝަނަށްފަހު އޭނާ ހޮސްޕިޓަލުން ގެއަށް ފޮނުވާލީ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އޭގެފަހުން އޭނާ […]

ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެ.

ޔުނިވާސަލް ކުންފުނީގެ ޑިރެކްޓަރެއް ކަމުގައިވާ ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެއެވެ. އެބޭފުޅާ އަވަހާރަވެފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޑރ.އިބްރާހިމް އުމަރު މަނިކު ގެންދެވީ ސިންގަޕޫރުގައި ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުންނެވެ. ޑރ.އިބްރާހިމް އުމަރު މަނިކަކީ ރާއްޖޭގެ މަޝްހޫރު ޑޮކްޓަރެކެވެ. އެބޭފުޅާ މަޝްހޫރުވެފައިވަނީ ރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރުގެ ގޮތުގައެވެ. އެބޭފުޅާ ވަނީ ސެންޓްރަލް ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. އެބޭފުޅާ 68 އަހަރުގައި ދުނިޔެ ދޫކުރެއްވިއިރު، އަނބިކަނބަލަކާއި ދެބޭފުޅުން އެބަތިއްބެވިއެވެ.

”ވޯލްޑް އެންޓި މައިކްރޯބިއަލް އެވެއަރނެސް ވީކް“ ފާހަގަ ކުރުމުގެ ގޮތުން ކުރެހުމުގެ މުބާރާތެއް ބާއްވަނީ!

”ވޯލްޑް އެންޓި މައިކްރޯބިއަލް އެވެއަރނެސް ވީކް“ ފާހަގަ ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހެލްތާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މިއީ ކުދި ފަނިފަކުސާގެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ ގޮތުން ފާހަގަކުރެވޭ ހަފްތާއެކެވެ. މިކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މިމުބާރާތުގެ ބައިވެރިން ހުށަހަޅާ ކުރެހުންތައް އަމާޒު ކުރަން ޖެހެނީ ”އެންޓި މައިކްރޯބިއަލް ރެސިސްޓެންސް“ މި ތީމަށެވެ. ބައިވެރިންގެ ކުރެހުން ހުށަހަޅަން ޖެހޭ […]

ވަރަށް ގިނަ މުސްލިމް ގައުމުތައް ހިމެނޭހެން 13 ގައުމަކަށް ވިސާދޫކުރުން ޔޫ.އޭ.އީން މަޑުޖައްސާލައިފި.

 13  ގައުމެއްގެ ރައްޔިތުންނަށް ވިސާދޫކުރުން ޔުނައިޓެޑު ޢަރަބް އެމިރޭޓްސް(ޔޫ.އޭ.އީ) އިން މަޑުޖައްސާލައިފިއެވެ. އެގައުމުތަކުގެ ތެރޭގައި ގިނައިން ހުރީ އީރާން، ސީރިއާ، ތުރުކީ، ސޯމާލިއާ ފަދަ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކެވެ.

ޗެމްޕިއަންސް ލީގް: ޔުނައިޓެޑަށް ފަސޭހަ މޮޅެއް!

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި އިސްޓަންބޫލް ބައްދަލު ކުރި މެޗް 4-1ގެ ނަތީޖާއިން ފަސޭހަކަމާއިއެކު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. އޯލްޑް ޓްރެފޯޑްގައި ރޭކުޅެވުނު މިމެޗްގެ ފުރަތަމަ ގޯލް މެޗު ފެށިގެން 7 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ފޯވަރޑް ބްރޫނޯ ފަރނާންޑޭޒް އެވެ. އެއަށްފަހު މާގިނައިރުތަކެއް ނުވެ މެޗްގެ 19 ވަނަ މިނިޓުގައި ވެސް އޭނާވަނީ ގޯލެއް ކާމިޔާބު ކޮށްދީ ޔުނައިޓެޑަށް ލީޑް ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑުންވަނީ އަނެއްކާވެސް […]

ސ.ހިތަދޫ ސްކޫލްގެ ފަރާތުން ތިޔަ ދެއްކެވީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ނަމޫނާއެއް!

ހިތަދޫ ސްކޫލްގެ ފަރާތުން ބޭނުން ޖެހިފައިވާ ކުދިންނަށް ސްކޫލް ޔުނިފޯމް ފޯރުކޮށްދިނުމުގެ ގޮތުން ޔުނިފޯމް ”އެކްސްޗޭންޖް“ ޕްރޮގްރާމެއް ފަށައިފިއެވެ. މިކަންވަނީ އެ ސްކޫލުން ނެރުނު އިޢުލާނެއްގައި ހާމަކޮށްފައެވެ. ކޯވިޑްގެ ހާލަތާއި ގުޅިގެން ރަސްމީ ޔުނިފޯމް މިއަހަރު ބޭނުން ކުރީ ވަރަށް މަދުން ކަމުން، ކުދިންގެ ޔުނިފޯމްތައް ހުންނާނީ އާކޮށް ކަމަށް ބެލެވޭ ކަމަށް އެއިއުލާނުގައި ވެއެވެ. ނަމަވެސް ކުދިން ހެދިބޮޑުވުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ޔުނިފޯމަތައް އަންނަ އަހަރު ބޭނުންނުކޮށް އެއްލާލުމުގެ ބަދަލުގައި އެޔުނިފޯމްތައް ބޭނުން ޖެހިފައިވާ […]