މާލެ އާއި ކޮޗިންއާއި ދެމެދު ޚާއްސަ ފްލައިޓްތަކެއް

Loading

Facebook
Twitter
WhatsApp

މާލެ އާއި އަވައްޓެރި އިންޑިއާގެ ކޮޗިންއާއި ދެމެދު ޚާއްސަ ފްލައިޓްތަކެއް ބާއްވަން ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ މި ފްލައިޓްތައް ދަތުރުކުމަށް ހަމަޖެހިފައިވަނީ މާދަަމައިން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ. މި ފަލައިޓްތަކަށް ރިޒަވޭޝަން ހެދުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށް ވެސް މޯލްޑިވޮއަނުން ހާމަކުރެއެވެ.

މި ފްލައިޓްތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 7474 އިންޑިއަން ރުޕީށް ( 1560 ރުފިޔާ) އެވެ.

މޯލްޑިވިއަނުން އިންޑިއާގެ ކޮޗިންއަށް ޚާއްސަ ފްލައިޓްތަކެއް ހަމަޖައްސިއިރު ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެބޯޑަރު އަލުން ހުޅުވައިލުމުން ރާއްޖެއަށް ދެ ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަކީ އިންޑިއާއިންނެވެ. ޚާއްސަކޮށް އެގައުމުގެ މަޝްހޫރު ފިލްމީ ތަރިންނާއި މަހުޖަނުން މިދުވަސްވަރު ރާއްޖެ އަންނަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް