ސ.ހިތަދޫ ސްކޫލްގެ ފަރާތުން ތިޔަ ދެއްކެވީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ނަމޫނާއެއް!

Loading

Facebook
Twitter
WhatsApp

ހިތަދޫ ސްކޫލްގެ ފަރާތުން ބޭނުން ޖެހިފައިވާ ކުދިންނަށް ސްކޫލް ޔުނިފޯމް ފޯރުކޮށްދިނުމުގެ ގޮތުން ޔުނިފޯމް ”އެކްސްޗޭންޖް“ ޕްރޮގްރާމެއް ފަށައިފިއެވެ. މިކަންވަނީ އެ ސްކޫލުން ނެރުނު އިޢުލާނެއްގައި ހާމަކޮށްފައެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން ރަސްމީ ޔުނިފޯމް މިއަހަރު ބޭނުން ކުރީ ވަރަށް މަދުން ކަމުން، ކުދިންގެ ޔުނިފޯމްތައް ހުންނާނީ އާކޮށް ކަމަށް ބެލެވޭ ކަމަށް އެއިއުލާނުގައި ވެއެވެ. ނަމަވެސް ކުދިން ހެދިބޮޑުވުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ޔުނިފޯމަތައް އަންނަ އަހަރު ބޭނުންނުކޮށް އެއްލާލުމުގެ ބަދަލުގައި އެޔުނިފޯމްތައް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހަދިޔާކުރުން އެދެވިގެންވާ ކަމަށް އިއުލާނުގައި ވެއެވެ. މިގޮތުން ސައިޒުން ކުޑަވެފައިހުރި ޔުނިފޯމްތައް ސްކޫލަށް ހަދިޔާކުރުމުން އެތަކެތި ބޭނުންޖެހިފައިވާ ކުދިންނަށް ފޯރުކޮށްދޭނޭ ކަމަށް ހިތަދޫ ސްކޫލުން ވަނީ ބުނެފައެވެ. އެގޮތުން އޮފިޝަލް ޔުނިފޯމް (ފަޓުލޫނު، ގަމީސް، ސްކަރޓް، ޓައީ)، ބޫޓާއި ސްޓާކީން އަދި އެކްޓިވިޓީސް ޔުނިފޯމް ހަދިޔާކުރުމަށް ވަނީ ހުޅުވާލައިފައެވެ.

މި ޕްރޮގްރާމަކީ ބޭނުން ޖެހިފައިވާ ކުދިންނަށް އެހީވުމަށް ހިންގޭ މުހިންމު ޕްރޮގްރާމެކެވެ. ބައެއް ބެލެނިވެރިންގެ އަތްމަތި ދަތިވެ އައު އަހަރަށް ކުދިން ސްކޫލަށް ފޮނުވަން ތަކެތި ހަމަކުރުމަކީ ބައެއް ފަހަރު ވަރަށް ބޮަޑު ތަކުލީފަކަށް ވެއެވެ. ހިތަދޫ ސްކޫލުން މިފެށި ޕްރޮގްރާމަކީ އެހެން ސްކޫލްތަކަށް ވެސް ނަމޫނާއެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް