ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެ.

Loading

Facebook
Twitter
WhatsApp

ޔުނިވާސަލް ކުންފުނީގެ ޑިރެކްޓަރެއް ކަމުގައިވާ ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެއެވެ. އެބޭފުޅާ އަވަހާރަވެފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޑރ.އިބްރާހިމް އުމަރު މަނިކު ގެންދެވީ ސިންގަޕޫރުގައި ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުންނެވެ.

ޑރ.އިބްރާހިމް އުމަރު މަނިކަކީ ރާއްޖޭގެ މަޝްހޫރު ޑޮކްޓަރެކެވެ. އެބޭފުޅާ މަޝްހޫރުވެފައިވަނީ ރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރުގެ ގޮތުގައެވެ. އެބޭފުޅާ ވަނީ ސެންޓްރަލް ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ.

އެބޭފުޅާ 68 އަހަރުގައި ދުނިޔެ ދޫކުރެއްވިއިރު، އަނބިކަނބަލަކާއި ދެބޭފުޅުން އެބަތިއްބެވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް