"ވޯލްޑް އެންޓި މައިކްރޯބިއަލް އެވެއަރނެސް ވީކް" ފާހަގަ ކުރުމުގެ ގޮތުން ކުރެހުމުގެ މުބާރާތެއް ބާއްވަނީ!

Loading

Facebook
Twitter
WhatsApp

”ވޯލްޑް އެންޓި މައިކްރޯބިއަލް އެވެއަރނެސް ވީކް“ ފާހަގަ ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހެލްތާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މިއީ ކުދި ފަނިފަކުސާގެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ ގޮތުން ފާހަގަކުރެވޭ ހަފްތާއެކެވެ.

މިކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މިމުބާރާތުގެ ބައިވެރިން ހުށަހަޅާ ކުރެހުންތައް އަމާޒު ކުރަން ޖެހެނީ ”އެންޓި މައިކްރޯބިއަލް ރެސިސްޓެންސް“ މި ތީމަށެވެ. ބައިވެރިންގެ ކުރެހުން ހުށަހަޅަން ޖެހޭ ސުން ގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރެހުންތައް ކުރެހުމުގައި ކޮންމެ މީޑިއަމެއްވެސް ބޭނުން ކުރުން ހުއްދައެވެ. ބައިވެރިންގެ ކުރެހުންތައް ހުށަހަޅަން ޖެހެނީ ސާފު ފޮޓޯއެއް ނުވަތަ ކުލަ ސްކޭނެއް ކުރުމަށް ފަހު އީމެއިލް މެދުވެރިކޮށެވެ. މިމެއިލާއިއެކު ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމްވެސް ހުށަހަޅަން ޖެހެއެވެ.

މުބާރާތުގެ ވަނަ ވަނައަށް ދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވެސް ވަނީ ކަނޑައެޅިފައެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އައިޕެޑް އެއަރއެއް، ދެވަނައަށް 5000 ރުފިޔާ އަދި ތިން ވަނަޔަށް 3000 ރުފިޔާ ކަނޑައެޅިފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް