މިއީ ”ވޭން“އެއްގައި ދިރިއުޅޭ ޒުވާން މިލިޔަނަރެއް!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް މިލިޔަަނަރުންނެއް އުޅެމުން ގެންދެއެވެ. ނަމަވެސް އެމެރިކާގެ މަގުތައް މަތީގައި ވޭނެއްގެ ތެރޭގައި ދިރިއުޅެމުން އަންނަ 26 އަހަރުގެ ބެންޔޫ ނަމަކަށް ކިޔާ މިޒުވާނާއަކީ އާދަޔާޚިލާފު ޒުވާނެކެެވެ. ބެންޔޫއަކީ މަޑުމައިތިރި، އެހެން މީހުންނާ ތަފާތު މިޒާޖެއްގެ މީހެކެވެ. އޭނާވަނީ މަޝްހޫރު ހާވާރޑް ޔުނިވަރސިޓީއަށް މަތީ ތަޢުލީމު ހޯދަން ދިޔުމަށް ފަހުވެސް އެއް ސެމެސްޓަރ އަށް ފަހު ކިޔެވުން ދޫކޮށްލައިފައެވެ. ބެންއަށް ލިބުނު މުއްސަނދިކަމުގެ އަސްލަކީ ބިޓްކޮއިންނެވެ. އޭނާ މީގެ އަހަރުތަކެއް ކުރިން […]

ރާއްޖޭގައި އެއްފަހާރާ އެންމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފި

ދިވެހިރާއްޖޭގައި އެއްފަހަރާ އެއްމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފެއްދާ ނިޒާމް ގާއިމް ކުރުމަށް ތައިލެންޑް ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ހުޅުލެ އާއި ހުޅުމާލެ ގުޅުނު ސަރަހައްދުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ހަކަތަ އުފައްދާ މި ނިޒާމް ގާއިމްކުރުމަށް ހަވާލުކުރުމުގެ ގޮތުން މިއަދު ވަނީ ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑައީއެކު އެއްބަސް ވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އަދި ތައިލޭންޑްގެ އެންސިސް […]

ދެވަނަ ބައި – ތުރުކީއާއި ދެކޮޅަށް ޔޫއޭއީއާއި ފަރަންސޭސި ވިލާތް ގުޅިގެން ކުރަންއުޅުނު މަސައްކަތްތައް އަތަށް ގޮވަނީ – ދިރާސާ

ތުރުކީއާއި ދެކޮޅަށް ޔޫއޭއީއާއި ފަރަންސޭސި ވިލާތާއި ގުޅިގެން ފަރަންސޭސި ވިލާތުން ދެކެނީ ޔޫ.އޭ.އީއަކީ ވިޔަފާރިއާއި ތެލަށް އިންވެސްޓު ކުރުމަށް މުހިއްމު ތަނެއްގެ ގޮތުގައެވެ. މީގެ އިތުރުން، ޔޫ.އޭ.އީއަކީ ގަލްފުގެ ގައުމުތަކުގެ ތެރއިން ފަރަންސޭސި ވިލާތުގެ ސިފައިން ތިބޭ ދާއިމީ ބޭސްއެއް ގާއިމުކޮށްފައިވާ ގައުމެކެވެ. 1995 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެތާނގައި ގިނަ އަދަދެއްގެ ފަރަންސޭސި ސިފައިން ތިބެއެވެ.  ޔޫ.އޭ.އީ އަށް ހަމަލާއެއް އަތުވެއްޖެނަމަ، އެފަރާތަކާއި ދެކޮށް ވަގުތުން ރައްދު ދިނުމަށް 2009 ވަނަ އަހަރު […]

އައި.ޔޫ.އެމް ގެ ”އިޤްރަ“ ބުކްފެއަރ މިފަހަރު ވަރޗުއަލްކޮށް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ގެ ބުކްފެއަރ ”އިޤްރަ“ ވަރޗުއަލްކޮށް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ވަރޗުއަލްކޮށް މިބުކްފެއަރ ބާއްވަނީ އެކަމަށް ޙާއްސަ ވެބްސައިޓެއް މެދުވެރި ކޮށެވެ. އެކަމަށް ޙާއްސަކޮށް ތައްޔާރުކުރި މި ވެބްސައިޓް މިހާރުވަނީ އިފްތިތާޙް ކޮށްފައެވެ. މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވައިފައިވަނީ އައި.ޔޫ.އެމްގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. މި ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. ވަރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބުކްފެއަރ […]

އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިލެކްޝަން ކޮމިޝަން (އީސީ)ގެ މެންބަރަކު އިސްތިއުފާ ދެއްްވުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ. އިލެކްޝަން ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވަނީ އެކޮމިޝަނުގެ ނައިބް ރައީސްކަން ކުރެއްވި އަހުމްދު އަކްރަމްއެވެ. އެކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައިވާގޮތުން ކޮމިޝަނުގެ މެންބަރުކަމަށް އެދި މި މަހުގެ 30ގެ ކުރިން ރައީސް އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ. ކޮމިޝަނުގެ މެންބަރުކަމަށް އެދޭ ފޯމާ އެކީ އިގްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވޭތޯ […]

ދޯންޏެއްގައި އަލިފާންރޯވެ ހަތަރު މީހަކު ފިހިއްޖެ

ގދ ތިނަދޫ ބަނދަރުގައި އޮތް މަސް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއްހިގައި ހަތަރުމީހަކު ފިހިއްޖެއެވެ. ތިނަދޫ ކައުންސިލް ރައީސް އަލީ އަމްޖަދު މިއަދު ވިދާޅުވީ ރޭ ދަންވަރު 12:30 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާ ހިންގާފައިވަނީ ގޭސްފުޅިއެއް ގޮވައިގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެގިފައިވާކަމަށެވެ. އަމްޖަދު ވިދާޅުވީ ފިހުނު ހަތަރުމީހުން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށާއި އެތަނުން އެކަކު ފިޔަވައި ދެންތިބި މީހުން ފަރުވާ އަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަބްދުއްސަމަދު މެމޯރިއަލް […]

އަދާލާތު ޕާޓީގެ އިންތިޚާބު ފަސްކޮށްފި

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބު ބޭއްވުން ފަސްކޮށްފި އެވެ. އަދާލަތު ޕާޓީން ނެރުނު އިއުލާނެއްގައިވާގޮތުން އެ ޕާޓީގެ ދާއިރާތަކާއި ގޮފިތަކުގެ މަގާމުތަކަށް މީހުން ހޮވުމަށް ބޭއްވުމަށް ހަމަޖައްސާފައިވާ އިންތިޚާބު ބޭއްވުން މިހާރު ޑިސެމްބަރު 19 އަށް ވަނީ ލަސްކޮށްފައެވެ. އެޕާޓީން ކުރިން އިއުލާން ކޮށްފައިވަނީ ޑިސެމްބަރު ފަހެއްގައި އިންތިޚާބު ބޭއްވުމަށެވެ. އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައެޅުން ވެސް އެޕާޓީންވަނީ ލަސްކޮށްފައެވެ. އިންތިޚާބު ބާއްވާނެތަންތަން ކަނޑައަޅުން މިހާރުވަނީ މި މަހު 25 އަށް އިތުރުކޮށްފައެވެ. އެޕާޓީން އިންތިޚާބު ބާއްވާނެ […]

ހޯމް މިނިސްޓަރ ޢިމްރާންގެ އިތުބާރުނެތް ކަމުގެ މައްސަލަ މާދަމައަށް އެޖެންޑާ ކޮށްފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މާދަމާ ބާއްވާ ޖަލްސާގެ އެޖެންޑާގައި އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހިމަނާފައިވީ ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއިން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވަނީ އިމްރާންގެ އިތުބާރު އޮތް ކަމަށެވެ. އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިންނެވެ. އެ ގަރާރުގައި 11 މެންބަރަކު ސޮއިކުރައްވާފައިވެއެވެ. އެއީ އިދިކޮޅު ކޯލިޝަންގެ […]

ކޮންމެ އިންސާނަކަށްވެސް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ސަޢުދީ ރަސްގެފާނު ގޮވާލައްވައިފި

ދުނިޔޭގެ އެންމެންނަށްވެސް ކޮވިޑް-19 ވެކްސިން ހަމަހަމަކަމާ އެކު ލިބޭނެކަން ޔަގީން ކުރަން ޖީ20 ގައުމުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ހިމެނޭ ސަމިޓު މި އަހަރު ބާއްވަނީ ވަރޗުއަލްކޮށެވެ.އަދި އެ ސަމިޓު ފައްޓަވައިދެއްވަމުން ސަލްމާން ރަސްގެފާނު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޖީ20ގެ ލީޑަރުންނަށް ސަޢުދީއަށް ވަޑައިނުގެންނެވޭތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. […]

ގޭހާއި ތެޔޮ ހޯދަން ކުރާ މަސައްކަތް ތުރުކީއިން އިތުރުކޮށްފި

މެޑިޓަރޭނިއަން ކަނޑުގައި ގޭހާއި ތެޔޮ ހުރިތޯ ބަލަން ސާވޭކުރާ މުއްދަތު ތުރުކީން އިތުރުކޮށްފި އެވެ. ގްރީސް ކައިރިން ތެލާއި ގޭސް ހޯދުމަށް ތުރުކީން މީގެ ކުރިން މަސައްކަތް ކުރުމުން އެމައްސަލަ ހޫނުވިއެވެ. އެ މައްސަލައިގައި ސާވޭކުރުމަށް ބޭނުންކުރާ އުޅަނދު އޮރުޖް ރެއިސް އަލުން އަނބުރާ ތުރުކީގެ ސަރަހައްދަށް ގެނައެވެ. ނަމަވެސް ފަހުން ތުރުކީން އަލުން ވަނީ އެ އުޅަނދު އަނެއްކާވެސް އެ ސަރަހައްދަސް ފޮނުވައިފަ އެވެ. އަދި އެ އުޅަނދު މިމަހުގެ 29 އާ ހަމައަށް އެ […]