ކޮންމެ އިންސާނަކަށްވެސް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ސަޢުދީ ރަސްގެފާނު ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އެންމެންނަށްވެސް ކޮވިޑް-19 ވެކްސިން ހަމަހަމަކަމާ އެކު ލިބޭނެކަން ޔަގީން ކުރަން ޖީ20 ގައުމުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ހިމެނޭ ސަމިޓު މި އަހަރު ބާއްވަނީ ވަރޗުއަލްކޮށެވެ.އަދި އެ ސަމިޓު ފައްޓަވައިދެއްވަމުން ސަލްމާން ރަސްގެފާނު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޖީ20ގެ ލީޑަރުންނަށް ސަޢުދީއަށް ވަޑައިނުގެންނެވޭތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ސަލްމާން ރަސްގެފާނު އިތުރަށް ވިދާޅުވީ ކޮވިޑަށް ވެކްސިނާއި ފަރުވާ ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ ރަނގަޅަށެވެ. ނަމަވެސް ވެކްސިނާއި ފަރުވާތައް އެންމެންނަށްވެސް އަތްފޯރާފަށުގައި، ހަމަހަމަކޮށް ފޯރުކޮށްދޭވެނެކަން ޖީ20 ގައުމުތަކުން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

”ކޮވިޑް-19އަށް ވެކްސިނާއި ފަރުވާ އާއި ޓެސްޓު ކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ ރަނގަޅަށް، ނަމަވެސް އެ ހުރިހާ އާލާތްތަކެއް އެންމެންނަށްވެސް އަގުހެޔޮކޮށް އަދި ހަމަހަމަ ގޮތެއްގައި ލިބޭނެ ގޮތް ހެދުމަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ޖެހޭ،“ ސަލްމާން ރަސްގެފާނު ވިދާޅުވި އެވެ.

ސަޢުދީ އަރަބިއްޔާ އިސްވެ އޮވެގެން މި އަހަރު ބާއްވާ ޖީ20 ސަމިޓުގައި ކޮވިޑް ބަލިމަޑުކަމާއި އޭގެ ސަބަބުން ގައުމުތަކަށް ލިބޭ އިގުތިސާދީ ގެއްލުންތަކާ ބެހޭ މަޝްވަރާތައް ބާއްވާނެ އެވެ.

އަދި ސަލްމާން ރަސްގެފާނު ވިދާޅުވީ ދެ ދުވަހަށް ދެމިގެންދާ އެ ސަމިޓު ނިމޭނީ މުސްތަގުބަލާ ބެހޭ ގޮތުން ދުނިޔޭގެ އެންމެންގެވެސް އުއްމީދުތައް އާލާވާނެ ފަދަ އިގުތިސާދީ އަދި އިޖުތިމާއި ސިޔާސަތުތަކަށް މަގުފަހިވާނެ މަޝްވަރާތަކަށް ފަހުގަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް