މިއީ "ވޭން"އެއްގައި ދިރިއުޅޭ ޒުވާން މިލިޔަނަރެއް!

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް މިލިޔަަނަރުންނެއް އުޅެމުން ގެންދެއެވެ. ނަމަވެސް އެމެރިކާގެ މަގުތައް މަތީގައި ވޭނެއްގެ ތެރޭގައި ދިރިއުޅެމުން އަންނަ 26 އަހަރުގެ ބެންޔޫ ނަމަކަށް ކިޔާ މިޒުވާނާއަކީ އާދަޔާޚިލާފު ޒުވާނެކެެވެ.

ބެންޔޫއަކީ މަޑުމައިތިރި، އެހެން މީހުންނާ ތަފާތު މިޒާޖެއްގެ މީހެކެވެ. އޭނާވަނީ މަޝްހޫރު ހާވާރޑް ޔުނިވަރސިޓީއަށް މަތީ ތަޢުލީމު ހޯދަން ދިޔުމަށް ފަހުވެސް އެއް ސެމެސްޓަރ އަށް ފަހު ކިޔެވުން ދޫކޮށްލައިފައެވެ.

ބެންއަށް ލިބުނު މުއްސަނދިކަމުގެ އަސްލަކީ ބިޓްކޮއިންނެވެ. އޭނާ މީގެ އަހަރުތަކެއް ކުރިން ބިޓް ކޮއިން ގަތުމަށްފަހު، މިހާރު އޭގެ އަގުއަރައިގެން ދިޔުމުގެ ސަަބަބުން އޭނާ ވަނީ މުއްސަނދިވެފައެވެ. މީގެ ދުވަސްތަކެއް ކުރިން އޭނާވަނީ މިލިޔަނަރަކަށް ވެފައެވެ. އޭނާއަށް ލިބުނު މިމުއްސަނދިކަމާއިއެކު އޭނާގެ އަމިއްލަ ނަފްސަށް ވައުދެއް ވިއެވެ. ބެން ވައުދުވީ މަގުމަތިން ފެންނަ ކޮންމެ ގެދޮރުނެތް ނިކަމެއްޗަކަށް ވެސް 5 ޑޮލަރު ދިނުމަށެވެ. އެކަން މިއަދާއި ހަމަޔަށް ވެސް ބެން ކުރަމުން ގެންދެއެވެ. އޭގެ އިތުރުން އޭނާވަނީ އޭނާގެ ރައްޓެއްސަކަށް ވޭނެއް ގަނެދީ، އަވައްޓެރިއެއްގެ ގޮތުގައި އުޅުމަށް ގެނެސްފައެވެ.

މިހާ ހިސާބުން އުފެދެނީ އެންމެ ބޮޑު ސުވާލެވެ. މިހާ މުއްސަނދިވީ އިރުވެސް ވޭނެއްގެ ތެރޭގައި އޭނާ ދިރިއުޅެނީ ކީއްވެބާއެެވެ؟ މިސުވާލުގެ ޖަވާބުވެސް ބެންވަނީ އޭނާގެ އިންޓަރވިއުއެއްގައި ދީފައެވެ.

ބެން ބުނި ގޮތުގައި ބެން އެއުޅަނދުގެ ތެރޭގައި ދިރިއުޅުނު 3 އަހަރުގެ ތެރޭގައި އޭނާ އެއްކުރި ބައި ލައްކަ ޑޮލަރުން އޭނާ ވަނީ ކެނެޑާއިން ބޮޑު ރަށެއް ގަނެފައެވެ. އަދި އޭނާވަނީ އޭނާގެ ފުރަތަމަ އަނބިމީހައާއި އެކު ދުނިޔޭގެ ހަތް ބައްރަށް ދަތުރު ކޮށްފައެވެ. އަދި އޭނާގެ މިހާރުގެ ދިރިއުޅުމުގައި ކައިއުޅެނީ ހަމައެކެނި ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާއެވެ.

ބެންގެ ދިރިއުޅުމުން ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ، އޭނާއަކީ އޭނާގެ މުދަލުން ވައްކަން ކުރަން މަސައްކަތްކުރާ އެންމެންގެ ކުޅަދާނަ ދުޝްމަނެކެވެ. އޭނާއަތުން ވަގަށް ނަގާ ކޮންމެ އެއްޗެއްވެސް އަމިއްލައަށް ހޯދައި، ވަގުން ފުލުހުންނާއި ހަވާލުކުރެއެވެ.

ބެންއަކީ އާއްމު އިންސާނަކާ ވަރަށްވެސް ތަފާތު މީހެކެވެ. އާދައިގެ ދިރިއުޅުމެއް އުޅުމަކީ ދިރިއުޅުމުގައި ކުރިއަރައިދާން ވަރަށްވެސް މުހިންމު ކަމެއްކަން ބެންގެ ދިރިއުޅުމުން ހާމަވެގެން ދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް