ގޭހާއި ތެޔޮ ހޯދަން ކުރާ މަސައްކަތް ތުރުކީއިން އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

މެޑިޓަރޭނިއަން ކަނޑުގައި ގޭހާއި ތެޔޮ ހުރިތޯ ބަލަން ސާވޭކުރާ މުއްދަތު ތުރުކީން އިތުރުކޮށްފި އެވެ.

ގްރީސް ކައިރިން ތެލާއި ގޭސް ހޯދުމަށް ތުރުކީން މީގެ ކުރިން މަސައްކަތް ކުރުމުން އެމައްސަލަ ހޫނުވިއެވެ. އެ މައްސަލައިގައި ސާވޭކުރުމަށް ބޭނުންކުރާ އުޅަނދު އޮރުޖް ރެއިސް އަލުން އަނބުރާ ތުރުކީގެ ސަރަހައްދަށް ގެނައެވެ.

ނަމަވެސް ފަހުން ތުރުކީން އަލުން ވަނީ އެ އުޅަނދު އަނެއްކާވެސް އެ ސަރަހައްދަސް ފޮނުވައިފަ އެވެ. އަދި އެ އުޅަނދު މިމަހުގެ 29 އާ ހަމައަށް އެ ސަރަހައްދުގައި މަސައްކަތް ކުރަން ތުރުކީން މިހާރު ވަނީ ނިންމައިފަ އެވެ.

ގްރީސްގެ ސަރަހައްދުން ތެލާއި ގޭސް ހޯދަން އުޅޭތީ އެމައްސަލަ އެގައުމުން ދަނީ ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ. އެ މަސައްކަތައް ގްރީސްއިން ހުރަސް އަޅަން އުޅުމުން ތުރުކީން މީގެ ކުރިން ހަނގުރާމަމަތީ މަނަވަރެއް ވެސް އެ ސަރަހައްދަށް ފޮނުވި އެވެ.

ދާދި ފަހުން ތުރުކީން ވަނީ ބްލެކްސީ ސަރަހައްދުން ބޮޑު ގޭސްވަޅެއް ހޯދައިފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް