އައި.ޔޫ.އެމް ގެ "އިޤްރަ" ބުކްފެއަރ މިފަހަރު ވަރޗުއަލްކޮށް

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ގެ ބުކްފެއަރ ”އިޤްރަ“ ވަރޗުއަލްކޮށް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ވަރޗުއަލްކޮށް މިބުކްފެއަރ ބާއްވަނީ އެކަމަށް ޙާއްސަ ވެބްސައިޓެއް މެދުވެރި ކޮށެވެ.

އެކަމަށް ޙާއްސަކޮށް ތައްޔާރުކުރި މި ވެބްސައިޓް މިހާރުވަނީ އިފްތިތާޙް ކޮށްފައެވެ. މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވައިފައިވަނީ އައި.ޔޫ.އެމްގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. މި ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.

ވަރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބުކްފެއަރ އޮންނާނީ އަންނަ މަހުގެ 1 އިން 10 އަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި މި ބުކްފެއަރ އެ ޔުނިވަރސިޓީގައި ބޭއްވި ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ބުކްފެއަރ މިފަހަރު ބާއްވަން ހަމަޖައްސާފައިވަނީ ވަރޗުއަލްކޮށެވެ. އަދި މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ކުރިއަށް ގެންދާ ފުރަތަމަ ފަހަރުކަމަށް އައިޔޫއެމް އިން މަޢުލޫމާތު ދެއްވައެވެ. މި ފަހަރުގެ ބްކު ފެއަރގެ ޝިއާރަކީ ’އެކްސްޕްލޯރ ދަ ވަރޗުއަލް ބުކު ސެލްފް“ އެވެ

ބުކްފެއަރގެ ވެބްސައިޓް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އިބްރާޙިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ދިވެހިންނަކީ ފޮތްކިޔުމަށް ޝައުގުވެރި ބަޔަކަށް ވާތަން ދުށުމަކީ އުއްމީދުކުރައްވާ ކަމެއްކަމަށާއި އެކަން ކުރުމަށް ޔުނިވަރސިޓީތަކުގެ ދައުރު މުހިއްމުކަމަށެވެ.

”އިޤްރާ“ ބުކް ފެއަރ ކުރިއަށް ގެންދިޔުމަށްޓަކައި ވެބްސައިޓެއް އިފްތިތާހް ކުރުން. ފޮޓޯ:އައި.ޔޫ.އެމް

މި ފެއަރގައި މިހާތަނަށް ރަޖިސްޓްރީ ވެފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ނޮވެލްޓީ އާއި އަޝްރަފީ ބުކްޝޮޕާއި އެމް7 ބުކްޝޮޕްއެވެ. އަދި މޯލްޑިވްސް ލޯ އިންސްޓިޓިއުޝަންގެ އިތުރަށް އަމިއްލަ ފަރާތްތަކުންވެސް ބައިވެރިވެއެވެ.

ވަރޗުއަލްކޮށް ކުރިއަށްގެންދާ މި ބުކް ފެއަރގައި ކުރިއަށްގެންދާ ހުރިހާ ހަރަކާތްތަކީ ހުރިހާ އުމުރުފުރައިގެ މީހުންނަށްވެސް ބައިވެރިވެވޭނެ ހަރަކާތްތަކެއްކަމަށް އައިޔޫއެމްއިން ވިދާޅުވެއެވެ. އަދި ބުކްފެއަރ އަށް ޒިޔާރަތް ކުރާ މީހުންނަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުޞަތުވެސް ލިބިގެންދެއެވެ.

މީގެ އިތުރުން ސައިން ލޭންގުއޭޖާއިއެކު ވާހަކަ ކިޔާދިނުމާއި ޕެނަލް ޑިސްކަޝަންތަކާއި މައުލޫމާތު ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. ފެއަރ އަށް ޒިޔާރަތް ކުރާ ބޭފުޅުނަށް ފޮތް ކިޔުމުގެ މުބާރަތާއި ލިޔުމުގެ މުބާރާތްތަކުގައި ބައިވެރިވެވޭނެކަމަށް އައިޔޫއެމް އިން ވިދާޅުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް