ދެވަނަ ބައި - ތުރުކީއާއި ދެކޮޅަށް ޔޫއޭއީއާއި ފަރަންސޭސި ވިލާތް ގުޅިގެން ކުރަންއުޅުނު މަސައްކަތްތައް އަތަށް ގޮވަނީ - ދިރާސާ

Loading

Facebook
Twitter
WhatsApp

ތުރުކީއާއި ދެކޮޅަށް ޔޫއޭއީއާއި ފަރަންސޭސި ވިލާތާއި ގުޅިގެން

ފަރަންސޭސި ވިލާތުން ދެކެނީ ޔޫ.އޭ.އީއަކީ ވިޔަފާރިއާއި ތެލަށް އިންވެސްޓު ކުރުމަށް މުހިއްމު ތަނެއްގެ ގޮތުގައެވެ. މީގެ އިތުރުން، ޔޫ.އޭ.އީއަކީ ގަލްފުގެ ގައުމުތަކުގެ ތެރއިން ފަރަންސޭސި ވިލާތުގެ ސިފައިން ތިބޭ ދާއިމީ ބޭސްއެއް ގާއިމުކޮށްފައިވާ ގައުމެކެވެ. 1995 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެތާނގައި ގިނަ އަދަދެއްގެ ފަރަންސޭސި ސިފައިން ތިބެއެވެ. 

ޔޫ.އޭ.އީ އަށް ހަމަލާއެއް އަތުވެއްޖެނަމަ، އެފަރާތަކާއި ދެކޮށް ވަގުތުން ރައްދު ދިނުމަށް 2009 ވަނަ އަހަރު ހުޅުވުނު މިބޭސްގައި ފަރަންސޭސި ވިލާތުގެ ސިފައިން ތިބެނީ ތައްޔާރަށެވެ. މީގެ އިތުރުން، ޔޫ.އޭ.އީގައި މިލިޓަރީ ބޭސްއެއް އޮތުމުން، ފަރަންސޭސި ވިލާތުގެ ސިފައިންނަށް މެދުއިރުމަތީގެ މާކެޓަށް ނުކުމެ، އެފްރިކާ ބައްރުގައި ފަރަންސޭސި ވިލާތުން ހިންގި ގައުމުތައް އަޅުވެތިކުރުމުގެ ހަރަކާތް ނުވަތަ ކޮލޯނިއަލް ހަރަކާތް ހިންގުމަށް މަގުފަހި ވެއެވެ. 

މި މިލިޓަރީ ބޭހުގެ ސަބަބުން ދިފާއީ ދާއިރާއިން ދެަގައުމުގެ ގުޅުންވަނީ އާ އުސްމިނަކަށް ގޮސްފައެވެ. 2010 ން ފެށިގެން 2019 އާއި ހަމައަށް ފަރަންސޭސި ވިލާތުން ވަނީ 4.7 ބިލިއަން ރުފިޔާގެ ހަތިޔާރު ޔޫ.އޭ.އީ އަށް ވިއްކާފައެވެ. އަދި  2019 ވަނަ އަހަރު އެކަނިވެސް 1.5 ބިލިއަން ރުފިޔާގެ ހަތިޔާރުވަނީ ވިއްކާފައެވެ. ޕެރިހުން ބޭނުންވަނީ އަބޫދާބީއަށް ހަތިޔާރު ވިއްކައިގެން ގިނަގުނަ ކަންކަން ހާސިލު ކުރުމަށެވެ. އޭގެ ތެރެއިން އެންމެ މުހިއްމުކަމަކީ ޔޫ.އޭ.އީ އަށް އަންނަ އިގުތިސާދީގޮތުން  ކުރިއެރުން ހޯދައިދިނުމެވެ. 

ދެވަނަ ކަމަކީ  ޔޫ.އޭ.އީ ބާރުގަދަކޮށް،  ޔޫ.އޭ.އީގެ މިހާރުގެ ހާލަތު ބަދަލުކުރަން އުޅުން ހުއްޓުވާ،  ޔޫ.އޭ.އީ އެ ސަރަހައްދުގެ ތަފާތު ގައުމެއްގެ ގޮތުގައި ތަރައްގީވުން ހުއްޓުވުން ހިނެމެއެވެ. އަދި މެދުއިރުމަތީގައި ބޮޑު ޒިންމާއެއްނުނަގާ މިކަންކަން ހާސިލް ކުރުމެވެ. އަދި ތިންވަނަ ކަމަކީ މިސަރަހައްދުން އެމެރިކާއިން ދޫކޮށްލި ކަންކަން ބަލަހައްޓާ ހަރަކާތްތެރި ބާރަކަށް ވުމެވެ. 

2011 ގައި ބައެއް ޢަރަބި ގައުމުތަކުގައި ހިނގި ހަމަނުޖެހުމަށްފަހު، ޔޫ.އޭ.އީއާއި ފަރަންސޭސި ވިލާތުގެ ގުޅުން މާބޮޑަށް ވަރުގަދަވެގެން ދިއުމުގެ ސަބަބުން، އެސަރަހައްދު އިތުރަށް ހަލަބޮލިވެދާނެކަމުގެ ބިރުހީވާ ހިސާބަށް ދިޔައެވެ. އެ ސަރަހައްދުގެ ގައުމުތަކުން ޑިމޮކްރަސީ ގެނައުމަށް ފެށި މަސައްކަތުގެ ސަބަބުން، މެދުއިރުމަތީގެ ޚުދުމުޚުތާރު ވެރިކަމެއްކުރާ ޔޫ.އޭ.އީން ބިރުގަތެވެ. އަދި ކޮންޓްރޯލް ނުކުރެވޭވަރަށް ޑިމޮކްރަސީ ގެނެސްފިނަމަ އެތައް ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށް ގަބޫލުކުރާ ފަރަންސޭސި ވިލާތުންވެސް ބިރުގަތެވެ.  

އިސްލާމުންނަށް ބާރު ހޯދައިދޭން މަސައްކަތްކުރާ ސިޔާސީ މަގުސަދު ހާސިލްކުރަން މަސައްކަތްކުރާ މީހުންނާއި، ސަރަހައްދުގެ ކަންކަން ހެޔޮމަގަށް ބަދަލުކުރަން މަސައްކަތް ކުރާ މީހުންނަކީ ”ހައްދު ފަހަނަޅާފައިވާ މުސްލިމް ބާރުތަކެއް“ ކަމަށް މުސްލިމުންނާއި ދެކޮޅު ފަރާތްތަކުން ގަބޫލު ކުރެއެވެ. މެކްރޮން ދެކޭގޮތުގައި އަބުދާބީ އާއި ރިޔާޒަކީ މެދުއިރުމަތީގައި ހައްދު ފަހަނަޅާފައިވާ މީހުންނާއި ހަނގުރާމަ ކުރުމުގެ ދަޅަޑައްކައިގެން، މުސްލިމުންނާއި ދެކޮޅު ސިޔާސަތުތައް ހިންގާ މުހިއްމު ދެބައިވެރިންނެވެ. 

އެހެންކަމުން،  ފާއިތުވެގެންދާ ކޮންމެ ދުވަހަކު ޔޫ.އޭ.އީއާއި ފަރަންސޭސި ވިލާތުގެ ގުޅުން ބަދަހިވެ، ތުރުކީއާއި ގުޅުން ހީނަރުވަމުންދެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި، ތުރުކީން މެދުއިރުމަތީގައި ގެންގުޅޭ  ސިޔާސަތުތަކަށް ވަނީ ނުރައްކާވެފައެވެ. މި ދެގައުމުން ވަނީ ގްރީސްއާއި ތުރުކީއާއި ދެމެދުގައި އުފެދިފައިވާ ކަނޑުގެ ސަރަހައްދާއި އިގުތިސާދީ ސަރަހައްދުގެ މައްސަަލައިގައި ގްރީސްއަށް ތާއީދު ކޮށްފައެވެ. އަދި  ލީބިޔާގެ އިދިކޮޅު ލީޑަރ ހަފްތާރަށާއި، ސީރިޔާގެ ނިރުބަވެރި ޖަމާޢަތްތައް ކަމުގައިވާ ޕީ.ކޭ.ކޭ/ޕީ.ވައި.ދީ އަށްވެސް ތާއީދުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް