ދޯންޏެއްގައި އަލިފާންރޯވެ ހަތަރު މީހަކު ފިހިއްޖެ

Loading

Facebook
Twitter
WhatsApp

ގދ ތިނަދޫ ބަނދަރުގައި އޮތް މަސް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއްހިގައި ހަތަރުމީހަކު ފިހިއްޖެއެވެ.

ތިނަދޫ ކައުންސިލް ރައީސް އަލީ އަމްޖަދު މިއަދު ވިދާޅުވީ ރޭ ދަންވަރު 12:30 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާ ހިންގާފައިވަނީ ގޭސްފުޅިއެއް ގޮވައިގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެގިފައިވާކަމަށެވެ.

އަމްޖަދު ވިދާޅުވީ ފިހުނު ހަތަރުމީހުން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށާއި އެތަނުން އެކަކު ފިޔަވައި ދެންތިބި މީހުން ފަރުވާ އަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ރޭގަ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޮޑަށް ފިހިފައިވާ މީހާގެ ހަށިގަނޑުގެ ގާތްގަޑަކަށް 60 އިންސައްތަ ފިހިފައިވާ ކަމަށެވެ.

”ރާސްތާ“ ނަމަކަށް ކިޔާ މި މަސްދޯނީގައި އަލިފާން ރޯވީ ގޭސް ލީކްވެފައި ހުއްޓާ އުދުން ރޯކުރުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފުން ބުނީ މިދޯނީގައި ރޯވުމާ ގުޅިގެން އެކަމުގެ މައުލޫމާތު ތިނަދޫގައި ހުންނަ ފަޔަރއެންޑް ރެސްކިއުގެ ޓީމަށް ލިބުމާއެކު އެ ދޯނި އޮތްސަރަހައްދަށް ގޮސް ކުޑަވަގުތުކޮޅުެއްގެ ތެރޭގައި އަލިފާން ނިއްވާފައިވާކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް