ދުނިޔޭގެ އެމެބޮޑު ޗާޓެޑް ޔޮޓް ރާޖޭގައި

  ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންބޮޑު ޗާޓެޑް ޔޮޓް ”ފްލައިން ފޮކް“ ރާއްޖެ އައިސްފިއެވެ. 400 މިލިއަން ޑޮލަރުގެ މި އަގުބޮޑު ޔޮޓު ރާއްޖެ އައީ ކޮންދުވަހެއްކަން ކަށަވަރުވެފައި ނުވި ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ޔޮޓް ރާއްޖެ އައިތާ މިހާރު ފަސް ވަރަކަށް ދުވަސް ވެދާނެއެވެ. މި ޔޮޓަކީ  466 ފޫޓް ދިގުމިނުގައި ހުންނަ އަދި 74 ފޫޓް ފުޅާމިން ހުންނަ ޔޮޓެކެވެ. ބޯޓްފަހަރު ބަނުމަށް މަޝްހޫރު ޖަރުމަނު ކުންފުންޠެއްކަމަށްވާ ލާސެން […]

”އަޅުގަނޑުވެސް ދުޢާ ކުރަނީ ޔައީސް ޔާމީނަށް ވީހާވެސް އަވަހަކަށް ލުޔެއް ލިބި މިނިވަން ވުމަށް.“- ރައީސް ނަޝީދު

5 އަހަރުގެ ހުކުމެއް ކޮށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު، ﷲޢަބްދު ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަން ވުމަށް އެދި ދުޢާ ކުރައްވާ ކަމަށް ރައީސް ޔާމީންގެ އެންމެ ވަރުގަދަ ސިޔާސީ ވާދަވެރިޔާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ވިދާޅުވެެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިންނެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ނެންގެވި ނިޒާމީ ނުކުތާއަށް […]

ޕްރިމިއަރ ލީގް: ފަހަތުން އަރާ ޔުނައިޓެޑުން ތިން ޕޮއިންޓް ކަށަވަރު ކޮށްފި!

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ޔުނައިޓެޑާއި ސައުތްއެމްޓޮން ބައްދަލުކުރި މެޗް، ފަހަތުން އަރާ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. މިމެޗް ޔުނައިޓެޑުން ކާމިޔާބުކުރީ 3-2ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަމަ ދެގޯލް ވެސް ކާމިޔާބުކޮށް ލީޑް ނެގީ ސައުތްއެމްޓޮން އިންނެވެ. ފުރަތަމަ ގޯލް މެޗްގެ 23 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޖ.ބެޑްނަރެކް އެވެ. އަދި އޭގެ 10 މިނިޓް ފަހުން 33 ވަނަ މިނިޓުގައި ވާޑް ޕްރޯސް ކާމިޔާބު ކޮށްދިން ގޯލާއި އެކު ހާފް ނިމުނީ 2-0 އަކުން […]

މާރަންދޫގައި ބާއްވާ ”ކޮމިއުނިޓީ ފުޓްސަލް ކަޕް 2020“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ.މާރަންދޫގެ އިޖުތިމާޢީ މަރުކަޒުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ”ކޮމިއުނިޓީ ފުޓްސަލް ކަޕް 2020“ ގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރަންދޫ ކައުންސިލާއި، މާރަންދޫ ޔޫތް ސޮސައިޓީއާއި، ޗެފޭ ސްޕޯޓްސް އެކަޑަމީއާއި، މާރަންދޫ ޒުވާނުންގެ ޖަމިއްޔާ އަދި ބަނޑޭރި ސްޓަރ އެސްސީ ގުޅިގެންނެވެ. މިމުބާރާތަކީ ފިރިހެން ބޭފުޅުންނަށް ޚާއްސަ ކުރެވިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޑިސެންބަރ 1 ވަނަ ދުވަހުގެ ރޭ 22:00 އެވެ. އަދި ޑިސެމްބަރ […]

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމަށް މުނައްވަރު ހަމަޖައްސައިފި

ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ޓްކްސް އެޕީލް ޓްރައިބިލުނަލްގެ ރައީސްކަމަށް ކުރިންވެސް ޓަރައިބިއުނަލްގައި މަސައްކަތްކުރެއްވި އަލް އުސްތާޒު މުހައްމަދު މުނައްވަރު އަލީ މިއަދު ހަމަޖައްސައިފި އެވެ. ޓްރައިބިއނަލްގެ ނައިބް ރައީސާ ކަމަށް ހޮވާފައިވަނީ އަލްއުސްތާޒާ ފާތުމަތު މިންހަތު އިއްޒަތުއެވެ. ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރައްވާފައި ވަނީ އެ ޓްރައިބިނަލްގެ މެންބަރުކަމަށް މިއަދު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފަސް މެންބަރުން އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ. ޓަރައިބިއުނަލްގެ ރައީސް އަދި ނައިބު […]

ޑިފެންސް މިނިސްޓަރު ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދުރަ ރާޖަޕަކްސަ އާއި މިއަދު ބައްދަލުކުރައްވައިފި އެވެ. މިނިސްޓަރު ސްރީލަންކާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާފައިވަނީ މި ސަރަހައްދުގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާބެހޭގޮތުން ރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާގެ ބައިވެރިވެގެން ކުރިއަށްގެންދާ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ސްރީލަންކާ އަށް އެކަމަނާ ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރާޖަޕަކްސައާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ލަންކާ އާއި ގުޅިގެން ޑިފެންސް […]

”ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް“ ފުރަތަމަ ފަހަރަށް ރާއްޖެއަށް!

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ ޝަރަފުވެރި އެވޯޑެއް ކަމުގައިވާ ”ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް“ ފުރަތަމަ ފަހަރަށް ދިވެހި ރާއްޖެއަށް ލިބިއްޖެއެވެ. ރާއްޖެއަށް މި އެވޯޑް ލިބިފައިވަނީ ދުނިޔޭގެ ބޮޑެތި އަދި މަޝްހޫރު ގިނަ ޤައުމުތަކަކާ ވާދަކޮށްގެންނެވެ. މިގޮތުން މި އެވޯޑަށް 22 ޤައުމެއް ވާދަކުރިއިރު، އޭގެ ތެރޭގައި މެލޭޝިޔާ، ސްޕެއިން މޮރޭޝިޔަސް ފަދަ ބޮޑެތި ޤައުމުތައް ހިމެނެއެވެ. މިއެވޯޑް ރާއްޖެއަށް ލިބުނުކަން ރޭވަނީ އިޢުލާން ކޮށްފައެވެ. އެކަން އިޢުލާން ކުރީ ހުކުރު ދުވަހުގެރޭ ވާޗުއަލްކޮށް […]

އިދިކޮޅު ކޯލިޝަނުން މިއަދު ކަނޑުމަތީގައި މުޒާހަރާ ކުރަނީ.

އިދިކޮޅު މައި ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު މުޅި ރާއްޖޭގައި ބާއްވާ މުޒާހަރާގެ މާލެއިން ބައިވެރިވާ ބައިވެރީން މުޒާހަރާ ކުރާނީ ކަނޑުމަތީގައި ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. މި މުޒާހަރާއަކީ އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ޖަލަށް ލީތާ އަހަރު ފުރުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ބާއްވާ މުޒާހަރާއެކެވެ. ކޯލިޝަނުން މައުލޫމާތު ދޭ ގޮތުގައި ހޮނިހިރު ދުވަހު ޖުމްލަ 185 ރަށެއްގައި މި މުޒާހަރާ ކުރިޔަށް […]

އެއާ އިންޑިއާ ހޮންކޮންގަށް ދަތުރުކުރުން މަނާ!

އެއާ އިންޑިއާއިން ހޮންކޮންގަށް ދަތުރު ކުރި ބަޔަކު ކޯވިޑް-19އަށް ފައްސިވެފައިވާތީ ހޮންކޮންގަށް އެއާ އިންޑިއާގެ ފްލައިޓުތައް ދަތުރުކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ. ހޮންކޮންގުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރިގޮތުގައި ޑިސެމްބަރ ތިންވަނަ ދުވަހާހަމައަށް އެއާ އިންޑިއާގެ ބޯޓުތައް ހޮންކޮންގަށް ދަތުރުކުރުން ވަގުތީ ގޮތުން މަނާކުރެވުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ ބަޔަކު އިންޑިއާއިން ހޮންކޮންގަށް ގެންދިއުމުގެ ސަބަބުންނެވެ. އެއާ އިންޑިއާގެ ފްލައިޓުތައް އޮގަސްޓު، ސެޕްޓެމްބަރ، އޮކްޓޫބަރ، މަހުގައި ވެސް ހޮންކޮންގަށް ދިއުން މަނާކުރެވުނެވެ. މަނާ ކުރެވުނީ ވައިގެ ދަތުރުފަތުރު ކުރުމުގެ […]