ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމަށް މުނައްވަރު ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ޓްކްސް އެޕީލް ޓްރައިބިލުނަލްގެ ރައީސްކަމަށް ކުރިންވެސް ޓަރައިބިއުނަލްގައި މަސައްކަތްކުރެއްވި އަލް އުސްތާޒު މުހައްމަދު މުނައްވަރު އަލީ މިއަދު ހަމަޖައްސައިފި އެވެ.

ޓްރައިބިއނަލްގެ ނައިބް ރައީސާ ކަމަށް ހޮވާފައިވަނީ އަލްއުސްތާޒާ ފާތުމަތު މިންހަތު އިއްޒަތުއެވެ.

ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރައްވާފައި ވަނީ އެ ޓްރައިބިނަލްގެ މެންބަރުކަމަށް މިއަދު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފަސް މެންބަރުން އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

ޓަރައިބިއުނަލްގެ ރައީސް އަދި ނައިބު ރައީސާ ކަމަށް އެ ދެ ބޭފުޅުން އައްޔަންކުރެއްވީ ޓްއިބިނަލަށް އައްޔަންކުރި މެންބަރުންގެ މެދުގައި ނެގި ސިއްރުވޯޓަކުންނެވެ.

އާ މެންބަރުން އައްޔަނުކުރައްވާފައި މިވަނީ ޓްރައިބިއުނަލްގައި މަސައްކަތް ކުރައްވަމުން ގެންދެވި މެންބަރުންގެ ދައުރު އިއްޔެގެ ނިޔަލަށް ހަވުމާއި ގުޅިގެންނެވެ.

ޓްރައިބިއުނަލްއަށް އަލަށް އައްޔަންކުރި ބޭފުޅުން:

  • އަލްއުސްތާޒު މުހައްމަދު މުނައްވަރު އަލީ، ވެސްޓްބީޗް އއ މަތިވެރި
  • އަލްއުސްތާޒާ ފާތިމަތު މިންހަތު އިއްޒަތު، ގ. ގޮފި، ކ މާލެ
  • ހުސައިން ޒައިދާން ޖަމީލް، މ ފާމްދޭރިކެ.
  • އިސްމާއިލް ސާޖިދު، މއ. ވިލާރޮދި، ކ.މާލެ
  • އަލްއުސްތާޒު އަހުމަދު އަޝްރަފް، ދަފްތަރު ރސ 4883

މި މެންބަރުން އައްޔަންކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުންވަނީ މިމަހު 25ގައި  އެ ފަސް ބޭފުޅުންނަށް ރުހުންދެއްވާފައެވެ. މި މެންބަރުންގެ  ދައުރަކީ ފަސް އަހަރެވެ.

ޓެކްސް އެޕީލް ޓަރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތި ލުމަށް ރައީސް އޮފީހުން ހުޅުވައިލީ މިދިޔަ މަހުގައެވެ. ޖުމްލަ ނުވަ ފަރާތަކުން މި މަގާމަށް ކުރިމަތި ލިކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ޓެކްސް އެޕީލް ތަރައިބިއުނަލްއަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް