"އަޅުގަނޑުވެސް ދުޢާ ކުރަނީ ޔައީސް ޔާމީނަށް ވީހާވެސް އަވަހަކަށް ލުޔެއް ލިބި މިނިވަން ވުމަށް."- ރައީސް ނަޝީދު

Loading

Facebook
Twitter
WhatsApp

5 އަހަރުގެ ހުކުމެއް ކޮށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު، ﷲޢަބްދު ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަން ވުމަށް އެދި ދުޢާ ކުރައްވާ ކަމަށް ރައީސް ޔާމީންގެ އެންމެ ވަރުގަދަ ސިޔާސީ ވާދަވެރިޔާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ވިދާޅުވެެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިންނެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ނެންގެވި ނިޒާމީ ނުކުތާއަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ. ޝިޔާމް ނިޒާމީ ނުކުތާ ނެންނެގެވީ ފޮނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށެވެ.

”ރައީސް ޔާމީނަށް ނުޙައްޤުން ނާއިންސާފުން 5 އަހަރު ޖަހާފައި އެއޮތީ. ރައީސް ޔާމީނަކީ ފިއްލަވާނެ ބޭފުޅެއް ނޫން. އެމަނިކުފާނު 5 އަހަރު އޮންނަވަން ޖެހޭ ކަމަށް ވަންޏާމު 5 އަހަރު އޮންނަވާނެ.“ ޝިޔާމް ނެންގެވި ނިޒާމީ ނުކުތާގައި މިމޭރުމުން ވާހަފުޅު ދައްކަވާ ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.

ރައީސް ޔާމީން ޖަލަށް ލާން ޙުކުމްކުރި ފަހުން މިދިޔަ ހޮނިހިރު ދުވަހަށް އެއް އަހަރު ވަނީ ހަމަވެފައެވެ. އެކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި މުޒާހަރާ ކޮށްފައެވެ. މާލޭގައި މުޒާހަރާކުރަން ހުއްދަ ނުލިބުމުގެ ސަބަބުން މާލޭގެ މުޒާހަރާ ބޭއްވި ދޯނިފަހަރުގައެވެ.

Loading

2 Responses

  1. މިދެމީހުން ޖަލުގައި ގަނޑުވަރެއް ހަދާފައި ޑީލް ހަދަން ތިބެވޭނެގޮތެއް ހޯދަދީބަލާށެވެ. އޭރުން އެކުނި ޑީލްގެ ސަބަބުން ރައްޔަތުމީހާއަށް މާބޮޑު މުސީބާތުތެކެއް ކުރިމަތިނުވާނެނޫންތޯއެވެ. ޝުކުރިއްޔާ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް