"ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް" ފުރަތަމަ ފަހަރަށް ރާއްޖެއަށް!

Loading

Facebook
Twitter
WhatsApp

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ ޝަރަފުވެރި އެވޯޑެއް ކަމުގައިވާ ”ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް“ ފުރަތަމަ ފަހަރަށް ދިވެހި ރާއްޖެއަށް ލިބިއްޖެއެވެ.

ރާއްޖެއަށް މި އެވޯޑް ލިބިފައިވަނީ ދުނިޔޭގެ ބޮޑެތި އަދި މަޝްހޫރު ގިނަ ޤައުމުތަކަކާ ވާދަކޮށްގެންނެވެ. މިގޮތުން މި އެވޯޑަށް 22 ޤައުމެއް ވާދަކުރިއިރު، އޭގެ ތެރޭގައި މެލޭޝިޔާ، ސްޕެއިން މޮރޭޝިޔަސް ފަދަ ބޮޑެތި ޤައުމުތައް ހިމެނެއެވެ.

މިއެވޯޑް ރާއްޖެއަށް ލިބުނުކަން ރޭވަނީ އިޢުލާން ކޮށްފައެވެ. އެކަން އިޢުލާން ކުރީ ހުކުރު ދުވަހުގެރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރޭވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭ ގައެވެ.

މިކާމިޔާބީއާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ. ﷲޢަބްދު މައުސޫމް ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް މަރުހަބާ ދަންނަވައިފައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ރައީސް ޞޯލިހުގެ އިތުރުން، ޓްރޭވަލް އެންޑް ޓޫރިޒަމް ޕާޓްނަރުންނަށާއި، މިދާއިރާގެ ހުރިހާ މުވައްޒަފުންނަށާއި، އެމްއެމްޕީއާރްސީ އަދި ގުޅުންހުރި އިދާރާތަކާއި، އަދި އެންމެހާ ދިވެހިންނަށް މަރުޙަބާ ދަންނަވާފައި ވެއެވެ.

https://twitter.com/Mausoom_Maus/status/1332449983686053888?s=19

މިއަހަރުގެ ވޯލްޑް ޓްރޭވަލް އެވޯޑްސްގެ ޖުމްލަ 40 ކެޓަގެރީއަކުން ރާއްޖެ ނޮމިނޭޓް ވީއިރު، ގްރޭންޑް ފިނާލޭގައި ޑެސްޓިނޭޝަން ކެޓެގަރީގެ 8 ކެޓަގެރީއަކުން ރާއްޖެ ވާދަ ކުރިއެވެ. މީގެ އިތުރުން އިތުރު 30 ކެޓަގެރީއަކުން ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާތައް ނޮމިނޭޓް ވެފައި ވެއެވެ. މިގޮތުން އެވޯޑްތައް ލިބިފައިވަނީ:

– ވޯލްޑްސް ލީޑިން ނިއު ރިސޯޓް 2020: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ

– ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2020: ދަ ސެެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް

– ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް 2020: ބަރޮސް މޯލްޑިވްސް

– ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް 2020: ޖޭއޭ މަނަފަރު

– ވޯލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2020: ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ

– ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2020: ޓްރާންސް މޯލްޑިވިއަން އެއާވޭސް

– ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2020: ހުޅުލެ އައިލެންޑް ހޮޓެލް

ރާއްޖެ އަށް މިލިބުނު ކާމިޔާބީއާއި ގުޅިގެން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުހައްމަދު ވަނީ ރާއްޖެ އަށް ވޯޓް ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

Loading

2 Responses

  1. މަރުޙަބާ މޯލްޑިވްސް. ގައުމުގެ ރަންބިސް އަޅާ ކުކުޅު ރަނގަޅަށް ކާންދީ ފުރިހަމ ސިއްޙަތުގައި ބަލަހައްޓެވުމުގެ ނަތީޖާ ފެންނަމުން މިދަނީ. މަރުހަބާ މިނިސްޓަރު މައުސޫމު ސަރ.

  2. ވަރަށް އުފާަވެއްޖެއެވެ. ދެން އަވަހަށް އިތުރު ތަންތަނަށް ޓުއަރިސްޓުން އައުމަށް ހުޅުވާދެއްވާށެވެ. ގިނަ ގެސްޓުހައުސްތައް މިހާރު އެވަނީ ބަނގުރޫޓުވެފައެވެ. ކައުންސިލްގައި ތިބި ބޭފުޅުންވެސް ސަރުކާރުގެ ސިޔާސަތަށް ބޯލަނބަންޖެހެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް