މާރަންދޫގައި ބާއްވާ "ކޮމިއުނިޓީ ފުޓްސަލް ކަޕް 2020" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ހއ.މާރަންދޫގެ އިޖުތިމާޢީ މަރުކަޒުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ”ކޮމިއުނިޓީ ފުޓްސަލް ކަޕް 2020“ ގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރަންދޫ ކައުންސިލާއި، މާރަންދޫ ޔޫތް ސޮސައިޓީއާއި، ޗެފޭ ސްޕޯޓްސް އެކަޑަމީއާއި، މާރަންދޫ ޒުވާނުންގެ ޖަމިއްޔާ އަދި ބަނޑޭރި ސްޓަރ އެސްސީ ގުޅިގެންނެވެ.

މިމުބާރާތަކީ ފިރިހެން ބޭފުޅުންނަށް ޚާއްސަ ކުރެވިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޑިސެންބަރ 1 ވަނަ ދުވަހުގެ ރޭ 22:00 އެވެ. އަދި ޑިސެމްބަރ 5 ވަނަ ދުވަހުގެ ނިޔަލަށް ޓީމް ލިސްޓް ހުށަހަޅާ ނިންމަން ޖެހެއެވެ.

މުބާރާތުގެ ޓީމްތަކުގެ މެދުގައި ގުރުލުން، ޑިސެމްބަރ އަށަކަށް ތާވަލް ކުރެވިފައި ވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.

މިމުބާރާތުގައި ބައިވެރިވާން އެދޭ ފޯމް އިޖުތިމާޢީ މަރުކަޒުން ލިބެން ހުންނާނެ ކަމަށް އެމަރުކަޒުގެ އިޢުލާނުގައި ވެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް ޔޫތް އެސޯސިއޭޓް އަބްދުއްރަޙްމާން ޙަސަން (7775215) އަށް ގުޅުއްވުމަށް ވެސް އެއިޢުލާނުގައި ވެއެވެ.

މާރަންދޫއަކީ ކުޅިވަރުގެ ރޫހު ގަދަ، ކުޅަދާނަ ކުޅުންތެރިންތަކެއް އުފެދެމުން އަންނަ ރަށެކެވެ. އެރަށު ޓީމުތަކުން ވަނީ އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ރަން ވަނަތައް ހޯދައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް