އިދިކޮޅު ކޯލިޝަނުން މިއަދު ކަނޑުމަތީގައި މުޒާހަރާ ކުރަނީ.

Loading

Facebook
Twitter
WhatsApp

އިދިކޮޅު މައި ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު މުޅި ރާއްޖޭގައި ބާއްވާ މުޒާހަރާގެ މާލެއިން ބައިވެރިވާ ބައިވެރީން މުޒާހަރާ ކުރާނީ ކަނޑުމަތީގައި ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. މި މުޒާހަރާއަކީ އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ޖަލަށް ލީތާ އަހަރު ފުރުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ބާއްވާ މުޒާހަރާއެކެވެ.

ކޯލިޝަނުން މައުލޫމާތު ދޭ ގޮތުގައި ހޮނިހިރު ދުވަހު ޖުމްލަ 185 ރަށެއްގައި މި މުޒާހަރާ ކުރިޔަށް ދާނެއެވެ. އަދި މާލެ ސަރަހައްދުގެ ހަރަކާތް ކުރިޔަށް ދާނީ ކަނޑުމަތީގައެވެ. ކަނޑުމަތީގައި ކުރާ މުޒާހަރާ ކުރުމަށް ހަމަޖެހިފައިވަނީ މުދާ އުފުލާ ބޮޑު ދޯންޏެއްގައެވެ. މި ދޯނި ވަނީ ކޯލިޝަންގެ ބެނާތަކާއި ދިދަ ތަކުން ޒީނަތްތެރި ކޮށްފައެވެ.

މިހަރަކާތާއި ގުޅިގެން ކޯލިޝަންގެ ލީޑަރުން ވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ. ފަހަކަށް އައިސް އިދިކޮޅުން ކުރިޔަށް ގެންދާ ކޮންމެ ހަރަކާތަކަށްވެސް ފުލުހުން ދަނީ ކޮންމެވެސް ސިފައެއްގައި ހުރަސް އަޅަމުންނެވެ. މިކަމާއި ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް ސުޖާ ވިދާޅުވީ ”ރައްޔިތުން ކަނު ބަދެފައި މޫނު ބަދެފައި ގެއަށް ވައްދާފައި މި ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަތައް އަޅުގަނޑުމެން ރައްޔިތުންނާއި ހަމައަށް ގެންނާތީ އަދި މި ގައުމު ވިއްކާލާ ގައުމުގެ މިނިވަންކަން ނަގާލަން މި ކުރާ މަސައްކަތް ރައްޔިތުންނާއި ހަމައަށް ތިލަ ކުރާތީ އަޅުގަނޑުމެންގެ އަޑު ކަނޑުވާލަން ބޭނުންވަނީ،“ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މީގެ ކުރިންވެސް ވަނީ މާފުށީ ބޭރުގައި މުޒާހަރާ ކޮށްފައެވެ. މި މުޒާހަރާއަށް ވެސް ފުލުހުން ވަނީ ހުރަސް އަޅަން މަސައްކަތް ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް