ދުނިޔޭގެ އެމެބޮޑު ޗާޓެޑް ޔޮޓް ރާޖޭގައި

33

 

ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންބޮޑު ޗާޓެޑް ޔޮޓް “ފްލައިން ފޮކް” ރާއްޖެ އައިސްފިއެވެ.

400 މިލިއަން ޑޮލަރުގެ މި އަގުބޮޑު ޔޮޓު ރާއްޖެ އައީ ކޮންދުވަހެއްކަން ކަށަވަރުވެފައި ނުވި ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ޔޮޓް ރާއްޖެ އައިތާ މިހާރު ފަސް ވަރަކަށް ދުވަސް ވެދާނެއެވެ.

މި ޔޮޓަކީ  466 ފޫޓް ދިގުމިނުގައި ހުންނަ އަދި 74 ފޫޓް ފުޅާމިން ހުންނަ ޔޮޓެކެވެ. ބޯޓްފަހަރު ބަނުމަށް މަޝްހޫރު ޖަރުމަނު ކުންފުންޠެއްކަމަށްވާ ލާސެން އިން ތައްޔާރުކޮށް މިދިޔައަހަރު ނެރުނު މި ރީތި ޔޮޓުގައި 22 ގެސްޓުންގެ ޖާގަ ހުންނައިރު 54 ފަޅުވެރިން ތިބެއެވެ.

މި ރީތި ޔޮޓުގެ ވެރިޔަކީ ދުނިޔޭގެ އެންމެ މުއްސަތި މަހުޖަނު އެމެޒޯންގެ ވެރިޔާ ޖެފް ބްރޯޒްކަމަށް މިދިޔަ އަހަރު އަޑުފެތުރުނެވެ. ނަމަވެސް މި ޔޮޓާގުޅޭގޮތުން މީޑިއާތަކުން އެމަޒޯންއަށް ކުރިމަތިކުރުވި ސުވާލުތަކަށް އެމަޒޯންއިން ޔޮޓުގެ ވެރިޔަކީ ޖެފްކަމަށް ކަށަވަރު ކޮށްްދީފައި ނުވެއެއެވެ. މިއަޑުތައް ފެތުރުނީ އެމެރިކާގެ ނޫސްވެރިއެއްކަމަށްވާ ޔަޝަރު އަލީ އޭނާގެ ޓްވިޓާއެކައުންޓުގައި ކުރި ޓްވީޓަކާއެކުއެވެ. އެޓްވީޓްގައި އޭނާ ވަނީ ފްލައިން ފޮކްސް ޔޮޓު ތުރުކީގައި އޮއްވާ އޭގެ ފޮޓޯއެއް ޖަހާ ޖެފް ބްރޯސްގެ އާޔޮޓް ތުރުކީގައި އޮތްކަމަށް ޖަހާފައެވެ. ނަމަވެސް ފަހުން އޭނާވަނީ އެ ޓްވީޓް ޑިލީޓްކޮށްފައެވެ.

ޔޮޓަކީ ކޮންމެ މީހެއްގެ ޔޮޓެއްކަމުގައި ވީނަމަވެސް ޔަގީންްވާކަމަކީ މި ޗާޓަޑް ޔޮޓުން އާދައިގެ މީހަކު ދަތުރު ނުކުރާނެކަމެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި މިދިޔަ މާޗް މަހުގައި ވަނީ ކޫރޫސް ޝިޕްތަކަށާއި ބޭރުގައުމުތަކުން އަންނަ ޔޮޓްފަހަރުތައްވެސް ރާއްޖެ އެތެރެކުރުން މަނާކޮށްފައެވެ. ނަމަވެސް ޚާއްސަ ވިސާއެއްގައި ރިސޯޓް އޯނަރުންނަށާއި، އިންވެސްޓަރުންނަށް އަދި ޑިޕްލޮމެޓުންނަށް ރާއްޖެ އާދެވެއެވެ. އެހެންކަމުން ފްލައިންފޮކްސް ޔޮޓުވެސް ރާއްޖެއައިސްފައި މިވަނީ ޚާއްސަ ހުއްދައަކާއެކު ވީއައިޕީ ފަރާތަކުންކަމަށް ބޮޑަށް ބެލެވެއެވެ.

މި ޔޮޓުގައި ހަ ޑެކް ހިމެނޭއިރު ހެލިކަޕްޓަރު ޖައްސާނެ ދެ ހެލިޕޭޑަކާއި ހެލިކަޕްޓަރެއްގެ އިތުރުން ސެލޫން އަކާއި މޫވީ ތިއޭޓަރު އަދި 13000ސްކެއާ ފޫޓްގެ ޕޫލެއްވެސް ހުރެއެވެ. އަދި މީގެއިތުރުން މަސާޖް ޕާލާ އެއްގެ އިތުރުން ޖިމްއަކާއި މަސާޖްޝަވާ ކޮޓަރި މި ޔޮޓުގައި ހުރެއެވެ.

އަދި ޕްރޮފެޝަނަލަލް ޑައިވް ސެންޓަރެއްގެ އިތުރުން ޖެޓްސްކީ އާއި މޫދުކުޅިވަރުތަކަށް ޚާއްސަ އާލާތްތައް މި ޔޮޓުގައިހުރެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ