އެއާ އިންޑިއާ ހޮންކޮންގަށް ދަތުރުކުރުން މަނާ!

Loading

Facebook
Twitter
WhatsApp

އެއާ އިންޑިއާއިން ހޮންކޮންގަށް ދަތުރު ކުރި ބަޔަކު ކޯވިޑް-19އަށް ފައްސިވެފައިވާތީ ހޮންކޮންގަށް އެއާ އިންޑިއާގެ ފްލައިޓުތައް ދަތުރުކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ހޮންކޮންގުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރިގޮތުގައި ޑިސެމްބަރ ތިންވަނަ ދުވަހާހަމައަށް އެއާ އިންޑިއާގެ ބޯޓުތައް ހޮންކޮންގަށް ދަތުރުކުރުން ވަގުތީ ގޮތުން މަނާކުރެވުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ ބަޔަކު އިންޑިއާއިން ހޮންކޮންގަށް ގެންދިއުމުގެ ސަބަބުންނެވެ.

އެއާ އިންޑިއާގެ ފްލައިޓުތައް އޮގަސްޓު، ސެޕްޓެމްބަރ، އޮކްޓޫބަރ، މަހުގައި ވެސް ހޮންކޮންގަށް ދިއުން މަނާކުރެވުނެވެ. މަނާ ކުރެވުނީ ވައިގެ ދަތުރުފަތުރު ކުރުމުގެ ގަވައިދާ ޚިލާފުވުމުގެ ސަބަބުންނެވެ.

މުޅި ދުނިޔެއަށް ބަލާއިރު އިންޑިއާއަކީ ކޮރޯނާ ވައިރަސް އެންމެ ގިނަ ބަޔަކަށް ޖެހިފައިވާ ދެވަނަ ގައުމެވެ. ވައިރަސް އެންމެ ގިނަ މީހުންނަށް ޖެހިފައިވަނީ އެމެރިކާ މީހުންނަށެވެ. ހުކުރުދުވަހުގެ ރޭގެ ޚަބަރުތަކަށް ބަލާއިރު އިންޑިއާގެ 93،09،787 މީހުންނަށް ކޮރޯނާ ވައިރަސްޖެހިފައިވެއެވެ. އަދި އެބަލީގައި 1،35،715 މީހުން މަރުވެފައިވެއެވެ.

އިންޑިއާއިން ދުވާލެއްގެ މައްޗަށް 40 ހާހަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހެމުންދާއިރު ދުވާލަކު 400އަށްވުރެ ގިނަ މީހުން ދަނީ އެބަލީގައި މަރުވަމުންނެވެ.

ބައިނަލް އަގުވާމީ އިދާރާތަކުންނާއި އިންޑިއާގެ އިދިކޮޅުފަރާތްތަކުން ހާމަކުރާގޮތުގައި ކޮރޯނާ ވައިރަހާއި ދެކޮޅަށް އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތްވަނީ ކޮޅެއްގައި ނުޖެހި ނާކާމިޔާބުވެފައެވެ.

އެއާ އިންޑިއާގެ އުދުހޭ ބޯޓުތަކުގައި ކޮރޯނާ ވައިރެސް ޖެހިފައިވާ މީހުން ދަތުރުކުރުމުގެ ސަބަބުން އެހެން ބައެއް ގައުމުތަކަށް ވެސް އެއާ އިންޑިއާގެ ފްލައިޓުތައް ދަތުރުކުރުން ވަގުތީގޮތުން މަނާކޮށްފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް