ރަތަފަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ މަރުވެއްޖެ

މިދިޔަ ބުރާސްފަތި ދުވަހު ގދ. ރަތަފަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ ބޮޑުބައެއް ފިހުނު އަންހެން މީހާ މަރުވެއްޖެއެވެ. އެ އަންހެން މީހާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. މަރުވެފައިވަނީ ރަތަފަންދޫ، ހިޔަލީގެ، އުމުރުން 55 އަހަރުގެ އާމިނަތު އަބްދުލްހަމީދެވެ. އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި އެ އަންހެން މަރުވީ، ރޭ ފަތިހު 5:57 ގައެވެ. އެ އަންހެން މީހާ ފިހުނީ ގޭސް ލީކުވެފައި ހުއްޓައި އަންހެން މީހާ އުނދުން ރޯކޮށްލުމުން ގައިގައި އަލިފާން […]

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީންއާ ހަވާލުކޮށްފި

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަމަޖައްސައި ރަސްމީކޮށް އެމަނިކުފާނާއި ރިޔާސީ ޓިކެޓް ހަވާލުކޮށްފި އެވެ. ޔާމީނަށް ޓިކެޓް ހަވާލުކޮށްފައި ”ހަވާލޭ ވަތަން“ ނަމުގައި ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައެވެ. ރައީސް ޔާމީނަށް ޓިކެޓް ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ރިޔާސީ ޓިކެޓް ޔާމީންއާ ހަވާލުކުރީ މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ކޮންމެ ރަށަކުން މީހަކު […]

ސަންދާނު ގިވްއަވޭ: ލާމުގެ އެންމެ ހިތްގައިމު އެއް ހޮޓަލުގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު!

ލާމުގެ އެންމެ ހިތްގައިމު އެއް ހޮޓަލުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ގިވް އަވޭ ޕްރޮމޯޝަނެއް ސަންދާނު ޓުޑޭއިން ފަށައިފިއެވެ. ސަންދާނުގެ އޮފިޝަލަކު ވިދާޅުވީ، ރޭ ފެށި މި ގިވް އަވޭ ޕްރޮމޯޝަން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެގެން ލާމު ގަމުގައި ހުންނަ އެންމެ ހިތްގައިމު ބީޗު ހޮޓެލް ކަމަށްވާ ނަޒާކީ ރެސިޑެންސް ބީޗު ހޮޓެލުން ފަސް ދުވަހުގެ ހުރުން ދެ ބޭފުޅަކަށް ހިލޭ ލިބޭނެއެވެ. ޕްރޮމޯޝަންގައި […]

ރޫމީގެ ދެމަފިރިންނަށް މަސްތުވާތަކެތި ޓްރެފިކިންގެ ދައުވާ، ޝަރީއަތް މާދަމާ ފަށަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމަށް ފަހު ޝަރުތުތަކާއެކު ދޫކޮށްލި ޓިކްޓޮކްގެ ތަރި މަރިޔަމް ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމްގެ ޝަރީއަތް މާދަމާ ފަށާ ގޮތަށް ހަމަޖައްސައިފިއެވެ. ރޫމާގެ ދެމަފިރިންނަށް އުފުލާފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެވެ. އެ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ 1:30 ގައި ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ. ރޫމާ، 45، އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް 49، ހައްޔަރުކުރީ، މާލޭގައި އެ ދެ މީހުން ދިރިއުޅުނު ގެ، […]

ޝައިހް ނިޝާން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ބަލައިނުގަންނަން ހައިކޯޓުން ނިންމައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ. ޝައިހް ނިޝާން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ނިޝާން ބަންދުން ދޫކޮށްލީ، މިމަހުގެ ހަވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކުގައެވެ. ޝައިހް ނިޝާން ބަންދުން ދޫކޮށްލުމުން އެ އަމުރު އިސްތިއުނާފުކުރުމަށް […]

ބްރޯޑްކާސްޓް އެވޯޑުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބާއްވާ ފުރަތަމަ ބްރޯޑްކާސްޓިން އެވޯޑުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ. އުރީދޫން ބުނި ގޮތުގައި މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އެވޯޑުގެ ޑިޖިޓަލް ޕާޓުނަރަކަށް ވުމަކީ އެކުންފުންޏަށް ލިބުނު އުފަލެކެވެ. އުރީދޫން ބުނީ އެކުންފުނިން ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ އެކި ދާއިރާތައް ކުރިއަރުވާ، ފަންނީ ހުނަރުވެރިންނަށް ހިތްވަރު ދިނުމަށް ކަމަށެވެ. ބްރޯޑްކާސްޓިން އެވޯޑަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތައް އިތުރަށް ތަރައްގީކުރުމަށް ހިތްވަރު […]

މާބަނޑު ދުވަސްވަރު ނޭފަތުން ލޭއާދޭތަ؟ މިއޮތީ ހައްލު!

މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ ތަކުލީފު ބޮޑު ދުވަސްވަރެވެ. އެކިއެކި އުނދަގޫތައް އެ ދުވަސްވަރު ކުރިމަތިވެއެވެ. އެގޮތުން ނޭފަތުން ލޭއައުމަކީ ވަރަށް އާއްމުކޮށް ކުރިމަތިވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބަލިވެއިންނަ ކޮންމެ ފަސް އަންހެނުންގެ ތެރެއިން އެކަކަށް ނޭފަތުން ލޭއައުމުގެ މައްސަލަ ދިމާވެއެވެ. އާއްމު ގޮތެއްގައި ނޭފަތުން ލޭ އަންނަނީ ބަނޑަށް ހަަަތަރު މަހުގައެވެ. މާބަނޑު ދުވަސްވަރު ބަނޑުން ލޭ އައުމަކީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. އެއްވެސް ފަރުވާއަކާ ނުލައިވެސް އެކަން […]

ނަޝީދުގެ ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވަން ރައީސް އެދިލައްވައިފި

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅާފައިވާ ގަރާރާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނަވައިފިއެވެ. ބަރުލަމާނީ ނިޒާމެއް ގެންނަން ގާނޫނުއަސާސީ އިސްލާހު ކުރުމަށާއި އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނަޝީދު ވަނީ ހުށަހަޅުއްވައިފައެވެ. އެކަމާ ގުޅޭ ގޮތުން ”ރާއްޖެ ޓީވީ“ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ މިއީ ބަރުލަމާނީ ނިޒާމް ގެންނަން އެންމެ ރަނގަޅު […]

ތިލަމާލެ ބުރިޖުގެ ޕްލެޓްފޯމް ފަރަށް އަރައި ތިން މީހަކަށް އަނިޔާވެއްޖެ

މާލެ، ވިލިމާލެ، ތިލަފަޅު އަދި ގުޅީފަޅު ގުޅާލާ ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމެއް ފަރަށް އަރައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން މިއަދު ބުނީ ބްރިޖުގެ ޕްލެޓުފޯމެއް ފަރަށް އަރައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 14:35 ހާއިރު ކަމަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރި އެމީހުންނަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ […]

ދީނަށް ފުރައްސާރަކުރި ރުސްތުމް މިނިވަންވެއްޖެ

ސޯޝަލް މީޑިއާގައި މާތްﷲ އާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި ހައްޔަރުކުރި ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ މިނިވަންވެއްޖެއެވެ. ރުސްތަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އޭނާ ވެފައިވާ އިއުތިރާފު ދެމެހެއްޓުމުން ކުށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ މިމަހުގެ ދިހަ ވަނަ […]