މާބަނޑު ދުވަސްވަރު ނޭފަތުން ލޭއާދޭތަ؟ މިއޮތީ ހައްލު!

Loading

Facebook
Twitter
WhatsApp

މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ ތަކުލީފު ބޮޑު ދުވަސްވަރެވެ. އެކިއެކި އުނދަގޫތައް އެ ދުވަސްވަރު ކުރިމަތިވެއެވެ. އެގޮތުން ނޭފަތުން ލޭއައުމަކީ ވަރަށް އާއްމުކޮށް ކުރިމަތިވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބަލިވެއިންނަ ކޮންމެ ފަސް އަންހެނުންގެ ތެރެއިން އެކަކަށް ނޭފަތުން ލޭއައުމުގެ މައްސަލަ ދިމާވެއެވެ. އާއްމު ގޮތެއްގައި ނޭފަތުން ލޭ އަންނަނީ ބަނޑަށް ހަަަތަރު މަހުގައެވެ.

މާބަނޑު ދުވަސްވަރު ބަނޑުން ލޭ އައުމަކީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. އެއްވެސް ފަރުވާއަކާ ނުލައިވެސް އެކަން ރަނގަޅުވެއެވެ. މާބަނޑު ދުވަސްވަރު ނޭފަތުން ލޭ އަންނަނީ، ނޭފަތާއި އަނގަޔާއި އަދި ކަރުގައިވާ ޓިޝޫތަކަށް ހޯމޯންގެ އަސަރު ކުރުމާއި ވިދިގެންނެވެ. ލޭއަންނަ ގޮތް މެދުވެރިވަނީ މާބަނޑުވުމުން އިތުރުވާ ޕްރޮޖެސްޓްރޯން، އަދި އެސްޓްރަޖަން ހޯމޯންގެ ސަބަބުން ނޭފަތުގެ އެތެރޭގައިވާ ލޭހޮޅިތައް ފުޅާވުމުންނެވެ. އޭގެ ސަބަބުން ނޭފަތުގައި ހުންނަ ކުދިކުދި ލޭހޮޅިތަކުގެ ތެރޭގައި ޕްރެޝަރު މަތިވެ، ފަޅައިގެންދާގޮތް ވެއެވެ.

ނޭފަތުން ލޭއަންނަ ނަމަ ކުރެވިދާނެ ބައެއް ކަންކަން:

ތަނެއްގައި އިށީނދެ ޝަހާދަތް އިނގިލި އާއި ބޮޑުވައި އިގިލި އިން ނޭފަތުގެ ދެފަރާތުގައި ހިފަހައްޓާ ބާރަށް ފިއްތާލައި އަނގައިން ނޭވާލުން
އަނގަ ހުޅުވައިގެން ހުރެ، ހަށިގަނޑު ކުރިޔަށް ލެންބުން
ވާތް ފަރާތަށް ބުރަވާ ގޮތަށް ތަނެއްގައި އޮށޯތުން
ގިނައިން ދިޔާތަކެތި ބުއިން
ކިނބިހިއަޅާއިރު އަނގަ ހުޅުވާފައި ބެހެއްޓޭތޯ ބެލުން

މާބަނޑު ދުވަސްވަރު ނޭފަތުން ލޭ އަންނަ ނަމަ ބައެއް ކަންކަމާ ދުރުހެލިވާން ޖެހޭނެއެވެ. އެގޮތުން ބަރުތަކެތި އުފުއްލުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މާ ގަދައަށް ކަސްރަތުކުރުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭނެއެވެ. އަދި ނިދާއިރު، އުއްޑުން އޮތުމުން ދުރުހެލިވާން ޖެހޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް