ޝައިހް ނިޝާން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ބަލައިނުގަންނަން ހައިކޯޓުން ނިންމައިފި

Loading

Facebook
Twitter
WhatsApp

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ.

ޝައިހް ނިޝާން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ނިޝާން ބަންދުން ދޫކޮށްލީ، މިމަހުގެ ހަވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކުގައެވެ.

ޝައިހް ނިޝާން ބަންދުން ދޫކޮށްލުމުން އެ އަމުރު އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިމަހުގެ، ނުވަ ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުގެ ރަޖިސްޓާ މިއަދު ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ޔޯގާ މައްސަލައިގައި 25 މީހުން ހައްޔަރުކޮށްފައިވާއިރު ފުލުހުންގެ ބަންދުގައި މިވަގުތި ތިބީ ނުވަ މީހެކެވެ. ޔޯގާ މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކޮށް ޝައިހް ނިޝާންގެ އިތުރުން ޝައިހް ފަޒްލޫންވެސް ހައްޔަރުކުރިއެވެ. ނަމަވެސް މަސް ދުވަހު ބަންދުކުރުމަށް ފަހު ޝައިހް ފަޒްލޫންވެސް ދޫކޮށްލިއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ބައެއް މީހުންނަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ބަންދަށް ދެ މަސް ދުވަސް ޖަހައިފައިވެސް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް