ސަންދާނު ގިވްއަވޭ: ލާމުގެ އެންމެ ހިތްގައިމު އެއް ހޮޓަލުގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު!

Loading

Facebook
Twitter
WhatsApp

ލާމުގެ އެންމެ ހިތްގައިމު އެއް ހޮޓަލުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ގިވް އަވޭ ޕްރޮމޯޝަނެއް ސަންދާނު ޓުޑޭއިން ފަށައިފިއެވެ.

ސަންދާނުގެ އޮފިޝަލަކު ވިދާޅުވީ، ރޭ ފެށި މި ގިވް އަވޭ ޕްރޮމޯޝަން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެގެން ލާމު ގަމުގައި ހުންނަ އެންމެ ހިތްގައިމު ބީޗު ހޮޓެލް ކަމަށްވާ ނަޒާކީ ރެސިޑެންސް ބީޗު ހޮޓެލުން ފަސް ދުވަހުގެ ހުރުން ދެ ބޭފުޅަކަށް ހިލޭ ލިބޭނެއެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް ސަންދާނުގެ ފޭސްބުކް ޕޭޖުގައިވާ ޕްރޮމޯޝަން ޕޯސްޓަށް ލައިކެއް ދޭން ޖެހޭނެއެވެ. އެއަށް ފަހު ސަންދާނު ޓުޑޭއާއި ނަޒާކީ ޓްރޭޑާސްއާއި ނަޒާކީ ރެސިޑެންސް ބީޗް ހޮޓެލް ފޮލޯޖުރަން ޖެހޭނެއެވެ. އެއަށް ފަހު، އަމިއްލަ ޓައިމްލައިންގައި ގިވްއަވޭ ޕޯސްޓް ޝެއާކުރުމަށް ފަހު މަތީގައި ދެންނެވުނު ހުރިހާ ޕޭޖެއް ޓެގުކުރަން ޖެހެއެވެ. އެއަށް ފަހު، އެ ޕޯސްޓް ސްޓޯރީއަށްލައި މަތީގައި ދެންނެވުނު ޕޭޖުތައް ޓެގްކުރަން ޖެހެއެވެ. އެންމެ ފަހުކަމަކަށް ކުރަން ޖެހޭނެ ކަމަކީ އޮރިޖިނަލް ޕޯސްޓުގައި ފަސް ރަށްޓެހިން ޓެގްކުރުމެވެ. ބޭނުންނަމަ އެއަށް ވުރެވެސް ގިނައިންކުރެވިދާނެއެވެ.

މި ގިވްއަވޭ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހުއެވެ.

ސަންދާނަކީ ރާއްޖޭގައި އެންމެ ދުވަސްވީ ނޫސް މަޖައްލާއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް