ރޫމީގެ ދެމަފިރިންނަށް މަސްތުވާތަކެތި ޓްރެފިކިންގެ ދައުވާ، ޝަރީއަތް މާދަމާ ފަށަނީ

Loading

Facebook
Twitter
WhatsApp
ޓިކްޓޮކް ތަރި ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމަށް ފަހު ޝަރުތުތަކާއެކު ދޫކޮށްލި ޓިކްޓޮކްގެ ތަރި މަރިޔަމް ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމްގެ ޝަރީއަތް މާދަމާ ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

ރޫމާގެ ދެމަފިރިންނަށް އުފުލާފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެވެ. އެ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ 1:30 ގައި ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.

ރޫމާ، 45، އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް 49، ހައްޔަރުކުރީ، މާލޭގައި އެ ދެ މީހުން ދިރިއުޅުނު ގެ، ހ. ބްލޫބާޑް, ކޯޓު އަމުރެއްގެ ދަށުން މިދިޔަ މޭމަހުގެ 11 ވަނަ ދުވަހުގެ ރޭ ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިގެންނެވެ.

ރޫމާ އާއި އޭނާގެ ފިރިމީހާ ބަންދުން ދޫކޮށްލާފައިވަނީ މޭ މަހުގެ 22 ވަނަ ދުވަހުއެވެ.

ރޫމީއަކީ ޓިކްޓޮކްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ފަރާތެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް