ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީންއާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp
19 އޮގަސްޓް 2022، ޕީޕީއެމުން މިރޭ ބޭއްވި "ހަވާލޭވަތަން" ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަންނަވަނީ ---- ފޮޓޯ: ޕީޕީއެމް

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަމަޖައްސައި ރަސްމީކޮށް އެމަނިކުފާނާއި ރިޔާސީ ޓިކެޓް ހަވާލުކޮށްފި އެވެ.

ޔާމީނަށް ޓިކެޓް ހަވާލުކޮށްފައި ”ހަވާލޭ ވަތަން“ ނަމުގައި ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައެވެ.

ރައީސް ޔާމީނަށް ޓިކެޓް ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ރިޔާސީ ޓިކެޓް ޔާމީންއާ ހަވާލުކުރީ މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ކޮންމެ ރަށަކުން މީހަކު ބައިވެރިވުމާއެކު ޕާޓީގެ ލީޑަޝިޕް ހިމެނޭ ގޮތަށެވެ.

އަންނަ ރިޔާސީ އިންތިހުބުގައި ޕީޕީއެމް އިން ވާދަކުރާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމްގެ ސެނެޓުން ނިންމީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޔާމީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް