ރަތަފަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ މަރުވެއްޖެ

Loading

Facebook
Twitter
WhatsApp
ރަތަފަންދޫ---

މިދިޔަ ބުރާސްފަތި ދުވަހު ގދ. ރަތަފަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ ބޮޑުބައެއް ފިހުނު އަންހެން މީހާ މަރުވެއްޖެއެވެ.

އެ އަންހެން މީހާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. މަރުވެފައިވަނީ ރަތަފަންދޫ، ހިޔަލީގެ، އުމުރުން 55 އަހަރުގެ އާމިނަތު އަބްދުލްހަމީދެވެ.

އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި އެ އަންހެން މަރުވީ، ރޭ ފަތިހު 5:57 ގައެވެ.

އެ އަންހެން މީހާ ފިހުނީ ގޭސް ލީކުވެފައި ހުއްޓައި އަންހެން މީހާ އުނދުން ރޯކޮށްލުމުން ގައިގައި އަލިފާން ހިފައިގެންނެވެ.

އެ ހާދިސާގައި އެ އަންހެން މީހާގެ ހަށިގަނޑުގެ 50 ޕަސަންޓް ވަނީ ފިހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް