ޕާކިސްތާނުގައި ޓިކް ޓޮކް ބޭނުންކުރުން މަނާކުރުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި

މީސްމީޑީޔާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްއަކީ ޕާކިސްތާނުގެ އިޖްތިމާއީ ގަވައިދުތަކާއި މިންގަނޑުތަކާ ޚިލާފު ކަންކަން ކުރުމަށް މަގުފަހިވާ ވަސީލަތެއްކަމަށް ނިންމައި ޓިކްޓޮކް ބޭނުންކުރުން މަނާ ކުރުމަށް ޕިޝާވަރު ހައިކޯޓުން ހުކުމްކޮށްފިއެވެ. މިހުކުމް ކޮށްފައިވަނީ ޓިކްޓޮކާ ދެކޮޅަށް ހުށަހަޅާފައިވާ ޕެޓިޝަންގެ އަޑުއެހުންތަކެއްގެ ތެރެއިންނެވެ. ހުކުމް އިއްވާފައި ވަނީ އެކޯޓުގެ އިސް ފަނޑިޔާރު ޣައިޘަރް ރަޝީދް ޚާންއެވެ. ޓިކްޓޮކްގައި ޕާކިސްތާނުގެ އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފުވާ މައްސަލަތައް ގިނަކަން ފާހަގަ ކުރައްވައި މި މައްސަލަތައް ހައްލުކުރެވެންދެން އެގައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް ޚާން […]

ނިއުޒީލޭންޑްގެ ކްރިސްޓްޗާޗްގެ މިސްކިތަށް ދިން ހަމަލާއަށް 2 އަހަރުފުރުން

ކްރިސްޓްޗާޗްގެ ދެ މިސްކިތަކަށް މީހަކު ދިން ޓެރަރިސްޓް ހަމަލާއެއްގައި ބަޑިޖަހައި 51 މީހުން މަރާލި ހާދިސާއަކީ މުޅި ދުނިޔެ ސިއްސުވާލި ހާދިސާއެކެވެ. ފާއިތުވި ހޮނިހިރުދުވަހު އެހަމަލާގައި މަރުވިމީހުންގެ އާއިލާއިން ވަނީ ހާދިސާއަށް ދެ އަހަރުދުވަސް ފުރުމާއި ގުޅިގެން އެއްވުމެއް ބާއްވާފައެވެ. ގިނަ ބަޔަކު ވަނީ ކްރިސްޓްޗާޗް އެރީނާ ސަރަހައްދަށް އެއްވެ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފައެވެ. މި އެއްވުން ދުނިޔޭގެ އެކިކަންކޮޅުތަކަށް ލައިވްސްޓްރީމްކޮށް ބްރޯޑްކާސްޓްކޮށްފައި ވެއެވެ. ކިރާން މުނީރް މިއެއްވުމުގެ ބައިވެރިންނާއި މުޚާޠަބުކޮށް ވާހަކަ ދައްކާފައި […]

އަލްޓާންޓުޔާ މަރާލީ މެލޭޝިޔާގެ ބޮޑުވަޒީރުގެ އަމުރުފުޅަށް: އަޒިލާ

މޮންގޯލިޔާއަށް އުފަން ބިއުޓީ މޮޑެލް އަލްޓާންޓުޔާ ޝާރިބޫ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަޒްލިޔާ ހަޑްރީ، އޭނާ އެކަން ކުރީ އޭރުގެ މެލޭސިއާގެ ބޮޑުވަޒީރު ޑާޓުކް ސެރީ ނަޖީބް ޢަބްދުއްރައްޒާޤްގެ އަމުރުފުޅަށް ކަމަށް ބުނެފިއެވެ. އަލްޓާންޓުޔާ މަރާލީ ބޮޑުވަޒީރުގެ އަމުރުފުޅަށްކަމަށް އަޒިލާ ބާޔާންދީ އިއުތިރާފުވެފައިވަނީ، މެލޭޝިޔާގެ ނޫސް އޮންލައިން ނޫހެއް ކަމަށްވާ މެލޭޝިޔާކިނީއަށް ދީފައިވާ ޚާއްޞަ އިންޓަރވިއުއެއްގައެވެ. އަލްޓާންޓުޔާ މަރާލީ މައްސަލައާ ގުޅިގެން އަޒިލާ ހަދުރީ ގެ މައްޗަށް ވަނީ މަރުގެ ޙުކުމް އިއްވާފައެވެ. އަދި މިހާރު އޭނާ […]

ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް އާންމުން ސަމާލުވާންޖެހޭ: މިއީ ސަމާސާ ކުރަންވީ ކަމެއްނޫން

  ކައިރި މުސްތަގުބަލެއްގައި މުޅި ދުނިޔެ ފެނަށްޖެހިދާނެ ކަމުގެ ވާހަކަ ބުނުމުން ގިނަ ބަޔަކު އެކަން ނަގަނީ ސަމާސައެއްގެ ގޮތުގައި ކަމަށާއި، މިކަމުގެ ހަގީގީ ބިރުވެރިކަން ގިނަ ބަޔަކަށް ނޭނގޭ ކަމުގައި ތުރުކީވިލާތުގެ ފަސްޓް ލޭޑީ، ބުދަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަފުޅުދައްކަވަމުން ވިދާޅުވެއްޖެއެވެ. ފަސްޓް ލޭޑީ އާރމިން އެރްދުޣާން ވިދާޅުވިގޮތުގައި އަދުގެ ޖީލު ތިމާވެއްޓާ މެދު ސަމާލުވުން ވަރަށް މުހިންމުކަމަށެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި އޭނާ ވަނީ މި ޖަލްސާގައި ގިނަ […]

ތެލުގެ އަގު އަނެއްކާވެސް މައްޗަށް

ފާއިތުވި އަހަރަކީ މުޅިދުނިޔޭގެ ހުރިހައި ގައުމެއްގެ އިގުތިސާދަށް ވެސް ބޮޑެތި ބަދަލުތަކެއް އައި އަހަރެކެވެ. ކޮރޯނާ ވައިރަހުގެ ވަބާގެ ސަބަބުން މުޅި ދުނިޔެ ފުރަބަންދަކަށް ދާން މަޖުބޫރުވިއެވެ. މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ތެލުގެ ޑިމާންޑު ދަށަށްގޮސް ބާޒާރުގައި ތެލުގެ އަގު ހީވެސްނުކުރާހައި ހެޔޮވުމެވެ. ނަމަވެސް މިހާރު އެހާލަތުން އަރައިގަނެ އަނެއްކާވެސް އިގުތިސާދު ކުރިއެރުވުމުގެ މަސައްކަތް އެކިގައުމުތަކުން ވަނީ ފަށާފައެވެ. ބޮޑެތި ކާރުހާނާތައް އަލުން ހުޅުވައި އެތަންތަނުގައި މަސައްކައް ކުރަން ވަނީ ފަށާފައެވެ. މިގޮތުން އެމެރިކާގެ އިގުތިސާދު […]

ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ ހަތަރު ދުވަސްތެރޭގައި ޒުވާން މަންމައަކު މަރުވެއްޖެ

އެމެރިކާގެ އުޓާ ސްޓޭޓްގެ ރައްޔިތެއް ކަމުގައިވާ 39 އަހަރުގެ ކަސާޑީ ކުޑިލް އަކީ ދެކުދިންގެ މަންމައެކެވެ. މޮޑާނާ، ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް އޭނާ ޖަހާފައި ވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެ ވެކްސިން ޖެހިފަހުން އޭނާ މަރުވެފައި ވަނީ އޭގެ ހަތަރު ދުވަސް ފަހުން ފެބުރުއަރީ ފަސްވަނަ ދުވަހުއެވެ. ވެކްސިންގެ ދެވަނަ ޑޯޒު ޖެހިތާ އެއްދުވަހުގެ ތެރޭގައި އޭނާ ވަރަށް ބޮޑަށް ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަކަމަށް އާއިލާއިން މައުލޫމާތު ދިނެވެ. އަދި ވެކްސިން […]

ސައުދީއާ ގުޅުން ބަދަހި ކުރުމަށް ސަމާލުވާންޖެހޭ: މެލޭޝިޔާގެ ކުރީގެ ޑިފެންސް މިނިސްޓަރ

ސައުދީއާއި މެލޭޝިޔާއަކީ ޒަމާންވީ ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. މި ޒަމާންވީ ގުޅުމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް ނުކުރުމަށް މެލޭސިޔާގެ ކުރީގެ ޑިފެންސް މިނިސްޓަރ މުހަންމަދު ސަބޫ ވަނީ އެގައުމުގެ ޕްރައިމް މިނިސްޓަރަށް ގޮވާލައްވާފައެވެ. މިގޮތުން ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ކަންކަމުގައި ބައިވެރި ނުވުމަށް އޭނާ ވަނީ ޕްރައިމް މިނިސްޓަރ ޓާންސޮރީ މުޙިއްދީން ޔާސީންއަށް އިލްތިމާސް ކުރައްވާފައެވެ. ގައުމަކުން ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމުކަމަކީ އެގައުމެއްގެ ރައްޔިތުންގެ ރައްކައުތެރިކަން ކަމުގައި ވިދާޅުވުމާއެކު މުޙަންމަދު ސަބޫ ވަނީ މިކަމަށް […]

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް: ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާލުންތަކެއް ބާއްވައިފި

ކޮރޯނާ ވައިރަހުގެ ސަބަބުން ދުޔޭގެ އެކި ކަންކޮޅުތަކުގައި ހަރުކަށި ގަވައިދުތައް ކަނޑައަޅާފައި ވަނިކޮށް އެއަށް ބެލުމެއްނެތި މިދިޔަ ހޯމަ ދުވަހު ގިނަ ގައުމުތަކެއްގައި ބޮޑެތި އެއްވުންތަކެއް ބާއްވާފައިވެއެވެ. އެ ހިނގާލުންތައް ބާއްވާފައި ވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައެވެ. އޭޝިއާ އާއި މެދުއިރުމަތީގެ ގައުމުތަކުގެ އިތުރަށް ޔޫރަޕުގެ އެކި ސަރަހައްދު ތަކުގައި އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ބަޔަކު ވަނީ ސުލްހަވެރި ހިނގާލުންތަކެއް ބާއްވާފައެވެ. ޖިންސީ ތަފާތުކުރުންތަކާއި އަންހެނުންނަށް ދެވޭ އަނިޔާތައް ހުއްޓުމަށް އެދި […]

ކުރިއަށް އޮތް ދެ އަހަރު 12 އެސްޓްރޮނޯޓުން ޖައްވަށް ފޮނުވަން ޗައިނާއިން ތައްޔާރުވަނީ

ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ހިންގޭ 11 މިޝަންގެ ދަށުން 12 އެސްޓްރޮނޯޓުން ޖައްވަށް ފޮނުވަން ގަސްތު ކުރާކަމަށް ޗައިނާއިން އިއުލާނުކޮށްފިއެވެ. ޗައިނާގެ ފުރަތަމަ އެސްޓްރޮނޯޓް އަދި ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ މެންބަރެއް ކަމުގައިވާ ޔޭންގް ލީވެއި މިދިޔަ ހޮނިހިރު ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ގިނަ މިޝަންތަކެއް ތާވަލު ކުރެވިފައިވާކަމަށެވެ. މިގޮތުން ސްޕޭސް ސްޓޭޝަންގެ މެއިން މޮޑިއުލް ޖައްވަށް ދޫކޮށްލަން މިހާރު ތައްޔާރުވެފައިވާކަމަށް ވެސް އޭނާ […]

ޒައިނިސްޓުން އިރާނަށް ބިރުދެއްކިޔަސް އެމީހުންގެ ބާރެއް ނެތް

ތެހެރާނުގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އިރާނުގެ ޑިފެންސް މިނިސްޓަރ ވިދާޅުވީ ބާރުތަކުން ވެރިކަން ކުރާ ޒަމާނެއްގައި ބާރުނެތް ބަޔަކަށް ޖާގައެއް ނޯންނާނެކަމަށެވެ. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ބާރުގެ ބޭނުން ކުރަން ފަސްނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އީރާނުގެ ވެރިކަމާ 1979ގައި އިސްލާމިކް ރިވޮލިއުޝަނުން ވަނީ ހަވާލުވެފައެވެ. ޒައިނިސްޓުން ދަނީ އީރާނުގެ އިސްލާމީ ވެރިކަމާއި ދެކޮޅުހަދައި އެމީހުންގެ އަމިއްލަވެރިކަމެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޑިފެންސް މިނިސްޓަރުގެ ވާހަފުޅު ނިންމާލަމުން އޭނާ […]