ކުރިއަށް އޮތް ދެ އަހަރު 12 އެސްޓްރޮނޯޓުން ޖައްވަށް ފޮނުވަން ޗައިނާއިން ތައްޔާރުވަނީ

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ހިންގޭ 11 މިޝަންގެ ދަށުން 12 އެސްޓްރޮނޯޓުން ޖައްވަށް ފޮނުވަން ގަސްތު ކުރާކަމަށް ޗައިނާއިން އިއުލާނުކޮށްފިއެވެ.

ޗައިނާގެ ފުރަތަމަ އެސްޓްރޮނޯޓް އަދި ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ މެންބަރެއް ކަމުގައިވާ ޔޭންގް ލީވެއި މިދިޔަ ހޮނިހިރު ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ގިނަ މިޝަންތަކެއް ތާވަލު ކުރެވިފައިވާކަމަށެވެ. މިގޮތުން ސްޕޭސް ސްޓޭޝަންގެ މެއިން މޮޑިއުލް ޖައްވަށް ދޫކޮށްލަން މިހާރު ތައްޔާރުވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ދިރާސާތައް ކުރިއަށް ގެންދިޔުމަށް އައު ލެބޯޓްރީއެއް އެޅުމަށާއި 12 އެސްޓްރޮނޯޓުން ޖައްވަށް ފޮނުވުމަށް ތައްޔާރުވަމުން ދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޗައިނާގެ ބެއިޖިންގްއިން އެމީހުންގެ މުޅިން އައު އުފެއްދުމެއްކަމުގައިވާ ދާއިމީ ސްޕޭސް ސްޓޭޝަން 2022 ގައި ލޯންޗްކުރަން ނިންމާފައިވާކަންވެސް އޭނާ ހާމަކުރެއްވިއެވެ.

އުންމީދީ ކުރިމަގެއް ފެންނަން އޮތް މި ދާއިރާގައި ޒުވާނުން ބައިވެރިވުމަށް ޔޭންގް ލީވެއި އިލްތިމާސް ކުރެއްވިއެވެ. ޖައްވީ ދާއިރާއަށް ބޭނުންޖެހިފައިވަނީ ޒުވާނުން ކަމުގައި އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. ފާއިތުވި އަހަރުގެ ތެރޭގައި އާންމުންގެ 18 މީހުން ޗައިނާގެ ސްޕޭސް ސްޓޭޝަނުން ރެކްރޫޓްކޮށްފައިވެއެވެ. މީގެ ތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ. މިއީ މީގެކުރިން އާންމުންނަށް ހުޅުވައިލާފައި އޮތް ފުރުސަތެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި މިފުރުސަތު ލިބެނީ ހަމައެކަނި ސިފައިންނަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް