ނިއުޒީލޭންޑްގެ ކްރިސްޓްޗާޗްގެ މިސްކިތަށް ދިން ހަމަލާއަށް 2 އަހަރުފުރުން

Loading

Facebook
Twitter
WhatsApp

ކްރިސްޓްޗާޗްގެ ދެ މިސްކިތަކަށް މީހަކު ދިން ޓެރަރިސްޓް ހަމަލާއެއްގައި ބަޑިޖަހައި 51 މީހުން މަރާލި ހާދިސާއަކީ މުޅި ދުނިޔެ ސިއްސުވާލި ހާދިސާއެކެވެ. ފާއިތުވި ހޮނިހިރުދުވަހު އެހަމަލާގައި މަރުވިމީހުންގެ އާއިލާއިން ވަނީ ހާދިސާއަށް ދެ އަހަރުދުވަސް ފުރުމާއި ގުޅިގެން އެއްވުމެއް ބާއްވާފައެވެ.

ގިނަ ބަޔަކު ވަނީ ކްރިސްޓްޗާޗް އެރީނާ ސަރަހައްދަށް އެއްވެ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފައެވެ. މި އެއްވުން ދުނިޔޭގެ އެކިކަންކޮޅުތަކަށް ލައިވްސްޓްރީމްކޮށް ބްރޯޑްކާސްޓްކޮށްފައި ވެއެވެ.

ކިރާން މުނީރް މިއެއްވުމުގެ ބައިވެރިންނާއި މުޚާޠަބުކޮށް ވާހަކަ ދައްކާފައި ވަނީ ހަމަލާގައި ޝަހީދުވި މީހެއްގެ އާއިލާގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

މިހަމަލާގައި ޝަހީދުވި އޭނާގެ ފިރިމީހާ ހާރޫން މަހްމޫދަކީ ދެ ކުދިންގެ ބައްޕައެކެވެ. ޑޮކްޓަރޭޓް ޑިގްރީ ނިންމައި ގްރެޖުއޭޓްވުމަށް ތައްޔާރުވަމުންދިޔަ މީހެކެވެ. ނަމަވެސް މި ފުރުސަތު ނުލިބި މި ހިތާމަވެރި ހާދިސާގައި އޭނާ ވަނީ މިދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. މިކަމުން އޭނާގެ އާއިލާއަށް ލިބުނީ ބޮޑު ހިތާމައެކެވެ. އެހަމަލާގައި މަރުވި އެންމެންގެ އާއިލާތަކަށްވެސް އެއީ ހަނދާނުން ފޮހެލެވޭނޭ ދުވަހެއް ނޫންކަމުގައި އޭނާގެ ވާހަކަ ނިންމާލަމުން ބުނެފައިވެއެވެ.

2019 ވަނައަހަރުގެ މާރޗް 15 ވީ ހުކުރު ދުވަހަކު ބްރެންޓަން ޓެރަޓް ނަމަކަށްކިޔާ މީހަކު ދިން މިހަމަލާގައި ޖުމްލަ 51 މީހުން ވަނީ ޝަހީދުވެފައެވެ. އެއީ މަސްޖިދުލް ނޫރް ގައި ތިބި 44 މީހުންނާއި ލިންވުޑް މިސްކިތުގައި ތިބި 7 މީހުންނެވެ. މިހާދިސާއަކީ ނިއުޒީލޭންޑްގެ ތާރީހުގައި ލިޔެވިގެން ދިޔަ ބިރުވެރި، ހިތާމަވެރި ދުވަހެކެވެ..

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް