ސައުދީއާ ގުޅުން ބަދަހި ކުރުމަށް ސަމާލުވާންޖެހޭ: މެލޭޝިޔާގެ ކުރީގެ ޑިފެންސް މިނިސްޓަރ

Loading

Facebook
Twitter
WhatsApp

ސައުދީއާއި މެލޭޝިޔާއަކީ ޒަމާންވީ ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. މި ޒަމާންވީ ގުޅުމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް ނުކުރުމަށް މެލޭސިޔާގެ ކުރީގެ ޑިފެންސް މިނިސްޓަރ މުހަންމަދު ސަބޫ ވަނީ އެގައުމުގެ ޕްރައިމް މިނިސްޓަރަށް ގޮވާލައްވާފައެވެ. މިގޮތުން ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ކަންކަމުގައި ބައިވެރި ނުވުމަށް އޭނާ ވަނީ ޕްރައިމް މިނިސްޓަރ ޓާންސޮރީ މުޙިއްދީން ޔާސީންއަށް އިލްތިމާސް ކުރައްވާފައެވެ.

ގައުމަކުން ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމުކަމަކީ އެގައުމެއްގެ ރައްޔިތުންގެ ރައްކައުތެރިކަން ކަމުގައި ވިދާޅުވުމާއެކު މުޙަންމަދު ސަބޫ ވަނީ މިކަމަށް ސަމާލުވުމަށް މެލޭޝިޔާގެ ސަރުކާރަށް ގޮވާލައްވާފައެވެ. އެގޮތުން މެލޭޝިޔާގެ ސިފައިންގެ ރައްކައުތެރިކަން ސަރުކާރުން ކަށަވަރު ކުރަންޖެހޭނެކަމުގައި އޭނާ ވިދާޅުވިއެވެ.

ސައުދީ އާއި ޔަމަނާއި ދެމެދުގައި ހިނގާ ހަނގުރާމައިގައި ގިނަ ބައެއްގެ ފުރާނަވަނީ ގެއްލިފައެވެ. ދުނިޔޭގެ މުސްލިމް ގިނަ ގައުމުތަކުން ވަނީ ޔަމަނާ ދެކޮޅަށް ސައުދީން ކުރާ ހަނގުރާމައިގައި ސައުދީ ކޯލިޝަނާ ގުޅިފައެވެ.

މީގެ 6 އަހަރުކުރިން މެލޭސިޔާގެ ފޮރިން މިނިސްޓަރ ޑާޓުކް ސެރީ ހިޝާމުއްދީން ޙުސެއިން ވަނީ ޔަމަނުގެ ހަނގުރާމާގައި އެ ގައުމު ބައިވެރިކޮށްފައެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މެލޭޝިޔާގެ މިހާރުގެ ޕްރައިމް މިނިސްޓަރ އެ މަގާމަށް އައްޔަނުކުރުމަށްޓަކައި ސައުދީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެހެންކަމުން ސައުދީ ސަރުކާރާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުން ކެނޑިގެންދާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.

 

Loading

One Response

  1. ސައުދީގެ ފައިސާއައި ޢަރަބިޒަމް ފަތުރަން ބޭނުންވާ މަދު ގައުމަކުން ތިބުނާ ފަނާކުރަނިވި ކޯލިޝަންއާއި ގުޅުގެން ޔަމަނުގެ ރައްޔަތުން މަރަނީ. އޭގެ އެންމެ ފައުޅުކަން ބޮޑީ ޔޫއޭއީ އެވެ. އެމެރިކާއިން ހަތިޔާރު ގަނެގެން އިސްލާމުން އިސްލާމުން މެރުން. ކިހާ ނުލަފާ ގޭމެއްތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް