ތެލުގެ އަގު އަނެއްކާވެސް މައްޗަށް

Loading

Facebook
Twitter
WhatsApp

ފާއިތުވި އަހަރަކީ މުޅިދުނިޔޭގެ ހުރިހައި ގައުމެއްގެ އިގުތިސާދަށް ވެސް ބޮޑެތި ބަދަލުތަކެއް އައި އަހަރެކެވެ. ކޮރޯނާ ވައިރަހުގެ ވަބާގެ ސަބަބުން މުޅި ދުނިޔެ ފުރަބަންދަކަށް ދާން މަޖުބޫރުވިއެވެ. މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ތެލުގެ ޑިމާންޑު ދަށަށްގޮސް ބާޒާރުގައި ތެލުގެ އަގު ހީވެސްނުކުރާހައި ހެޔޮވުމެވެ.

ނަމަވެސް މިހާރު އެހާލަތުން އަރައިގަނެ އަނެއްކާވެސް އިގުތިސާދު ކުރިއެރުވުމުގެ މަސައްކަތް އެކިގައުމުތަކުން ވަނީ ފަށާފައެވެ. ބޮޑެތި ކާރުހާނާތައް އަލުން ހުޅުވައި އެތަންތަނުގައި މަސައްކައް ކުރަން ވަނީ ފަށާފައެވެ. މިގޮތުން އެމެރިކާގެ އިގުތިސާދު ދަނީ ކުރިން އޮތް ހާލަތަށް މަޑުމަޑުން ރުޖޫއަވަމުންނެވެ. ހަމައެއާއެކު ތެލުގެ އަގުވެސް ވަނީ ބޮޑުވެފައެވެ.

ބުދަދުވަހު އެމެރިކާގެ އިންޓަރނޭޝަނަލް ބެންޗްމާރކް ބެންޓް ކްރޫޑްއިން ހާމަކުރި ގޮތުގައި ތެލުގެ އަގު %0.55 މައްޗަށްގޮސްފައިވެއެވެ. މިހާރު އެގައުމުގައި ތެޔޮ ފީފާއެއްގެ އަގަކީ 68.28 ޑޮލަރެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް