ޒައިނިސްޓުން އިރާނަށް ބިރުދެއްކިޔަސް އެމީހުންގެ ބާރެއް ނެތް

Loading

Facebook
Twitter
WhatsApp

ތެހެރާނުގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އިރާނުގެ ޑިފެންސް މިނިސްޓަރ ވިދާޅުވީ ބާރުތަކުން ވެރިކަން ކުރާ ޒަމާނެއްގައި ބާރުނެތް ބަޔަކަށް ޖާގައެއް ނޯންނާނެކަމަށެވެ. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ބާރުގެ ބޭނުން ކުރަން ފަސްނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ވެރިކަމާ 1979ގައި އިސްލާމިކް ރިވޮލިއުޝަނުން ވަނީ ހަވާލުވެފައެވެ.

ޒައިނިސްޓުން ދަނީ އީރާނުގެ އިސްލާމީ ވެރިކަމާއި ދެކޮޅުހަދައި އެމީހުންގެ އަމިއްލަވެރިކަމެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޑިފެންސް މިނިސްޓަރުގެ ވާހަފުޅު ނިންމާލަމުން އޭނާ ވަނީ ޒައިނިސްޓު ޖަމާއަތަކީ އެއްވެސް ބާރެއް ނެތް ބައެއް ކަމަށް ވިދާޅުވެފައެވެ. އަދި ގައުމުގެ ހަމަޖެހުމަށް ބުރޫއަރާފަދަ އެއްވެސް އަމަލެއް ހިންގައިފިނަމަ ޒައިނިސްޓު ޖަމާއަތް އެއްކޮށް ނައްތާލާނެކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް