މެޑިކަލް ސްކޫލް އަށް ވަނުމަށް ހެދި އިމްތިހާނު ބާތިލް ކުރުމުން އިހުތިޖާޖްތައް ފަށައިފި

އިންޑިޔާގައި މެޑިކަލް ސްކޫލް ތަކަށް ވަނުމަށް އެންމެ ފަހުން ހެދި އިމްތިހާނު، ޕޭޕަރު ލީކްވެފައިވާކަމަށްބުނެ، އިމްތިހާން ބާތިލް ކުރުމާއި ގުޅިގެން ވެރިރަށް ޑެލްހީގައި ގިނަ އަދަދެއްގެ ސްޓޫޑަންޓުން ނިކުމެ އިހުތިޖާޖްތައް ފަށައިފިއެވެ. މޭ މަހުގެ 3ވަނަ ދުވަހު ބޭއްވި އިމްތިހާން، ފަސްހާހަށް ވުރެގިނަ މަރުކަޒުގައި ބާއްވާފައިވާއިރު 2.28މިލިއަން ކެންޑިޑޭޓުން އިމްތިހާން ހަދާފައިވާކަމަށް ޚަބަރުލިބެއެވެ. ނަމަވެސް އިމްތިހާން ބޭއްވިތާ ދެތިން ދުވަސް ފަހުން،ޕޭޕަރު ލީކްވެފައިވާކަމުގެ އަޑުތައް ފެތުރެން ފެށުމާއި ގުޅިގެން ސްޓޫޑެންޓުންނާއި ބެލެނިވެރިންގެ ނުރުހުމުގެ އަޑުތައްވަނީ ގަދަވާން ފަށާފައެވެ. […]

ޕާކިސްތާނުގެ މާރުކޭޓެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 10 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ހުޅަގު އުތުރުގެ ހިސާބެއްގެ މާރުކޭޓެއްގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 10 މީހުން މަރުވެ އިތުރު ތިރީހަށްވުރެގިނަ މީހުންނަށް އަނިޔާތައް ލިބިއްޖެއެވެ. ހާދިސާ ހިނގި ނައުރަންގ ބާޒާރުގެ މަންޒަރުތަކުން ފެންނަ ގޮތުގައި ބާރުގަދަ ގޮވުމުގެ ސަބަބުން ބައެއް ފިހާރަތަކުގެ މޫނުމަތިވަނީ އެއްކޮން ހަލާކުވެފައެވެ.އަދި ހަލާކުވެފައިވާ ބައެއް ވެހިކަލްތައްވެސް ފެނެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ނައުރަންގ މާރުކޭޓުގައި ގޮއްވާލިބޮން އުފުލާފައިވަނީ އޮޓޯ ރިކްޝޯއެއްގައެވެ.މިއީ އަފްޢާނިސްތާންގެ ބޯޑަރާ ކައިރި ހިސާބަކަށް ވާއިރު، ޓްރެފިކް ފުލުހުންގެ ދެފިރިހެނުންނާއި އަންހެނަކު […]

ހަންޓާ ވައިރަސް ފެތުރެން ފެށި ބޯޓުގައި ތިބި އެންމެ ފަހު ފަސިންޖަރުން ބާލާފައިވާއިރު އިތުރު ތިން މީހުން ޕޮޒިޓިވް ވެއްޖެ

ނުރައްކާތެރި ބައްޔެއް ކަމަށްވާ ހަންޓާ ވައިރަސް ފެތުރެން ފެށި ކްރޫޒް ޝިޕް ގައިތިބި އެންމެ ފަހު ފަސިންޖަރުން ނާއި ގިނަ ކްރޫ މެމްބަރުން ބޯޓުން ބާލާފައިވާއިރު، ބައްޔަށް އިތުރު ތިން މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ޚަބަރުލިބެއެވެ. ކްރޫޒް ޝިޕް އެމްވީ ހޮންޑިއަސް މީހުން ހުސްކުރުމަށްފަހު ހޯމަ ދުވަހު ވަނީ ސްޕެއިންގެ ޓެނެރީފް ޖަޒީރާއިން ނެދަލަންޑްސް އަށް ދިއުމަށް ފުރާފައެވެ. ޓެނެރީފް ގެ ޕޯޓަކަށް ވަނީ، އޮސްޓްރޭލިޔާގެ 4 މީހުންނާއި އިގިރޭސި ރައްޔިތަކާއި ނިއުޒިލަންޑްގެ ރައްޔިތެއް ގެ […]

ދަރިފުޅަށް ނުހިނގޭނެ ކަން އެނގުމުން ފިރިމީހާ ދިޔައީ ދަރިފުޅުގެ މޫނަށް ބަލާވެސް ނުލައެވެ.

އެރޭ ވެގެން ދިޔައީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި އަދި އެންމެ ހިތާމަވެރި ރެއަށެވެ. އަލަށް ފިރިހެން ދަރިފުޅަކު ލިބުމުން ވަރަށް އުފަލުން އޮއްވާ ޑޮކްޓަރުން އައިސް ދިން ޚަބަރަކުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެނދެއްގައި އޮތް ނަމަވެސް އަހަރެންނަށް ހީވީ އަހަރެންގެ ދެފައިކޮޅު ހުރީ މައްޗަށް ހެންނެވެ. ދެ ޑޮކްޓަރުން އައިސް އަހަރެންނާއި ބައްދަލްކުރުމަށްފަހު ބުނީ ދަރިފުޅުގެ ދެފައިގައި ނާރުގެ މައްސަލަ އެބަހުރި ކަމަށާ މުޅި އުމުރުވެސް ދަރިފުޅު ފުރޮޅުލީ ގޮނޑީގައި އިންނަން […]

ދަރިއަކު ލިބޭތޯ 12 އަހަރު އިންތިޒާރު ކުރި އަންހެނަކަށް އެއްމާބަނޑު ފަސް ދަރިން

ދަރިއަކު ލިބޭތޯ 12 އަހަރު އިންތިޒާރު ކުރި އިތިއޯޕިއާގެ އަންހެނަކަށް އެއްމާބަނޑުފަސް ދަރިން ލިބިއްޖެ އެވެ. މިހާރު އުމުރުން 35 އަހަރުގެ ބަދްރިއްޔާ އާދަމް އާއި އޭނާގެ ފިރިމީހާ ތިބީ ވަރަށް އުފަލުންނެވެ. އެ ދެމަފިރިންނަށް ލިބުނު އެއްހަންހެން، އަދި ހަތަރު ފިރިހެން ކުދިން ތިބީ ފުރިހަމަ ސިއްހަތުގައި ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.ބަދްރިއްޔާ ބީބީސީ އަށް ބުނި ގޮތުގައި ދަރިއަކު ނުލިބިގެން އޭނާހުރީ ވަރަށް ބޮޑަށް މާޔޫސްވެ ޑިޕްރެޝަން އަށް ގޮސްފައެވެ.ނަމަވެސް އޭނާކުރި ދުއާ އިޖާބަ […]

ޗައިނާ އަދި އީރާނުގެ ޚާރިޖީ ވަޒީރުން ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފި

ޗައިނާ އަދި އީރާނުގެ ޚާރިޖީ ވަޒީރުން، އީރާނު ހަގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ބައްދަލް ކުރައްވާ މަޝްވަރާތައް ބާއްވަވައިފިއެވެ. ބުދަ ދުވަހު ބޭޖިންގ ގައި ބޭއްވެވި ބައްދަލް ވުމުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވެންގ ޔީ ވަނީ ވީހާވެސް އަވަހަކަށް ހޮރްމޫސް ކަނޑުއޮޅި ހުޅުވުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ދެމިގެންދާ ”ސީސްފަޔަރ“ އެއް ހޯދުމަކީ އަރޖަންޓް ”ޕްރަޔޮރިޓީ“ އެއްކަމަށާ މަޝްވަރާތަކުގައި ދެމިތިބުން މުހިންމު ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި މަޝްރަހް ފިނިކޮށް ހާސްކަން ކެނޑުވުމަށް […]

އަރަފާތު ބިން ހިޔާކޮށް ފިނި ކުރުމަށް ޚާއްސަ މަސައްކަތެއް ނިންމާލައިފި

ހައްޖު މޫސުމުގެ ކުރިން މައުންޓް އަރަފާތު ވަށައިގެންވާ ސަރަހައްދުތައް ނުވަތަ އަރަފާތު ބިން ހިޔާކޮށް ފިނި ކުރުމުގެ ޚާއްސަ ޕްރޮޖެކްޓެއްގެ ދެވަނަ ފޭސްގެ މަސައްކަތް ނިންމާލާފައިވާކަމަށް ޚަބަރު ލިބެއެވެ. މި ޕްރޮޖެކްޓާއި އެކު،މިދިޔަ އަހަރު ފިނި ސަރަހައްދު އޮތް ވަރަށް ވުރެ ފަސް ގުނަ އިތުރު ވެފައިވާ ކަމަށް ވެއެވެ.މި ޕްރޮޖެކްޓްގެ ދަށުން 272،000އަކަ މީޓަރުގެ ސަރަހައްދަކަށް ވަނީ ފިނި ވައި ލިބޭގޮތް ހަދާފައެވެ. މިއަހަރު ހިންގި ދެވަނަ ފޭސް ގެ ދަށުން 18 ތަނެއްގައި ކެނޮޕީ […]

ބަންގްލާދޭޝްގައި އަދިވެސް ހިމަބިހި ފެތުރެނީ

ބަންގްލާދޭޝްގައި މާރޗްމަހުގެ މެދެއްހާ ހިސާބުގައި ފެތުރެންފެށި ހިމަބިހީގެ ކަންތައް އަދިވެސް ކޮންޓްރޯލް ނުކުރެވޭކަމަށް އާދީއްތަ ދުވަހު ސިއްހީ އިދާރާތަކުން ހާމަ ކޮށްފައި ވެއެވެ. އެންމެ ފަހުން ތަފާސް ހިސާބު ހާމަ ކުރިފަހުން އިތުރު 10 ކުދިން މިބަލީގައި މަރުވެފައިވާ ކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ. އާދީއްތަދުވަހާ ހަމަޔަށް ފާއިތުވި 24 ގަޑިއިރުތެރޭގައި 1،260 ކުދިންނަށް އަލަށް ހިމަބިހި އިންފެކްޝަން ޖެހިފައިވާ ކަމަށް ވެއެވެ.މިއާއި އެކު ބަލި ޖެހުނު ކުދިންގެ އަދަދު ވަނީ 45،800އަށް އަރާފައި ކަމަށް ޑައިރެކްޓަރ […]

ފިއުލް ލިބުން ދަތިވުމާއި ގުޅިގެން ޖުލައިމަހާއި ހަމަޔަށް އެއާ އިންޑިޔާގެ އިންޓަރނޭޝަނަލް ފްލައިޓްތައް ކެންސަލް ކޮށްފި

ފިއުލް ލިބުން ދަތިވުމާއި އެހެންވެސް ބައެއް އޮޕަރޭޝަނަލް ދަތިތަކާއި ގުޅިގެން ޖުލައިމަހާއި ހަމަޔަށް އެއާ އިންޑިޔާގެ އިންޓަރނޭޝަނަލް ފްލައިޓްތައް ކެންސަލް ކޮށްފިއެވެ. ފިއުލްގެ އަގުބޮޑު ވަމުން ދިއުމުގެ އިތުރުން އެއާއިންޑިޔާ ގެ ބޯޓްތަކަށް ވަނީ ކުރީގެ އަގުގައި އެއާސްޕޭސް ލިބުން ދަތިވެފަ ކަމަށް ވެއެވެ.އެހެން ކަމުން ގިނަ އަދަދެއްގެ އިންޓަނޭޝަނަލް ރޫޓްތައް ވަނީ އަތްފޯރާ ވަރަށް ވުރެ އަގުބޮޑުވެފައި ކަމަށް ވެއެވެ.އެހެން ކަމުން ޖުލައި މަހުގެ ނިޔަލަށް އެއާ އިންޑިޔާއިން ވަނީ އިންޓަރނޭޝަނަލް ފްލައިޓްތައް މެދު ކަނޑާލާފައެވެ.މީގެ […]

އަމިއްލަ ބައްޕަޔަށްވުރެ ވެސް އުމުރުން ދުވަސްވެފައިވާ މީހަކާ އަހަރެން ކައިވެނި ކުރީމެވެ.

އަމިއްލަ ބައްޕަޔަށް ވުރެ ވެސް މާބޮޑަށް އުމުރުން ދުވަސްވެފައިވާ މީހަކާ އަހަރެން ކައިވެނި ކުރީމެވެ. އަހަރެންގެ ނަމަކީ ހަނާން އެވެ. އުމުރުން 28 އަހަރުގެ ސިންގަލް މަމް އަކީމެވެ. އަހަރެންގެ ކުޑަ ކުޑަދެކުދިން ތިބެއެވެ. އެއްދުވަހަކު ބޭބީ ސިޓަރ އާއި ދެކުދިން ހަވާލު ކޮށްފައި އޮފީހުގެ މުހިންމު ބައްދަލް ވުމަކަށް ދިޔައިމެވެ. އަހަރެންނާއި ރިޗަރޑް ފުރަތަމަ ބައްދަލުވީ މި ބައްދަލު ވުމުންނެވެ. ރިޗަރޑް އަކީ ކުންފުނީގެ އެއްފައުންޑަރ މެމްބަރެވެ. ރުޅިމަޑު ކެތްތެރި އަދި މުވައްޒަފުނަށް އޯގާތެރި ރަގަޅު […]