ފައިސާގެ ދަހިވެތިކަމުގައި އަހަރެންގެ ދަރިފުޅު އަހަރެން ހެދީ މޮޔައަކަށެވެ.

Loading

Facebook
Twitter
WhatsApp

ފިރިމީހާ މަރުވަމުން އަހަރެންނަށް ދޫކޮށްދިޔަ 20 މިލިއަން ޑޮލަރު ލިބުނުތާ އެއްހަފްތާ ފަހުން އަހަރެންނަށް ހޭވެރިކަން އައީ ހޮސްޕިޓަލެއްގެ އެނދަކަށް ލައިގެން ދެފިރިހެނުން އެނދު ކޮއްޕާފަ ދަނިކޮންނެވެ. ރަނގަޅަށް ބަލާލި އިރު އެއީ ނަފްސާނީ ބަލިމީހުން ނަށް ފަރުވާދޭ ހޮސްޕިޓަލެކެވެ. އަހަރެން ސަލާމަތްވާން އެދި ހަޅޭއްލަވާ ހެދުމުންވެސް އެމީހުން އަހަރެން ދުލެއް ނުކުރި އެވެ.


އަހަރެންގެ ދަރިފުޅާ އޭނަގެ އަންހެނުން ވަނީ އަހަރެންނަކީ މޮޔައެއްކަމަށް ޑޮކްޓަރުންނަށް ޔަގީން ކޮށްދީފައެވެ.އަދި އެމީހުން ހީކުރީ އަހަރެން މަރުވަންދެންވެސް އިންނާނީ އެތަނުގައި ބަންދުގައި ކަމަށެވެ. ނަމަވެސް މިއަދު ޖަލުގައި،ބަންދުގައި އެތިބީ އެދެމީހުންނެވެ.
35 އަހަރުގެ އުފާވެރި ކައިވެންޏަކަށްފަހު ފިރިމީހާ ވަޅުލަން ޖެހުނު އަންހެނަކު ކުއްލިއަކަށް ހޮސްޕިޓަލް އެނދެއްގައި ބެލްޓް އަޅާ ހައްޔަރު ވީ ގޮތް ކިޔާދިނުމަށް ތަންކޮޅެއް ކުރިޔަށް ޖެހިލާނަމެވެ.
އަހަރެންގެ ނަމަކީ އެލެނާ އެވެ. އުމުރަކީ 58 އަހަރެވެ.އަހަރުން އުޅެމުން އައީ އަހަރުންގެ އަމިއްލަ ގެއެއްގައެވެ.ފިރިމީހާ ރިޗަރޑް ހިންގީ ކޮންސްޓްރަކްޝަން ކުންފުންޏެކެވެ.ރިޗަރޑް އަކީ އަތުން މަސައްކަތް ކުރާހިތްވާ މުރާލި މަސައްކަތްތެރި މީހެކެވެ.މިހެން އުޅުމުގެ ތެރޭގައި ރިޗަރޑް ވަނީ ބޭރު ދޮރުމަތީގެއިތުރުން ގޭތެރޭގެ އެކި ތަންތަނުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. އޭނާގެ އަމިއްލަ އަތުންނެވެ.
އަހަރެން އޭނަޔާ ދިމާކުރުމުގެ ގޮތުން ބުނަމެވެ. އަހަރުންގެ ގެއިން ވައްކަން ކުރަން އަންނާނީ ކާކު ހެއްޔެވެ. ސިޓީ ބަހާ މީހާ ހެއްޔެވެ؟މިހެން އަހާ ކޮންފަހަރަކުވެސް އޭނާގެ ޖަވާބަކީ ”ވައްކަން ކުރާނީ ތަޅުދަނޑިއެއް އޮތް ގޭތެރޭގެ މީހެކެވެ.“ އަހަރެންނަށް އެބުނާ އެއްޗެއް ވިސްނުނީ އޭނަ ވަކިވި ފަހުންނެވެ.
ރިޗަރޑް މަރުވީ ކެންސަރު ބަލީގައެވެ. މަރުވީ މާރޗް މަހެއްގެ އަންގާރަ ދުވަހެއްގައި،ގޭގައި ބާއްވައިގެން ފަރުވާ ދެމުން ގެންދިޔަ ހޮސްޕިޓަލް އެނދުގައެވެ.އަހަރެން ވަރަށް ރުއިމެވެ. ނުހަނު ލޯބިން އެހާދުވަހު އެކު އުޅުނު ފިރިމީހާ ވަކިވެ ދިޔައިމައެވެ.
ހިތާ ދެކޮޅަށް ނަމަވެސް ރިޗަރޑްގެ ޖަނާޒާގެ ކަންތައް އަހަރެން ފެއްޓީމެވެ. ދަރިފުޅު ޑެރެކް އާއި އޭނާގެ އަންހެނުން މެގަން ޖަނާޒާ އަށް އައިސް އެކަމުގައި އުޅުނެވެ. ޑެރެކް ކޯޓު ފަޓުލޫނުގައި ހުރި އިރު އޭނާގެ އަންހެނުން ހުރީ ކަޅު ހެދުމެއްލައިގެންނެވެ.ހީވަނީ އެހެދުން ލާން އެތައް އަހަރެއް އިންތިޒާރު ކޮށްފައިވާހެނެވެ.
ސަހަރާޔަށް ގޮސް ދެމީހުން އަހަރެންގެ ކައިރީގައި އަހަރެންގެ އަތުގައި ހިފައިގެން ތިބެ ބުންޏެވެ.މަންމަ ހާސް ނުވާށެވެ..އަހަރުމެން ހުރިހާކަމެއްވެސް ހަމަޖައްސާނަމެވެ.
އޭގެ ހަތަރު ދުވަސް ފަހުން ރިޗްރޑް ގެ އެޓާނީގެ އޮފީހަށް ދާން އަހަރެންނަށް ޗިޓެއް އައެވެ. އެތަނަށް ދިޔައިރު ޑެރެކްގެ ދެމަފިރިންވެސް ތިއްބެވެ. އެދެމީހުން ބޭނުންވީ ރިޗަރޑް ގެ މުދަލާބެހޭގޮތުން ހުރިހާ މައުލޫމާތެއް ސާފުކުރާށެވެ. އަހަރުމެންގެ ރީތި ގެއެވެ. ފައިދާވަމުންދާ ކުންފުންޏެވެ. އަދި ރިޗަރޑް އަހަރެންނަށް ދޫކޮށް ދިޔަ 20 މިލިއަން ޑޮލަރެވެ. ލާރީގެ ވާހަކަ ބުނުމުން އަހަރެންގެ ދަރިފުޅުގެ މޫނަށް އައި ބަދަލު އަހަރެންނަށް ރީތިކޮން ފެނުނެވެ.އެވަގުތު މެގަން ވެސް އޭނަގެ ފިރިމީހާގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފާލިއެވެ. މޮއްކޮޅުތައް ހުދުވަންދެނެވެ.
ޑެރެކް އިނީ ހެވިފައި ނަމަވެސް އޭނަގެ ލޮލުން ފެންނަނީ ފިނިކަމާއި ރަހުމެއް ނެތްކަމެވެ.އެގޮތަށް އޭނަގެ ދެލޯ ހުއްޓާ އަހަރެން ދުވަހަކުވެސް ނުދެކެވެ.
އެމީހުންގެ ރޭވުންތަކަށް އަމަލީ ސިފަ ގެންނަން ފަށަން މާލަހެއް ނުކުރިއެވެ. ރިޗަރޑް މަރުވިތާ ތިންވަނަޔަށް ވީރޭ އަހަރެން ތިރިޔަށް އައީ ފެން ފޮދެއް ބޯށޭވެ. އޭރު ރިޗަރޑް ގެ ސްޓަޑީ ހުރީ ދިއްލާފައެވެ. އެތެރޭން ޑެރެކް އާއި މެގަން ސިއްރު ސިއްރުން ވާހަކަ ދައްކާއަޑު އިވެއެވެ.ރިޗްރޑް ގެ ލެދަރ ގޮޑިތަކުގައި ތިބެގެން ރޭވުންތައް ރާވާއިރު މަތީގައި އިން ނިވިދިއްލޭ ކެމެރާ އެމީހުންނަކަށް ނުފެނެއެވެ.ނޫންނަމަ އެއަށް އިސްކަން ދޭން ހިތަށް ނޭރީ އެވެ.
”މަންމަ އަކީ ބޯހަމަޖެހޭ ވިސްނުން ރަގަޅު މީހެކެވެ.މަންމަ ހުރުމުގެ ސަބަބުން ހަމަ އެކަނި އަހަރުންގެ ރޭވުންތަކަށް ހުރަސް އެޅެނީއެވެ.“ މެގަން ބުނާއަޑު އިވުނެވެ.
”މަންމަ އަކީ މޮޔައެއްކަމަށް ހަދާ މަންމަގެ ބެލެނިވެރިންނަކީ އަހަރުން ކަމަށް ފަޑިޔާރަކު ލައްވާ ސޮއިކުރުވާނީ އެވެ.އެހާހަމައިން 20 މިލިއަން ޑޮލަރުވެސް ގެވެސް ކުންފުނިވެސް އަހަރުންނަށް ލިބުނީ އެވެ.އަންމަ އޮންނާނީ ހޮސްޕިޓަލެއްގެ ކޮޓަރީގައި ބޭސްދީ ނިންދަވާފައެވެ.މިހެންހެދީމަ އެންމެނަށް ފައިދާއެވެ. މަންމައަށް ވެސްމެއެވެ.“އަނެއްކާވެސް މެގަން ބުންޏެވެ.
މިއަޑު އިވުމުން އަހަރެން ސްޓަޑީ ތެރެޔަކަށް ނުވަންނަމެވެ.އެމީހުންނާ ދިމާލަށް ހަޅެއްލަވާކަށް ނުފަށަމެވެ. މަޑުމަޑުން މައްޗަށް އަރާ އެނދުގައި އޮށޯތީ އެވެ.
އެރޭ އަހަރެން ނުރޮމެވެ. ރިޗަރޑް މަރުވިފަހުން ފުރަތަމަ ފަހަރަށް އަހަރެން ނުރުއީ އެރެއެވެ. އަހަރެންގެ ޚިޔާލުތައް ވަރަށް ސާފެވެ. ކަންތައް ކުރަންވީގޮތް ވަރަށް ސާފެވެ.
އަނެއްދުވަހު މުސްކުޅި އުމުރުގެ ޑޮކްޓަރަކު އަހަރުންގެގެޔަށް އައެވެ. އަދި އައިސް އަހަރެންގެ ސިޓީންގ ރޫމަގައި އިދެގެން ފާޑުފާދު ސުވާލު ކުރަންފެށިއެވެ. ކަންފަތަށް އިތުރު އަޑުއަޑު އިވޭތޯ ސުވާލު ކުރިއެވެ. ނިދި ހުންނަ ގޮތާ ބެހޭ ގޮތުން ސުވާލު ކުރިއެވެ. މިހެން ގޮސް އެތައް ސުވާލު ތަކެކެވެ. އަހަރެން އޭނަގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ ތެދުބަހުން ޖަވާބު ދެމުން ގެންދަމެވެ. އަދި އޭނާ ދަމުން ދިޔައީ ނިދާއިރު ކާނެ ބޭހެއް ދީފައެވެ.
އަހަރެން އެބޭހެއް ނުކަމެވެ. ނަމަވެސް ބޭހުގެ އަސަރު އަހަރެންގެ ހަށިގަޑަށް ފޯރަމުންދާކަމަށް ހީވާ ގޮތަށް އަމަލުތައް ބެހެއްޓީމެވެ.
މިގޮތަށް ގޮސް ރިޗަރޑް މަރުވިތާ އެއްހަފްތާފަހުން އަހަރެންނަށް ހޭވެރިކަންވީ ހޮސްޕިޓަލް ގަރނީ (ފުރޮޅުލީ އެނދަކަށް) ލައިގެން ބޮޑު ދެފިރިހެނުން ވެގެން އަހަރެން ގެންދަނިކޮށެވެ. އޭރު އަހަރެން އޮތީ ބެލްޓް އަޅާ އެނދުގައި ”އައްސާފަ“ އެވެ. އަހަރެން ބަލާލިއިރު ގޭ ދޮރުމަތީ ހަށަން ބަދެލައިގެން ފާޑަކަށް ހެވިފައި މެގަން ހުއްޓެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނެއެވެ. މިހެން ނުހަދާށޭ ކިޔާ އާދޭސް ކުރުމުންވެސް އިވޭކަމަށްވެސް ނުހެދިއެވެ.
މިހުރިހާކަމެއް ދިޔައީ މެމެރާ އަށް ރިކޯޑް ވަމުންނެވެ.
އެދެމީހުން އަހަރެން ގެންގޮސް އެރުވީ އެމްބިއުލައިންސް އަކަށެވެ. އަދި ވިއްސަކަށް މިނިޓް ދުއްވުމަށްފަހު ތަނަކަށް މަޑު ކުރިއެވެ. ބޭރުގައިވާ ނަންބޯޑު ބަލާލިއިރު އެއީ މެންޓަލް ހޮސްޕިޓަލެކެވެ. އަހަރެން ތިޔަހެން ނުހަދާށޭ ދޫކޮށްލާށޭ ކިޔާ އާދޭސް ކުރުމުންވެސް އެމީހުން އަހަރެން ދޫކުރާކަށް ނޫޅެއެވެ.ހީވަނީ ހަމަ ހަގީގީ މޮޔައެއް ހިފަހައްޓާހެންނެވެ.
ފައިސާގެ ދަހިވެތި ކަމުގައި ޑެރެކް އާއި މެގަން އަހަރެންނަށް ކޮންމެވެސް ގޮތެއް ހަދަން ރާވަމުން އައިކަން އޮތީ ޔަގީން ވެފައެވެ. ނަމަވެސް މިގޮތަށް މޮޔައިންގެ ހޮސްޕިޓަލެއްގައި ވަޅުލަފާނެ ކަމަކަށް އެއްގޮތަކަށްވެސް ހިތަކަށް ނާރައެވެ.
ނަސީބު ރަގަޅު ކަމުން ރިޗަރޑްގެ ދުރުވިސްނޭކަމުން އަހަރެންވެސް ހުރީ ކޮންމެ ފަދަ ކަމަކަށްވެސް ތައްޔާރު ވެގެންނެވެ. ހޮސްޕިޓަލަށް ގެންގޮސް އެތަނުގެ އާދައިގެ ކޮޓަރިއެއްގައި އެޑްމިޓްކުރިތާ ތިންދުވަސް ފަހުން އަހަރެނަށް ފޯނުކޯލެއް ކުރުމުގެ ފުރުސަތު ލިބުނެވެ. އެތަނަށް ވަން ތަންކޮޅެއް އޯގާތެރި ނަރުހެއް ކައިރީ އާދޭސް ކޮށްގެން އަހަރެން ފޯނެއް ހޯދީއެވެ. އެއަށް ފަހު އަހަރެން ކުރީ އެންމެ ކޯލް އެކެވެ. އަހަރެން ބުނީމެވެ.“އަހަރެން ބުނި ވަގުތު މިޖެހުނީ އެވެ.އަވަހަށް މަސައްކަތް ފަށާށެވެ.“
އަހަރެން ގުޅީ އަހަރެންގެ ބެސްޓްފްރެންޑް ސުޒޭން އަށެވެ.ޑެރެކް ގެ ދެމަފިރިންގެ ކަންތައް ހުރި ގޮތުން އަހަރެން ވަނީ ކުރިން ސުޒޭން އާއި ބައްދަލްކޮށް ހުރިހާ ވާހަކަ އެއްކިޔައިދީފައެވެ. އަދި ރިޗަރޑް ވެސް ކެމެރާތައް ހަރުކުރީ މިފަދަ ދުވަހަކަށް ތައްޔާރު ވުމަށް ކަމަށް އަހަރެނަށް މިހާރު ވިސްނިއްޖެ ކަމަށް ބުނީމެވެ. އަހަރެންނާއި ސުޒޭން އެއްބަސް ވެފައިވަނީ އަހަރެންގެ އިޝާރާތެއް ލިބޭ އިރަށް އެދެމީހުންނާ ދެކޮޅަށް ސުޒޭން އަވަސް މައްސަލައެއް ކޯޓަށް ވެއްދުމަށެވެ. އަހަރެންގެ ފުރާނަޔަށް ގެއްލުން ވެދާނެތީއެވެ. އަދި އަހަރެން ވަނީ ގޭގެ ތަޅުދަނޑިތަކުގެ ޑުޕްލިކޭޓް ވެސް އޭނައާއި ހަވާލު ކޮށްފައެވެ.
މޮޔައިންގެ ހޮސްޕިޓަލުގައި ހޭދަކުރަން ޖެހުނު މަހެއްހާދުވަހު އެމީހުންދޭ ބޭސްތައް ނުކައިވޭތޯ އަހަރެން ވަރަށް ބެލީމެވެ. ނަމަވެސް ނިދާފަ ކަމަށް ހެދިގެން އޮންނަމެވެ. ނަމަވެސް ބޭރުގެ އެއްވެސް ޚަބަރެއް ނުލިބެއެވެ.
ބަރާބަރު މަހެއްހާދުވަސް ފަހުން ކޯޓުއަމުރެއްގެ ދަށުން އަހަރެން މިނިވަން ކުރުމަށް އެތަނަށް ފުލުހުންގެ ދެމީހުން އައެވެ.އަހަރެން އެވަގުތު ވަރަށް އުފާވިއެވެ. ހުރިހާ ހިތްދަތިކަމެއް މިނިމުނީކަން އެނގުނެވެ. އަހަރެން ބަލާލި އިރު ސުޒޭން ވެސް ފުލުހުންނާއެކު ހުއްޓެވެ. ދެމީހުން އެއްކޮށް އޭނާގެ ކާރުގައި ގެޔަށް ދިޔަމަގުމަތީގައި ސުޒޭން ހުރިހާ ވާހަކަ އެއްކިޔާދިނެވެ. ކުރެވުނު ދައުވާތަކަށް ޑެރެކް އާއި މެގަން އިންކާރު ކުރި ނަމަވެސް ރިޗަރޑް ގެ ވަރުގަދަ ކެމެރާތަކުގައި ހުރީ އެމީހުންގެ ހުރިހާ ރޭވުމެއް ރައްކާކުރެވިފައެވެ. ޝަރީއަތް ނިންމި ދުވަހު ފަޑިޔާރު ވަނީ އަމިއްލަ މަންމަ ވަރުގަދަ ބޭސްތައްދީ މަރަން އުޅުނު ކަން އެދެމީހުންގެ މައްޗަށް ސާބިތުވާ ކަމަށް ވިދާޅުވެ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.އަދި މަންމަގެ އެއްވެސް ވާރުތަ މުދަލެއް ޑެރެކް އަށް ދެން ހައްގު ނޫން ކަމަށްވެސް ވަނީ ނިންމަވާފައެވެ.
އަހަރެން އަދި ވެސް ގޭތެރޭގައި ހުރި ކެމެރާތައް ނުނަގަމެވެ. ކެމެރާތައް މެދުވެރިކޮށް އަހަރެން އުޅޭ ނޫޅޭ ގޮތް ރިޗްރޑް އަށް ފެންނަކަމުގެ އިހުސާސް އަހަރެންނަށް މިހާރު ކުރެވޭތީއެވެ.
(ނިމުނީ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް