ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓަކަށް ދެކުނު ކޮރެޔާގެ އިންޗަން އެއާޕޯޓް

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއާޕޯޓަކަށް ދެކުނު ކޮރެޔާގެ އިންޗަން އެއާޕޯޓް ވެފައިވާކަމަށް އައު ރިޕޯޓަކުން ދައްކައިފިއެވެ. ޕެސެންޖަރ ޓްރެފިކް ނުވަތަ ފަސިންޖަރުންގެ އަދަދު ތަކަށް ބަލާ ތައްޔާރު ކޮށްފައިވާ ރިޕޯޓަށް ބަލާއިރު ދެކުނު ކޮރެޔާއަށް ވަންނަ މައި ގޭޓްވޭ ކަމަށްވާ އިންޗަން އެއާޕޯޓުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު 38.4މިލިއަން އިންޓަރނޭޝަނަލް ފަސިންޖަރުން ނަށް ޚިދުމަތް ދީފައިވެއެވެ.
ކުރިން އެންމެ ކާރޫބާރޫބޮޑު އެއާޕޯޓްގެ ގޮތުގައި ލިސްޓް ކުރެވިފައިވާ ލަންޑަންގެ ހީތުރޯ އެއާޕޯޓުން މިމުއްދަތުގައި ޚިދުމަތް ދީފައިވަނީ 37.79 މިލިއަން ފަސިންޖަރުންނަށެވެ. ކުރިން ހީތުރޯ އެއާޕޯޓާ ވާދަކުރަމުން އައި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުން މިމުއްދަތުގައި ޚިދުމަތް ދީފައިވަނީ 34.53މިލިއަން ފަސިންޖަރުންނަށެވެ.


އިންޗަން އެއާޕޯޓަށް އެހާގިނަ އަދެއްގެ ފަސިންޖަރުން ދަތުރު ކޮށްފައިވަނީ އީރާން ހަނގުރާމައާއި ގުޅިގެން މެދުއިރުމަތީގެ އެވިއޭޝަން ހަބްތައް ބަންދު ކުރުމާއި ގުޅިގެން ފަސިންޖަރުން އެހެން ތަންތަނަށް ޑައިވަރޓް ކުރުމާއި ގުޅިގެންނެވެ.
މުޅިއަހަރުގެ ސްޓެޓިސްޓިކްސް އަށް ބަލާ 2024 އަދި 2025 ވަނަ އަހަރު ދެވަނައިގައި ރޭންކު ކުރެވުނު ދުބާއީ އިންޓަރނޭޝަނަލް އެއާޕޯޓް މިފަހަރު އެންމެ ބިޒީ ފަސް އެއާޕޯޓްގެ ތެރޭގައިވެސް ނުހިމެނެއެވެ.
ލަންޑަންގެ ހީތުރޯ އެއާޕޯޓް 2024 ވަނަ އަހަރު ފަސްވަނައިގައި ހިމެނުނުއިރު، 2025 ވަނަ އަހަރު ހިމެނުނީ ހަތްވަނައިގައެވެ. އެދެއަހަރު އިންޗަން އެއާޕޯޓް ހޮވުނީ 12 އަދި 13 ވަނައިގައެވެ.
އެއާޕޯޓް ޓްރެފިކަށް މިފަދަ ބަދަލުތައް އައިސްފައިވަނީ ޔޫރަޕަށް ދަތުރު ކުރި ފަސިންޖަރުން ކުރިން ދުބާއީ ހުރަސްކޮށް ދަތުރު ކުރި ނަމަވެސް އީރާން ހަނގުރާމައާއި ގުޅިގެން އިންޗަން ހުރަސްކޮށް ދަތުރު ކުރަން ފެށުމާއި ގުޅިގެން ކަމަށް ކަމާބޭއިދާރާތަކުން ބުނެފައި ވެއެވެ. އަދި މިއީ 18 އިންސައްތައިގެ އިތުރުވުމެއް ކަމަށް ވެއެވެ.
2001ވަނަ އަހަރު ހުޅުވުނު އިންޗަން އެއާޕޯޓުން 158 އިންޓަރނޭޝަނަލް ޑެސްޓިނޭޝަން އަށް ޚިދުމަތް ދެއެވެ. އެހެން އެއާޕޯޓްތަކާ އަޅާކިޔާއިރު، ހޮންގކޮންގ އިންޓަރނޭޝަނަލް އެއޕޯޓުން 139 ޑެސްޓިނޭޝަން އަށް ޚިދުމަތްދޭއިރު ޝަންހާއީގެ ޕުޑޮންގ އެއާޕޯޓުން ޚިދުމަތްދެނީ 92 ޑެސްޓިނޭޝަން އަށެވެ. އަދި ޓޯކިޔޯ ގެ ނަރީޓާ އެއާޕޯޓުން ޚިދުމަތްދެނީ 86 ޑެސްޓިނޭޝަން އަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް