ކައިވެނީގެ ހަދިޔާއަކަށް ލިބުނު އަގުބޮޑު ކާރު ފޭރެން އުޅުނު ހިނދު..

ދިގު އިންތިޒާރަކަށް ފަހު ކައިވެނި ކުރެވޭ ހަމަޔަށް ދިއުމުން އަހަރެންނާއި ފިރިމީހާ ޑެނިއަލް ތިބީ ވަރަށް އުފަލުންނެވެ.ޑެނިއަލްގެ އާއިލާއަކީ ފައިސާވެރި އާއިލާއެކެވެ. އެމީހުންގެ އާއިލީ ފާމް ހައުސް ގައި ބޭއްވި ހިމޭން،ނަމަވެސް އުފާވެރި ކައިވެނި ޕާޓީ އަށް މެހްމާނުން އައިސް ނިމުމުން އަހަރެންނާއި ޑެނިއަލްވެސް އިށީނީ އެއްޗެއް ކާލުމަށެވެ.ވަރަށް އުފާވެރި މާހައުލެއްގައިތިބެ ކައިނިމިގެން ހަމަ ތެދުވިތަނާ އަހަރެންގެ މަންމަ އައިސް ވަރަށް ރީތިކޮން ހީލުމަށްފަހު އަހަރުން ކައިރީގައި ހުއްޓުނެވެ. ހުރީ އެއްއަތުން ލުއި ބުއިމެއް ހިފައިގެންނެވެ.އަހަރެން ހީކުރީ […]
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަނބުރާ ޖަލަށް ގެންގޮސްފި

ޖަލަށް ލާފާއިހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލުގައި މެޑިކަލް ޓެސްޓް ތައް ހެދުމަށް ފަހު ހުކުރު ދުވަހު ހެނދުނު އަނބުރާ ޖަލަށް ގެންގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ.އިސްލާމް އާބާދުގައި ހުންނަ ޝިފާ އިންޓަރނޭޝަނަލް ހޮސްޕިޓަލަށް ގެންދެވި ހެދުނު ޓެސްޓް ތަކަށް ފަހު އިމްރާން ”މެޑިކަލީ ފިޓް“ ނުވަތަ ސިއްހީ މައްސަލައެއް ނެތް ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރ އަތާއުﷲ ތަރާރު މައުލޫމާތު ދީފައިވާ ގޮތުގައި ހޮސްޕިޓަލުގައި ލޮލުގެ ޑޮކްޓަރަކާ ހިތުގެ […]
”އައިވީއެފް“ ހެދުމުގައި ބައެއް ބޭރުގެ ކްލިނިކްތަކުން އޮޅުވާލުން ތަކެއް ގެންގުޅޭކަން ހާމަ ވެއްޖެ

ދަރިން ނުލިބޭ ފަރާތްތަކުން ހޯދަމުންގެންދާ އައިވީއެފް ފަރުވާ ދިނުމުގައި ބައެއް ބޭރުގެ ކްލިނިކް ތަކުން އޮޅުވާލުން ތަކެއް ގެންގުޅޭކަން ހާމަ ވެއްޖެއެވެ.ބީބީސީ އިން ހޯދި ހޯދުން ތަކަކުން ހާމަވެފައިވާގޮތުގައި އުތުރު ސައިޕްރަސްގައި ހުންނަ މިފަދަ ކްލިނިކަކުން އައިވީއެފް ހެދި މަދުވެގެން 30 މީހަކަށް،އެމީހުން އެދުނު ޑޯނަރުން ނޫން މީހުންގެ ސްޕަރމް އަދި އެގް ބޭނުންކޮށްފައިވާކަން ވަނީ ހާމަވެފައެވެ.މީގެ ތެރޭގައި ގިނައީ އިނގިރޭސި ވިލާތުން އެތަނަށް ފަރުވާ ހޯދުމަށް ދިޔަ ފަރާތްތައްތައްކަމަށް ވެއެވެ. ކްލިނިކް ތަކުން އައިވީއެފް ފަރުވާ […]
ޖަލަށް ލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ޖަލަށް ލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލު ކުރުމަށް ސުޕްރީމް ކޯޓުން އަންގާރަ ދުވަހު އަމުރު ކޮށްފި އެވެ.އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލު ކުރަނީ ސިއްހީ މައްސަލަ ތައް ކުރިމަތިވަމުންދާތީ މެޑިކަލް ޗެކްއަޕް ތަކަށާ ފަރުވާއަށް ކަމަށް ޚަބަރު ލިބެއެވެ.އިމްރާންގެ ސިއްހީފަރުވާ ކުރިޔަށް ގެންދިއުމަށް އޭނާގެ ޕާޓީން ގޮވާލަމުން ގެންދާތާ އެތައްމަހެއް ވަނީ ވެފައެވެ. އުމުރުފުޅުން 73 އަހަރުގެ އިމްރާން ޚާން ކޮރަޕްޝަންގެ ކުށުގައި ޖަލަށް ލެވުނީ 2023 ވަނަ އަހަރުއެވެ. ސުޕްރީމް […]
މީހެއްގެ ބްލެޑަރ އިން 3 ކިލޯއަށް ވުރެ ބަރު ހިލައެއް ނަގައިފި

.ސްރީލަންކާގައި ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހެއްގެ ބްލެޑަރ އިން 3.1ކިލޯގެ ހިލައެއް ޑޮކްޓަރުން ނަގާފައިވާކަމަށް ޚަބަރު ލިބެއެވެ.މިއީ މިގޮތަށް އިންސާނެއްގެ ކުޑަކަމުދާ ނިޒާމުން ނެގި އެންމެ ބޮޑު ހިލަކަމަށް ޑޮކްޓަރުން ބުނެއެވެ. މިއޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ ހަފްތާގައި ޓްރިންކޮމަލީގެ ހޮސްޕިޓަލެއްގައި ކަމަށް ވެއެވެ. އުމުރުން 55 އަހަރުގެ ބަލިމީހާ ފުރަތަމަ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ސްޓްރޯކެއް ޖެހިގެން ކަމަށް ވެއެވެ.ނަމަވެސް އޭނާއަށް ކުޑަކަމުދިއުމަށް ދަތިވާތީ ބެލި ބެލުމުން ބްލެޑަރ ގައި ހިލަހުރިކަން ފާހަގަ ކުރެވުނު ކަމަށް ވެއެވެ.އެމީހާގެ […]
އިންޑޮނީޝިޔާގެ ބިންހެލުމަށްފަހު ވަގުތީ ހިޔާތަކުގައި ކާބޯތަކެތި ދަތިވެފައި

އިންޑޮނީޝިޔާ އަށް ހޮނިހިރު ދުވަހު 7.7 އަދި 6.9 ގެ ބާރު މިނުގައި އައި ދެ ބިންހެލުމަށްފަހު ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް ފުދޭވަރަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށް ދެވެމުން ނުދާކަމަށް ޚަބަރުތައް ބުނެފި އެވެ. 7.7ގެ ބާރު މިނުގައި ފަތިހު 5 ޖެހިއިރު ފްލޮރެސްޖަޒީރާ އަށް ފުރަތަމަ ބިންހެލުން އައުމަށްފަހު އޭގެ ހަގަޑިއިރު ފަހުން ފްލޮރެސްގެ އަނެއްކޮޅުގައިވާ ޕްރޮވިންސްއަށް 6.9 ގެ ބާރު މިނުގައި ދެވަނަ ބިންހެލުމެއް އައިސްފައި ވެއެވެ. ބިންހެލުމާއި ގުޅިގެން ފްލޮރެސް […]
އިންޑޮނޭޝިއާއަށް އައި ދެ ބިންހެލުމަށްފަހު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް ދަނީ

އިންޑޮނޭޝިއާއަށް ހޮނިހިރުދުވަހު އައި ބާރުގަދަ ދެ ބިންހެލުމަށްފަހު ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ބަޔަކު ތިބިތޯބަލާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއުޓީމް ތަކުން ބާރަށް ކުރިޔަށް ގެންދާކަމަށް ޚަބަރުލިބެއެވެ. ދެބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 47އަށް އަރާފައެވެ.7.7ގެ ބާރުމިނުގައި ފުރަތަމަ ބިންހެލުން އައިސްފައިވަނީ ފަތިހު ފަހެއް ޖެހިއިރު ފްލޮރެސް ޖަޒީރާ އަށެވެ. އޭގެ ހަގަޑިއިރު ފަހުން 6.9 ގެ ބާރުމިނުގައި ބިމުގެ 158 ކިލޯމީޓަރު އަޑިން، ދެވަނަ ބިންހެލުން އައިސްފައިވަނީ އަނެއްކޮޅުގައިވާ ސުމަތުރާއަށެވެ.ދެވަނަ ބިންހެލުން އައި […]
އިންޑޮނީޝިޔާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިޔާގެ ފްލޮރެސް ޖަޒީރާ އަށް 7.7 ގެ ބާރުމިނުގައި ބިންހެލުމެއް އައުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެ، އާންމުން އުސްހިސާބުތަކަށް ބަދަލުވުމަށް އަންގަމުންދާކަމަށް ޚަބަރު ލިބެއެވެ. ޚާއްސަކޮށް ފްލޮރެސް ޖަޒީރާ ގެ އުތުރު އަދި ދެކުނު ކޯސްޓަލް ސަރަހައްދު ތަކުގައި އުޅޭ ފަރާތްތަކުން އަމިއްލަޔަށް ވިއަސް އަވަހަށް ދުރަށް ދިއުމަށް ދަނީ އަންގަމުންނެވެ. ހޮނިހިރުދުވަހު ފަތިހު އެތާގަޑިން ފަހެއްޖަހާއެހާކަންހާއިރު އައި ބިންހެލުން ފެށިފައިވަނީ 35 ކިލޯމީޓަރު އަޑިން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ. ބިންހެލުމަށް އިތުރު އެތައް […]
ޖަޕާނުގެ ޗީބާ ސަރަހައްދަށްބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެ

ޖަޕަނުގެ އިރުމަތީފަޅީގެ ޗީބާ ޕްރީފެކްޗާ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ބޯކޮށްވާރޭ ވެހި ކުރިމަތިވި ހާދިސާތަކުގައި ހަތަރުމީހުން މަރުވެ، އެކަކު ގެއްލި އަދި ފަސްމީހުންނަށް އަނިޔާތައްލިބިފައިވާކަމަށް ޚަބަރު ލިބެއެވެ. ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާއި ކަރަންޓް ކެނޑުން ފަދަ ހާދިސާތައް ކުރިމަތިވަމުން ދާތީ ލައްކައެއްހާ ގޭބިސީގައި ދިރިއުޅެމުންދާ މީހުން އެހެން ތަންތަނަށް ބަދަލުވުމަށް ދަނީ އަންގަމުންނެވެ.އަދި އެމީހުން ތިބުމަށް ދަނީ ވަގުތީ ހިޔާތައް ގާއިމް ކުރަމުންނެވެ. ޗީބާ ސަރަހައްދުގައި ރޭވަނީ ފުރަތަމަ ފަހަރަށް އެންމެ މަތީ […]
ހޮރްމޫޒް ކަނޑުއޮޅިއާއި ބެހޭގޮތުން ނޭނގޭ ހަގީގަތް

އީރާން އަދި ސްޓްރެއިޓް އޮފް ހޮރމޫޒް، މި ދެ ލަފްޒް އެއް ޖުމްލައެއްގައި އައުމުން ހިތަށް ވަންނަނީ ކޮންކަމެއްތޯއެވެ؟ ޓެންޝަން(މަޝްރަޙް ހޫނުވުން)، ތުރެޓް(ބިރުދެއްކުން) އަދި ކެއޯސް (އިންތިޒާމް ނެތް ތަނެއް) މިކަންކަން ތޯއެވެ.ހަބަރު ސުރުހީތަކުގެ ހަގީގީ ބޭނުކަކީވެސް އެއީއެވެ. ހޮރްމޫސް ކަނޑުއޮޅިއާއި ބެހޭގޮތުން ޚަބަރު ހެޑްލައިން ތަކުގައި ހާމަ ނުކުރާ ހަގީގަތްތަކެއްވެސް އެބަހުއްޓެވެ.އެހަގީގަތަކީ އެއްވެސް ކަހަލަ ފީއެއް ނެގުމެއްނެތި، ސުވާލެއް ކުރުމެއްނެތި ދުނިޔޭގެ އުޅަދުތަކުން 40 އަހަރުވަންދެން ހޮރުމޫޒް ކަނޑުއޮޅި ބޭނުން ކުރަމުން ދިއުމުގެ ފުރުސަތު އީރާނުން […]