ހޮރްމޫޒް ކަނޑުއޮޅިއާއި ބެހޭގޮތުން ނޭނގޭ ހަގީގަތް

Loading

Facebook
Twitter
WhatsApp

އީރާން އަދި ސްޓްރެއިޓް އޮފް ހޮރމޫޒް، މި ދެ ލަފްޒް އެއް ޖުމްލައެއްގައި އައުމުން ހިތަށް ވަންނަނީ ކޮންކަމެއްތޯއެވެ؟ ޓެންޝަން(މަޝްރަޙް ހޫނުވުން)، ތުރެޓް(ބިރުދެއްކުން) އަދި ކެއޯސް (އިންތިޒާމް ނެތް ތަނެއް) މިކަންކަން ތޯއެވެ.ހަބަރު ސުރުހީތަކުގެ ހަގީގީ ބޭނުކަކީވެސް އެއީއެވެ.


ހޮރްމޫސް ކަނޑުއޮޅިއާއި ބެހޭގޮތުން ޚަބަރު ހެޑްލައިން ތަކުގައި ހާމަ ނުކުރާ ހަގީގަތްތަކެއްވެސް އެބަހުއްޓެވެ.އެހަގީގަތަކީ އެއްވެސް ކަހަލަ ފީއެއް ނެގުމެއްނެތި، ސުވާލެއް ކުރުމެއްނެތި ދުނިޔޭގެ އުޅަދުތަކުން 40 އަހަރުވަންދެން ހޮރުމޫޒް ކަނޑުއޮޅި ބޭނުން ކުރަމުން ދިއުމުގެ ފުރުސަތު އީރާނުން ދީފައިވާ ކަމެވެ.
އަނެއްކޮޅުން އެފަދަ މުހިންމު ކަނޑުއޮޅިތައް ނިސްބަތްވާ ގަމުތަކުން ދަނީ ފީގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ނަގަމުންނެވެ.މިކަމާބެހޭގޮތުން އެކަކު އެކައްޗެކޭވެސް ނުކިޔައެވެ.މިގޮތުން އެތަންތަން ހުރަސްކުރުމަށް ބޮޑެތި އަގު ނަގަމުންދާ ތަންތަނުގެ ތެރޭގައި ސުއޭސް ކެނޭލް، ޕެނަމާ ކެނޭލް އަދި ޓަރކިޝް ސްޓްރެއިޓްސް ހިމެނެއެވެ.
އެހެން ކަމުން ހުޅަގުގެ ގައުމުތަކުން އީރާނަށް އިގިލި ދިއްކުރަމުންދާތީ އީރާންގެ ޚާރިޖީވަޒީރު އައްބާސް އަރަގްޗީ ކުރައްވާ އެއްސުވާލުވެއެވެ. އީރާނުން އެހާދުވަހު އެހާދީލަތި ގޮތެއްގައި ކަނޑުއޮޅިހުވާލާފައި އޮތުމާއެކުވެސް މިއަދު އީރާން އަކީ ”ބޭޑް ގާއީ“ ނުވަތަ ހަމަޖެހުން ނަގާލާފަރާތުގެ ގޮތުގައި ސިފަކުރަނީ ކީއްވެގެން ހެއްޔެވެ؟
ހޮރްމޫޒް ކަނޑުއޮޅި ހިލޭދަތުރު ތަކަށް ބަންދުކޮށްލުމުން ޓެންޝަން އުފެދޭނެ ކަން އަރަގްޗީވެސް ގަބޫލު ކުރައްވައެވެ.އަދި އެކަމާގުޅިގެން ޖެހިދާނެ މައްސަލަ އެއްގެ ޒިންމާ ވެސް އީރާނުން ަގާނެ ކަމަށް އަރަގްޗީ ވިދާޅުވެފައި ވެއެވެ. އަރަގްޗީ ހަމައެކަނި އެދިވަޑައިގަންނަވަނީ އިންސާފުވެރި ބަހުސަކަށެވެ. ހަމައެކަނި އީރާން ކުށްވެރިކޮށްލާފަ މައްސަލަ ނިންމާނުލުމަށެވެ.
ހޮރްމޫސް ކަނޑުއޮޅި ބަންދު ކުރުމަށް އީރާނުން ނިންމީ ހަމަ އެއްދުވަހު ނިދިން ހޭލިގޮތަކަށް ނޫނެވެ. އޭގެ ކުރިން އެމެރިކާއިން އައީ އީރާނާ ދެކޮޅަށް ވަގުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން :

  • އިގްތިސާދީގޮތުން ދަތިކުރުމުގެވަރުގަދަ ސެންކްޝަންތައް އަޅާފައިވެއެވެ.
  • ހަނގުރާމަތީ މަނަވަރުތައް އީރާން ކައިރިޔަށް ފޮނުވާ ބިރުދައްކަމުން ގެންގޮސްފައިވެއެވެ.
  • ތެލުގެ ލައިފްލައިން ބަންދުކޮށްލުމަށް މަސައްކަތް ކޮށްފައި ވެއެވެ.
  • ސަރަހައްދުގައި އޮންނަ އީރާނުގެ ނުފޫޒު ކަނދުވާލުމަށް މަސައްކަތް ކޮށްފައި ވެއެވެ.
    އެމެރިކާއިން އަހަރުތަކެއްވަންދެން ގައުމެއް ބަލިކަށިކޮށްލުމަށް މަސައްކަތް ކުރަމުން ގެންދިއުމުން އެގައުމަކުންވެސް ދިފާއުގައި ކަންތައްތަކެއް ކޮށް އަތުގައި އޮތް ބާރެއްގެ ބޭނުން ކުރުމުން ހައިރާން ނުވުމަށް އަރަގްޗީ އެދިވަޑައިގެންފައިވެއެވެ.
    އެމެރިކާއިން އެޅި ކޮންމެ ދަތިކުރުމުގެ ފިޔަވަޅެއް، އަދި މިލިޓަރީގޮތުން ދެއްކި ބިރުތަކުގެ ސަބަބުން އީރާން ގެ ހިއްވަރު ބަލިކޮށް ނުލެވުމުގެ ބަދަލުގައި އީރާނަކީވެސް ބާރުގަދަ ގައުމެއްކަން ވަނީ ހާމަވެފައިކަމަށް ވިދާޅުވެފައި ވެއެވެ.
    ހޮރްމޫސް ކަނޑުއޮޅި އަކީ ހަމައެކަނި ކަނޑުގެ މަގެއްނޫނެވެ. އެއީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ކޮންމެ ދުވަކަކުވެސް ހުރަސްކުރަންޖެހޭ މުހިންމު މަގެކެވެ.އަދި އެފަދަ މުހިންމު މަގެއް ނިސްބަތްވާ ގައުމެއް ”ކަނަކަށް ވައްދަން“ ބަޔަކު އުޅޭނަމަ، އެގައުމަކުން ވެސް ހަމައެކަނި މާލީ ނަފައެއްހޯދުމުގެ ބަދަލުގައި ސިޔާސީގޮތުންވެސް އެމަގު ބޭނުން ކޮށްފާނެކަން ދަންނަން ޖެހޭނެއެވެ.
    އަރަގްޗީ އީރާން ސިފަކުރެއްވީ ލަޔަން ނުވަތަ މިނިކާވަގަކާއެވެ. އަހަރުތަކެއްވަންދެން މިނިކާވަގަށް ގޯނާކޮށް ހެދިއިރުވެސް މަޑުން އޮތުމަށްފަހު ކުއްލިއަކަށް ހަޅޭއްލަވަންފަށާ، އަދި ލަޔަން ބަލަން ވަނުމަށް އަގެއް އަތުލަން ފެށުމާއި ހޮރްމޫސްގެ ހާލަތާ ތަފާތެއް އެބަހުރިތޯ އަރަގްޗީ ސުވާލުކުރައްވާފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް