ސްރީލަންކާގައި ބޮންގޮއްވުމުގައި ބައިވެރިވިކަން ސާބިތުވި ސަރުކާރުގެ އިސް ދެބޭފުޅުން މަރަން ހުކުމް ކޮށްފި

2019 ވަނަ އަހަރު ސްރީލަންކާ ގައި ހިންގި ބޮންގޮއްވުމުގެ ހާދިސާ ހުއްޓުވުމުގައި ފޭއިލް ވެފައިވާތީ ސަރުކާރުގެ ކުރީގެ އިސް ދެއޮފިޝަލުން ގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ. ސްރީލަންކާގައި ފާހަގަކުރާ ދީނީ އިހުތިފާލެއް ކަމަށްވާ އީސްޓަރ ސަންޑޭ ކުރިއަށް ދަނިކޮށް އެތައް ތަނެއްގައި އެއްފަހަރާ ބޮން ގޮއްވުމުގެ ސަބަބުން 260 މީހުން މަރުވެފައި ވެއެވެ. މިކަމުގައި ބައިވެރިވާކަމަށްބަލާ ކޮލޮމްބޯ ޕަރމަނަންޓް ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ ކުރީގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ޕުޖީތު ޖަޔަސުންދަރާ އާއި […]

ދަރިފުޅު މަރުވަމުންދާތީ މަންމައަށް 127 ފަހަރު ގުޅިއިރު ވެސް އެންމެ ކޯލްއެއްވެސް ނުނެގިއެވެ.

އަހަރެންގެ ކޮއްކޮ ވަނެއްސާގެ 8 އަހަރުގެ އަންހެން ދަރިފުޅު ހޮސްޕިޓަލްގައި އޮވެ މަރުވަމުންދާތީ އޭނާއަށް 127 ފަހަރު ގުޅިއިރު އޭނާ އެންމެ ކޯލްއެއްވެސް ނުނެގިއެވެ. ފަހުނޭވާތައް ގުނަމުން ގެންދިޔަ ކުޑަކުޑަ ސޯފީ ސަލާމަތްކުރެވޭތޯ ޑޮކްޓަރުން އަވަސް އަވަހަށް އެކި ކަންތައް ކުރަމުން ދިޔައިރު އޭނާގެ އަތުގައި ހިފަހައްޓާލައިގެން އެނދު ކައިރީ އިނީ އަހަރެންނެވެ. 0 އެންމެ ފަހުވަގުތު ވެސް މަޑު މަޑުން ސޯފީ ސުވާލު ކުރަމުންގެންދިޔައެވެ.“މަންމަ އަންނަނާނެ ހެއްޔެވެ.؟“ސޯފީ މަރުވެ، ކުޑަކުޑަ ހަށިގަނޑު އެމްބިއުލައިންސްގައި ސަހަރާއަށް ގެންދަން […]

ޖަޕާނަށް އިއްޔެ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި

ޖަޕާނުގެ ހުޅަނގު ދެކުނު އައްސޭރިފަށުގައިވާ ކިއުޝޫ ރަށުގެ ކުމަމޯޓޯ ޕްރިފެކްޗަރ އަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައި އިއްޔެ މެންދުރުފަހު އައި ބިންހެލުމަށްފަހު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް ޚަބަރުލިބެއެވެ. މިހާތަނަށް ހާމަވެފައިވާ ގޮތުގައި ބިންހެލުގެ ސަބަބުން 13 މީހުން ވަނީ މަރުވެފައެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައްބަޔަކު ވާނެކަމަށް ބެލެވޭތީ މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ދަނީ ބެލެމުންނެވެ. އުމުރުން 75 އަހަރުގެ މީހަކު […]

ދަރިފުޅުގެ ކައިވެނި ޕާޓީ އަށް ދިޔައިރު އަހަރެންގެ ގޮޑި ހުރީ ހޯލުން ބޭރުގައި ޑަސްބިންތައް ކައިރީގައެވެ.

އަހަރެންގެ ދަރިފުޅު ޑެނިއަލް ގެ ކައިވެނި ޕާޓީ އަށް އަހަރެން ދިޔައިރު އަހަރެން އިށީންނަންވީ ގޮޑި ބަހައްޓާފައި ހުރީ ހޯލުން ބޭރުގައި ޑަސްބިންތައް ކައިރީގައެވެ. ހިނދު ކޮޅަކަށް އަހަރެން ހީކުރީ މިވާނީ އޮޅުމަކަށް ކަމަށެވެ. ނަމަވެސް އިރުކޮޅަކުން ދަރިފުޅުގެ އަންހެނުން ވަނެއްސާ ހޯލުން ނިކުމެގެން އަންނަ ތަން ފެނުނެވެ. އަދި އަހަރެން ފެނުމުން ބުންޏެވެ. ”އާނ މާގަރެޓް ތިޔަ އައީދޯއެވެ. އިންނަންވީތަން ފެނިއްޖެ ދޯއެވެ؟“ އަހަރެން އޭނައާއި ދިމާލަށް ބަލާލުމަށްފަހު ބުނީމެވެ. ”އަހަރެން އިށީންނަންވީ ގޮނޑިއަކީ މީހެއްޔެވެ؟“ […]

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން އައި ޣައިރުޤާނޫނީ ހަނގުރާމަ މެދުކަނޑާލުމުން ތެލުގެ އަގު ”ޑައިވް“ އަކަށް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން އައި ޣައިރުޤާނޫނީ ހަނގުރާމަ، ދެވަނަ ފަހަރަށް ފެށުމަށްފަހު 13 ދުވަސް ފަހުން މެދުކަނޑާލުމުން ތެލުގެ އަގު ”ޑައިވް“ އަކަށް ދިޔައީއޭ ބުނާގޮތަށް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ ކަމަށް ޚަބަރު ލިބެއެވެ. މިބަދަލާއެކު ބްރެންޓް ކްރޫޑް ގެ އަގު ވަނީ ނުވަ އިންސައްތަ ދަށަށް ގޮސް ފީފާއެއް 88 ޑޮލަރަށް ވެއްޓިފައެވެ. އޭގެކުރިން ބްރެންޓް ކްރޫޑްގެ އަގުހުރީ ފީފާއެއް 100ޑޮލަރަށް ވުރެމަތީގައެވެ.ތެލުގެ އަގުމިހާބޮޑަށް ދަށްވެގެން ގޮސްފައިވަނީ ވާހަކަތަކަށް ފުރުސަތު ދިނުމަށް އެމެރިކާގެ […]

ފައިބުރިކޮށްލުމުގެ ސަބަބުން އަހަރެންގެ ހަޔާތަށް ކުރިއެރުންތަކެއް ލިބުނު: ދުނިޔޭގެ ސަރފިންގ ޗެމްޕިއަނެއް

ޓީނޭޖް އުމުރުގައި އެއްފައި ބުރިކޮށްލަން ޖެހުމުގެ ސަބަބުން އޭނާގެ ހަޔާތަށް ކުރިއެރުންތަކެއް ލިބުނު ކަމަށް ސަރފިންގެ ދުނިޔޭގައި ހަތަރުފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ލޫވެލީން ވިލިއަމްސް ބުނެފިއެވެ. 2011 ވަނަ އަހަރު ކާރަކުން ޖެހި ހިނގި އެކްސީޑެންޓަށް ފަހު ރަނގަޅު ވަމުން އައި ދުވަސްތަކުގައި ސަރފިންގ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އުމުރުން 16 އަހަރުގައި ސްކޭޓް ކުރަން އުޅެނިކޮށް ކާރަކުންޖެހި އެކްސީޑެންޓް ވީއިރުވެސް ސަރފް ކުރުމަކީ އޭނަދެކެމުން އައި ހުވަފެނެއް ކަމަށް ލޫވެލީން […]

ސްރީލަންކާގައި ޑެންގޫ ފެތުރޭ މިންވަރު އިތުރުވެ، ފެންހެދިފައިހުންނަ ތަންތަން ހޯދުމަށް ޑްރޯން ބޭނުން ކުރަނީ

ސްރީލަންކާގައި ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭވެސް ނުފެތުރޭ ވަރަށް ޑެންގޫ ހުން ފެތުރެމުންދާކަމަށް ޚަބަރު ލިބެއެވެ. އެހެން ކަމުން ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި، ފުރާޅުތަކުގެ މަތީގައާއި އެހެންވެސް މަދިރި ބިސްއަޅާނެ ކަމަށް ބެލެވޭ ދަތި ތަންތަނުގައި ފެން ހެދިފައި ހުރިތޯ ބެލުމަށް މިލިޓަރީ ޑްރޯންތައް ބޭނުން ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ. ސްރީލަންކާގައި ޑެންގޫ ޖެހިގެން މިއަހަރުގެ މިހާތަނަށް 56 މީހުން މަރިވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. އަދި 77،000މީހުންނަށްބަލިޖެހިފައިވާ ކަމަށް ވެއެވެ. މީގެ ހަތަރުބައިކުޅައެއްބަޔަށް […]

ފުރަތަމަ ފިރިމީހާ މަރުވުމަށް ފަހު އަލުން މީހަކުދެކެ ލޯބިވުމަކީ ކުދިންނަށް ގަބޫލު ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ.

(ދެވަނަބައި)”އަހަރެންނާ ވަކިވުމަކީ ލިޒް ހަގީގަތުގައިވެސް ބޭނުންވާ ގޮތްކަމަށްވާނަމަ ލިޒް ދޫކޮށްލާ ވަރަށް އަހަރެން ލިޒް ދެކެލޯބިވެއެވެ.ނަމަވެސް އެންމެ ވާހަކައެއްއަހާލަން ބޭނުމެވެ. ލިޒް ގެ ފިރިމީހާ ލިޒްދެކެ ހަގީގީ ލޯބިވީނަމަ، ލިޒްގެ ހަޔާތުގެ ބާކީ ބައި އެކަނިވެރިކަމުގައި ހޭދަކުރަން ބޭނުންވީސް ހެއްޔެވެ؟ އެހެން އެންމެންގެ ހިތްހަމަ ޖައްސާދިނުމަށް އަމިއްލަ އުފާވެރިކަން މަޑުޖައްސާލާފައި ބާއްވާނީ ކިހާދުވަހެއް ވަންދެން ހެއްޔެވެ؟“ މިސުވާލު ވެގެން ދިޔައީ ހުރިހާ ކަމެއް ބަދަލު ކޮށްލި ސުވާލަށެވެ.އަހަރެން ވިސްނާލާއިރު މިހުރިހާ އަހަރަކު އަހަރެން އުޅެމުން އައިސްފައިވަނީ އަހަރެންގެ […]

ބަންގްލާދޭޝްގެ ރައީސް އިސްތިއުފާދެއްވާކަން އިއުލާން ކުރައްވައިފި

ބަންގްލާދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވާކަން އިއުލާން ކުރައްވައިފިއެވެ. ޝަހާބުއްދީން އަކީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ދާދި ފަހުން ހަސީނާ ވަނީ އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވީނަމަވެސް ގައުމަށް އެނބުރި ވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައެވެ. ޝެއިޚް ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ އޭނާގެ ސަރުކާރާ ދެކޮޅަށް 2024ވަނަ އަހަރު ކިޔަވާ ކުދިން ކުރިޔަށް ގެންދިޔަ މުޒާހަރާތައް މަތަކުރުމަށް ސިފައިންލައްވާ ބާރުގެ ބޭނުން ކޮށް ސަތޭކަޔަށްވުރެގިނަ […]

އީރާން ހަނގުރާމައަށް އިސްރާއީލަށް 1.15 ޓްރިލިއަން ޑޮލަރު ދޭން އެމެރިކާއިން ފާސްކުރަނީ؟

ދިފާއީ ހަރަދުތައް ބޮޑުތަނުން އިތުރުކޮށް، އިސްރާއީލާއެކު އަސްކަރީ ޓެކްނޮލޮޖީގެ އެއްބާރުލުން ފުޅާކުރުމަށާއި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ކެމްޕޭނަށް އެހީތެރިވުމަށް އެކުލަވާލާފައިވާ 1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ހަރަދުތަކުގެ ޕެކޭޖް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކޮށްފިއެވެ. މި ބިލް މިހާރު ވަނީ ސެނެޓަށް ފޮނުވާފައެވެ. ނަމަވެސް ޑިމޮކްރެޓުންގެ ވަރުގަދަ ދެކޮޅުވެރިކަމާ ހުރެ، ސެނެޓުން މި ބިލް ފާސްވުމާމެދު ވަނީ ސުވާލު އުފެދިފައެވެ. 2027 ވަނަ އަހަރުގެ ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް ގެ […]