ބަންގްލާދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވާކަން އިއުލާން ކުރައްވައިފިއެވެ. ޝަހާބުއްދީން އަކީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ދާދި ފަހުން ހަސީނާ ވަނީ އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވީނަމަވެސް ގައުމަށް އެނބުރި ވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައެވެ.
ޝެއިޚް ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ އޭނާގެ ސަރުކާރާ ދެކޮޅަށް 2024ވަނަ އަހަރު ކިޔަވާ ކުދިން ކުރިޔަށް ގެންދިޔަ މުޒާހަރާތައް މަތަކުރުމަށް ސިފައިންލައްވާ ބާރުގެ ބޭނުން ކޮށް ސަތޭކަޔަށްވުރެގިނަ ކުދިން މަރުވެފައި ވުމުގެ ސަބަބުންނެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މީޑިޔާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ޝަހާބުއްދީން އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާނީ ތައިލަންޑަށް ކުރައްވާ ދަތުރުފުޅެއްގައި ހުންނެވި މަޖިލީހުގެ ރައީސް ހާފިޒުއްދީން އަހުމަދު ހުކުރު ދުވަހު އެނބުރި ގައުމަށް ވަޑައިގެންނެވުމުން މަޖިލީހުގެ ރައީސް އަށެވެ.އޭނާ ތައިލަންޑަށް ވަޑައިގެންނެވީ ބޭސް ފަރުވާ އަށް ކަމަށާ ނަމަވެސް ދަތުރު ކުރު ކޮށްލެއްވުމަށް ފަހު ވަޑައިގަންނަނީ ކަމަށް އޮފިޝަލް މައުލޫމާތު ދީފައި ވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ރައީސް ޝަހާބުއްދީން އިސްތިއުފާދެއްވާ ސަބަބެއްކަމަށް ވިދާޅުވެފައިވަނީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ.
ޝެއިހް ހަސީނާގެ ސަރުކާރު 2024 ވަނަ އަހަރު ވެއްޓުމާއި ގުޅިގެން އަމިއްލަޔަށް އަރުވާލެއްވިގެން އުޅުއްވަމުން ގެންދަވަނީ އިންޑިޔާގައެވެ.
![]()
