އަހަރެންގެ ކޮއްކޮ ވަނެއްސާގެ 8 އަހަރުގެ އަންހެން ދަރިފުޅު ހޮސްޕިޓަލްގައި އޮވެ މަރުވަމުންދާތީ އޭނާއަށް 127 ފަހަރު ގުޅިއިރު އޭނާ އެންމެ ކޯލްއެއްވެސް ނުނެގިއެވެ. ފަހުނޭވާތައް ގުނަމުން ގެންދިޔަ ކުޑަކުޑަ ސޯފީ ސަލާމަތްކުރެވޭތޯ ޑޮކްޓަރުން އަވަސް އަވަހަށް އެކި ކަންތައް ކުރަމުން ދިޔައިރު އޭނާގެ އަތުގައި ހިފަހައްޓާލައިގެން އެނދު ކައިރީ އިނީ އަހަރެންނެވެ.
0
އެންމެ ފަހުވަގުތު ވެސް މަޑު މަޑުން ސޯފީ ސުވާލު ކުރަމުންގެންދިޔައެވެ.“މަންމަ އަންނަނާނެ ހެއްޔެވެ.؟“
ސޯފީ މަރުވެ، ކުޑަކުޑަ ހަށިގަނޑު އެމްބިއުލައިންސްގައި ސަހަރާއަށް ގެންދަން ތައްޔާރުވަމުން ދަނިކޮށް ވަނެއްސާ ތެޅެތެޅެމުން ހޮސްޕިޓަލް އަށް ދިޔައެވެ. ހުރީ އަވިދޭ ތަނެއްގައި ޗުއްޓީ ހޭދަ ކޮށްލުމުން ވާގޮތަށް ހަންގަނޑު އަދާލާފައެވެ. އޭނަކައިރީގައި ހުރީ އަހަރެންގެ ފިރިމީހާ ޑެނިއަލް އެވެ. ދެމީހުން ކޮއްޕަމުން އައީ އެއްކަހަލަ ދެ ސޫޓްކޭހެވެ. ޑެނިއަލްވެސް ހުރީ ހަމަ ވަނެއްސާ ގޮތަށް އަނދާލާފައެވެ.
ދެމީހުން އައީ އެއްތަނެއްގައި ހޮލިޑޭ ހަދާލާފައިކަން ރީތިކޮން ހާމަވެއެވެ.
ވަނެއްސާ އައި ގޮތަށް އައިސް ސޯފީ ކޮބާތޯ ސުވާލު ކުރިއެވެ. ”ސަންދޯކުގެ އެތެރޭގައި އެޔޮތީއެވެ“ އަހަރެން ބުނީމެވެ. އެވަގުތު ވަނެއްސާގެ އަނގަ ހުޅުވިގެން ދިޔައެވެ.
އަހަރެން އެދެމީހުންނާ ދިމާލަށް ހަޅޭއްލަވާފާނެ ކަމަށް ބަލާ ޑެނިއަލް ކުއްލިއަކަށް މަށާ ވަނެއްސާ އާއި ދެމެދަށް ވަނުމަށްފަހު ބުންޏެވެ. ”މިތަނުގައި ހަޅޭއް ލަވަން ނުފައްޓައްޗެވެ.“
މަންމަ އަންނާނެތޯ ވޭނާއެކު ސޯފީ ފަހުވަގުތުވެސް ސުވާލު ކުރަމުން ގެންދިޔަ ގޮތުގެ ވާހަކަ ދައްކާލަން އެންމެ އެކަށީގެންވަނީ ކޮންތަނެއްގައިތޯ ސުވާލުކުރަން އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ރޯން އިރުކޮޅަކު އިނުމަށްފަހު އަހަރެން ވަނެއްސާއަށް ބުނީމެވެ. ”ކަލޭގެ ދަރިފުޅު ފުރަތަމަ ވަޅުލާށެވެ. އޭގެ ފަހުގައި ތިޔަ ދެމީހުން ވަޅުލަން ތިޔައުޅޭ ކަންތަކުގެ ވާހަކަ ދައްކާނީ އެވެ.“
ކުޑަކުޑަ ސޯފީ ސްކޫލްގައި ހުއްޓައި ހޭނެތިގެން ވެއްޓުނީ އެވެ.ކުރިން ސުރެވެސް އޭނާގެ ހުންނަ ހިތުގެ ބައްޔެއްގެ ސަބަބުންނެވެ. ސޮފީގެ ބައްޔާމެދުވެސް ވަނެއްސާ އެއްވެސް ވަރަކަށް ސީރިއަސްކޮން ނުބަލައެވެ. އޭނާބަލަނީ އެއީ އޭނާގެ އުފާތަކަށް ހުރަސް އެޅުމަށް ކުރިމަތިވި ކަމެއްގެ ގޮތުގައެވެ.ސޯފީ ހޮސްޕިޓަލަށް ގެންގޮސް ބޭސްދޭންޖެހޭ ޝެޑިއުލްތައް ހިތުދަސްކޮށް ހަދަނީ އަހަރެންނެވެ. އަދި ސަރޖަރީތައް ހަދާ ރަގަޅު ވަމުން އަންނަ އިރު ކައިރީގައި އިންނަނީ ވެސް އަހަރެންނެވެ.
އެންމެ ފަހު ފަހަރަށް ހޮސްޕިޓަލަށް ގެންދިޔަ ދުވަހުވެސް ސޯފީ ގޮވައިގެން ދިޔައީ އަހަރެންނެވެ. މަންމަ އާއި ގުޅަން އުޅެނުގުޅިގެން ސްކޫލުން އަހަރެންނަށް ގުޅުމުންނެވެ. ވަނެއްސާ ވީތަނެއް އިނގޭ މީހަކު ނެތެވެ. ހޮސްޕިޓަލުން އޭނާއަށް 59 ފަހަރު ގުޅިއެވެ.އަހަރެން 68 ފަހަރު ގުޅީމެވެ.ޓެކްސްޓް މެސެޖްތައް ފޮނުވަމުން ގެންދިޔައިމެވެ.ހުރިހާ މެސެޖެއްވެސް ޑެލިވަރ ވެއެވެ.އެންމެ ފަހު މެސެޖް ގައި އަހަރެން ބުނީމެވެ.“ދެން އެއްގަޑިއިރު ވަންދެންވެސް ސޯފީ ދުނިޔޭގައި ނޯވެދާނެއެވެ.“ ވަނެއްސާ ޖަވާބެއް ނުދެއެވެ.އަހަރެން ސޯފީ އެކަނިވިޔަކަ ނުދެމެވެ. އަތުގައި ހިފާލައިގެން ކައިރީގައި އިންއިރު އެންމެ ފަހު ބަހަކަށްވެސް ސޯފީ ބުނީ އެއްޗަކީ ”މަރުވެދާނެތީ ސޯފީ ބިރެއްނުގަނެޔޭ މަންމަ ކައިރީ ބުނެދެއްޗެވެ.“
އަހަރުމެންގެ ބައްޕަ ސޯފީ ދެކެ ވަރަށް ލޯބިވާނެއެވެ. ސޯފީ ގެ ހިތުގެ ބައްޔެއް ހުރިކަން އިނގުނު ހަމައިން އޭނާގެ ފަރުވާ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިއުމަށްޓަކާ ޚާއްސަ ފެމިލީ ފަންޑެއް ހެދިއެވެ. އަދި އެފަންޑު ބެލެހެއްޓުން އަހަރެންނާ ހަވާލު ކުރިއެވެ. ވަނެއްސާ އަކީ ވެސް އިސްމެމްބަރަކަށް ހެދިއިރު ފައިސާ އާއި ބެހޭ މެނޭޖަރަކަށް ހެދީ ޑެނިއަލް އެވެ.
އަހަރެން ފެމިލީ ބިޒްނަސްއާއި ގުޅުމުގެ ކުރިން 12 އަހަރުވަންދެން މަސައްކަތް ކުރީ ފޮރެންސިކް އެނަލިސްޓަކަށެވެ.އެހެން ކަމުން މީހުން ފޮރުވާކަންކަން ހޯދަން އަހަރެން ވަރަށް މޮޅުވާނެއެވެ.
ވަނެއްސާ އަބަދުވެސް ދެކެނީ އަހަރެންނަކީ ބަލިކަށި، އެހެންމީހުން ކުރާކުށް ތައް ފޫބައްދަން ހުންނަ މީހެއްގެ ގޮތުގައެވެ.އެމީހުންނަށް ނޭގުނު އެއްޗަކީ އެމީހުން ހިންގި ހުރިހާ ޓްރާންސެކްޝަން ތަކެއްގެ ތަފްސީލް އަހަރެންނަށް އިނގޭކަމެއްވެ.
ވަނެއްސާއީ ޑެނިއަލްގެ ސިއްރު ލޯބީގެ ގުޅުމުގައި ކުރާ ޚަރަދުތައް ކުރަމުން ގެންދަނީ ޑެނިއަލްގެ އަމިއްލަ އެކައުންޓުން ނެއް ނޫނެވެ. ސޯފީ އަށް ޓަކާ ބައްޕަ ހަދާދިން ފެމިލީ ޓްރަސްޓް ފަންޑަށް ހެޔޮއެދޭ ފަރާތްތަކުން ފޮނުވާފައި ހުރި ޑޮނޭޝަން ތަކުންނެވެ. އެންމެ ފަހުން ކޮށްފައި ހުރި ޚަރަދު ތަކުގެ ތެރޭގައި އެއާލައިން ޓިކެޓް ތަކާއި ރިސޯޓް ބުކިންގ އަދި ޕްރައިވެޓް ބޯޓެއް ކުއްޔަށް ހިފުން ހިމެނެއެވެ.އެންމެ ފަހުގެ ޚަރަދުތައް ކޮށްފައިވަނީ ސޯފީގެ ސްކޫލުން އިމަޖެންސީ މެސެޖްތައް ފޮނުވިފަހުން އެއަށް ޖަވާބު ނުދީއެވެ.
ސަހަރާއަށް ދިއުމަށްފަހު ވަނެއްސާގެ ޑްރާމާ ފެއްޓިއެވެ. ނުވެސް ދަންނަ މީހުންގެ ކޮނޑުމައްޗަށް ވެއްޓިގަނެގެން ރޯއިރު ހީވަނީ ހަމަ ހަގީގަތުގައިވެސް ދެރަވެގެން ރޯހެނެވެ.އަދި ތިމަންނަ ހުރީ މިޚަބަރު ލިބިގެން ޝޮކްގަ ކަމަށާ ރަގަޅަށް ވިސްނަންވެސް ނޭގުނީ ކަމަށް ބުނަމުން ގެންދިޔައެވެ.
ފަހުން އަހަރެން އެކަނި ތަނެއްގައި ހުއްޓާ ވަނެއްސާ އައިސް އަހަރެންނަށް އިންޒާރުގެ ރާގަކަށް ވާހަކަ ދެއްކިއެވެ. ”ކަލޭގެ ކައިވެނި ރޫޅުނީއޭކިޔައިގެން ޑްރާމާ ޖައްސަން ސޯފީގެ ޖަނާޒާ ބޭނުން ކޮށްގެން ނުވާނެއެވެ.“
”މަގޭ ކައިވެންޏޭ“ މަށަށް ފާޑަކަށް ބުނެލެވުނެވެ. ކައިވެންޏަކީ މިވަގުތު އަހަރެންގެ ހިތުގައި އޮތް ކަންބޮޑުވުމެއްނޫނެވެ. އެއަށްވުރެ އަހަރެން ހުރީ ހިތާމައިން ފޯވެފައެވެ.އެވަގުތު އެތަނަށް ޑެނިއަލްވެސް އައެވެ.އަދި ބުންޏެވެ.“އެމާއެވެ. އަހަރުންނަށް މިސްޓޭކް އެއް ހެދުނީ އެވެ. ދެމީހުން އެކުގައި ކުރީ އެންމެ ދަތުރެކެވެ.“ އަހަރެންނަށް އަނގަމަޑުން ލައިގެން ނުހުރެވުނެވެ.އަދި ބުނީމެވެ.“އަދި ނިދީ ހޮޓަލެއްގެ އެންމެ ކޮޓަރިއެއްގައި ދޯއެވެ.“ މިއަށް ވަނެއްސާ ބުންޏެވެ. “ ކަލޭ ތީ އަބަދުވެސް އަހަރެން ދެކެ ޖެލަސް ވެފަ ހުންނަ މީހެކެވެ.“ އަހަރެންނަށް ބާރަށް ހީނުގެނެވުނީ ކިރިޔާއެވެ.
ސޯފީ އަށް އެންމެ ރީތި ޕަރޕްލް ކުލައިގެ ރިބަން ފަށެއް އޭރުވެސް އަހަރެންގެ އަތުގައި އޮލާލާފައި އޮތެވެ. ޑެނިއަލް އިސްޖަހާލުމަށްފަހު ބުންޏެވެ. ”މިކަން ހައްލު ކުރަން ޖެހޭނީ ޕްރައިވެޓް ކޮންނެވެ.ބައެއްގެ ރެޕިއުޓޭޝަން މިކަމުގައި ހިމެނޭތީއެވެ.“
ކަން އޮތް ގޮތް ސީދާ އެބުނީއެވެ. ބޭވަފާތެރި ވީތީ ދެރަވެ މައާފަށް އެދޭކަށް ބޭނުމެއް ނުވެއެވެ.ބައެއްގެ ލާރިގަނޑު ކާލީތީ އެކަމާވެސް ޑަރުވެސް ހިއެއްނުވެއެވެ. ހަމަ އެކަނި ބޭނުންވަނީ ”ރިސްކް“ މެނޭޖް ކުރާށެވެ. އެމީހުނަށް ލިބިދާނެ ގެއްލުން ކުޑަކުރާށެވެ.
އެވަގުތު އަހަރެންގެ ފޯނުން އެއްޗެއް ޕްލޭ ކޮށްލުމަށްފަހު ކައުންޓަރު މަތީގައިބޭއްވީމެވެ. ވަނެއްސާގެ އަޑު ސާފު ކޮން އިވެއެވެ. ”އެމާ ތިވަރަށް ޕެނިކް ނުކޮށްބަލާށެވެ.ސޯފީ އަކީ އަބަދުވެސް ޑްރާމާ ކުޅޭ ހިއްވާ ކުއްޖެކެވެ.އަހަރެން މިހާރު މިއަރަނީ ބޯޓަކަށެވެ. ކަލޭ ތިޔަކަންތައް ހެޑްލް ކުރާށެވެ.“ ރިކޯޑިންގ ނިމުނީ 2:14 ގައެވެ. ސޯފީ މަރުވީ 2:31 ގައެވެ. ރިކޯޑިންގ އަޑު އިއްވުމުން ވަނެއްސާ ގެ މޫނުގެ ކުލަވަރު ހުދުވެގެން ދިޔައެވެ.އަދި އޭނާގެ އަޑު ރިކޯޑް ކުރީތޯ އަހާފަ ރުޅިއައިސްގެން އަހަރެންނާ ދިމާލަށް ފުންމައިގެން އައެވެ.“އާއެކެވެ.ކަލެއަށް އޮޅިގެން ނެގުނު އެންމެ ކޯލް އެކެވެ.ކަލޭގެ ދަރިފުޅު މަރުވުމުގެ ސަތާރަ މިނިޓް ކުރިންނެވެ.“ އެވަގުތު ޑެނިއަލް އަހަރެންގެ ފޯނު ޖަހައިގަންނަން އުޅުނެވެ. ނަމަވެސް އަހަރެން އެއަށްވުރެ ކުރިން ފޯނު ނެގީމެވެ.
ފައިސާ އަށް އެމީހުން ހެދިގޮތް އަހަރެންނަށް އެގޭ ކަމަށް ބުނުމުގެ ކުރިން ޑެނިއަލް ހުރީ ބޯތިރިކުރާގޮތަކަށް ނޫނެވެ. ނުވަ މަސްދުވަހުގެ ތެރޭގައި ފޯލްސް އިންވޮއިސްތައްހަދާ 48000ޑޮލަރު އެމީހުން ނަގާފައި ވެއެވެ. އަދި އެންމެ ފަހުން މިހާރު ސިއްރުން މިކުރި ދަތުރަށްވެސް އެތައްހާސް ޑޮލަރެއްވަނީ ހޭދަކޮށްފައެވެ.
ވަނެއްސާ ބުންޏެވެ. ”ފައުންޑޭޝަން ނިސްބަތްވަނީ ފެމިލީ އަށެވެ.“ އަހަރެން ބުނީމެވެ.“ނޫނެކެވެ. އެފައިސާއަކީ ބަލި ކުދިންނަށް އެހީވާން މީހުން ޑޮނޭޓް ކުރި ފައިސާއެވެ.“
”ކަލޭ ދައްކާވާހަކަ ގަބޫލު ކުރާނީ ކާކު ހެއްޔެވެ.މާލީ ހިސާބުތައް ބަލަހައްޓަނީ ޑެނިއަލް ނޫން ހެއްޔެވެ.“
”ޑެނިއަލް ވަޒީފާއަދާކުރާ ކުންފުނި ކޮންޓްރޯލް ކުރަނީ އަހަރެން ކަން ހަނދާން ނެތުނީ ހެއްޔެވެ.“ ބައްޕަވަނީ ކުންފުނީގެ 51 ހިއްސާ އަހަރެންގެ ނަންމަތީގައި ބާއްވާފައެވެ.
ސަހަރާގައި ތިބެ ވަނެއްސާއާއި ޑެނިއަލް މީހުންގެ ތައުޒިޔާ ބަލައިގަންނަމުން ދިޔައިރު، މިނިވަން އޮޑިޓް ޓީމެއްވަނީ ކުންފުނީގެ ހެޑް ކުއާޓަރަށް ވަދެ މަސައްކަތް ފަށާފައެވެ. އަހަރެންގެ އަމުރަށެވެ. ފުރަތަމަ ޑެނިއަލް އަށް އެއްވެސް އެކައުންޓަކަށް ނުވަދެވޭ ގޮތް ހެދިއެވެ. ވަނެއްސާގެ ކާޑުތައް ކެންސަލް ކުރިއެވެ.އޭގެ މާގިނަ އިރެއްނުވެ އެމީހުން ސިއްރުން ކޮށްފައިވާ މުއާމަލާތުތަކުގެ ބޭންކް ރިކޯޑްތަކާއި އިންވޮއިސްތަކާއި ރިޒަވޭޝަން ތަފްސީލް ތަކާއި ސަރވާ ލޮގްތައް ހިމެނޭ، ބަންދު ކޮށްފައިވާ ބޮޑުސިޓީ އުރައެއް ކުންފުނީގެ ބޯޑަށް ފޮނުވާފައި ވެއެވެ. މިތަފްސީލްތަކުން ހާމަވެފައިވާ ގޮތުގައި ސޯފީގެ ސަންދޯއް ކައިރީ ހުރެގެންވެސް ބައެއް ފައިލްތައް ޑިލީޓް ކުރަން ޑެނިއަލް މަސައްކަތް ކޮށްފައި ވެއެވެ.
ފަހުން ސަހަރާތެރޭން ތިންމީހުން ބައްދަލްވެ، އަހަރެން މިވާހަކަ ދައްކަން ފެށުމުން ޑެނިއަލް އަހަރެންނަށް އަނިޔާ ކުރުމުގެ ގޮތުން ވަރަށް ބާރަށް އަހަރެންގެ އަތުގެ މަތީބައިގައި ހިފިއެވެ. ނަމަވެސް އެވަގުތު ކުއްލިއަކަށް އެތަނަށް ވަނީ ފުލުހުންގެ ދެއޮފިސަރުންނެވެ.ފަހަތުގައި އަހަރެންގެ ވަކީލް ހުއްޓެވެ. އެމީހުން އައި ގޮތަށް އައިސް އަހަރެންގެ އަތުން ދޫކުރުމަށް އަމުރު ކުރިއެވެ.
މިމީހުންގެ ކަންތައް ވަންހަނާކޮށްފައި ބާއްވާކަށް އަހަރެން ގަސްތެއް ނުކުރަމެވެ.އެހެންވެ ދިޔަގޮތަށް ގޮސް ޖަނާޒާގައި ހެޔޮއެދޭ އެކިމީހުން ވާހަކަ ދެއްކުމަށް ބަހައްޓާފައިވާ މައިކް އަތަށް ނެގުމުން ވަނެއްސާ އަހަރެން ހުއްޓުވަން އުޅުނެވެ. ނަމަވެސް އެތާތިބި ފުލުހުން އެކަން މަނާކުރީއެވެ.
އަހަރެން ފުރަތަމަ ވާހަކަ އެއްނުދައްކަމެވެ. ޑެނިއަލް ގެ އަޑުކޮޅެއް އެއްވެފައިވާ މީހުންނަށް އިއްވާލީމެވެ. ”ސޯފީ އަށް ދެން އަންނަ ފަންޑް ރެއިސަރ އިން 20ހާސް ޑޮލަރު ވެންޑަރ އެކައުންޓަށް ލާށެވެ. އެމާ(އަހަރެން) އަކަށް ނޭގޭނެއެވެ.“ އެއްވެފަ ތިބި އެންމެން ހައިރާވެ އަހަރުންނާ ދިމާލަށް އެނބުރުނެވެ. ނަމަވެސް އަހަރެން ކެތްތެރިވެ އެހާހަމައިން ނިންމާލީއެވެ.
އަހަރެން ބޭނުންނަމަ ސޯފީ މަރުވަމުން ދިޔައިރު އޭނާގެ މަންމަ އުޅުނީ އޭނާގެ ދައްތަ(އަހަރެންގެ) ފިރިމީހާއާއި އެކު ޕްރައިވެޓް ޔޮޓެއްގައި ލޯބީގެ ކަނޑަކަށް ގަރަގު ވެގެން ކަމަށް ބުނެވިދާނެއެވެ. ސޯފީ ރޮއިރޮއި އޮތީ މަންމަ އައުމުގެ އިންތިޒާރުގައި ކަމަށް ބުނެވިދާނެއެވެ. އަދި އެމީހުން ވަގަށް ނެގީ ސޯފީ އާއި އެހެންވެސް އެފަދަ ކުދިންނަށް ފަރުވާކުރުމަށް އެއްކޮށްފައި ހުރި ފައިސާ ކަމަށްވެސް ބުނެވުނީހެވެ.
ޑެނިއެލް އެވަގުތު ކުއްލިއަކަށް މާއޯގާތެރި އަޑަކުން، އަމިއްލަ ގޭގައި އަމިއްލަ ކޮޓަރީގަ ތިބެވާހަކަ ދައްކާ ގޮތަށް ބުނެޏެވެ. ”އެމާއެވެ. އަހަރުން ނަށް މިކަންތައް މާޒީއަށް ދޫކޮށްލެވިދާނެއެވެ.އަހަރެން އަދިވެސް އެމާދެކެ ލޯބިވެއެވެ.“ އެވަގުތު،މީގެ 12 އަހަރު ކުރިން ނުހަނު ލޯބިން އަހަރެން ކައިވެނި ކުރި މީހާއާއި ދިމާލަށް ފޫހިކަމާއި އެކު ބަލާލުމަށްފަހު އަހަރެން ބުނީމެވެ. ”މިއަދު ހެނދުނު 9 ޖެހިއިރު ވަކީލު ލައްވާ އަހަރެން ވާނީ ވަރިވާން ކޯޓަށް ހުށައަޅާފައެވެ.“ އޭނަ ރުޅި އައިސްފައި ބުންޏެވެ. ”ކަލެޔަށް އަހަރުންގެ ގެ އަތުލުމުގެ ހައްގެއް ނޯންނާނެއެވެ.“
”އެގެއަކީ ކައިވެނީގެ ކުރިންވެސް އަހަރެންގެ އަމިއްލަ ގެއެކެވެ.“ އަހަރެން ބުނީމެވެ.
”އަހަރެންގެ ވަޒީފާއޯ؟“ އޭނާ ސުވާލު ކުރިއެވެ.
”މީގެ ވިހިމިނެޓް ކުރިން ބޯޑުގެ އިއްތިފާގުން ޑެނިއަލް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.“ އަހަރެން ބުނީމެވެ.
ޑެނިއަލް އާއި ވަނެއްސާގެ މައްޗަށް ވަނީ ފްރޯޑް، ފައިސާއަށް ޚިޔާނާތްތެރިވުން ، ނުބައި ރޭވުންތައްރޭވުން އަދި މާލީ ރިކޯޑްތައް ނައްތާލުމުގެ ދައުވާ ކޮށް ހައްގު އަދަބު ދީފައެވެ. އަދި ޚިޔާނާތްތެރިވި ފައިސާ ހޯދާނެގޮތްތައް ހަމަ ޖައްސާދީފައެވެ.
އެމީހުން ވަގަށް ނެގި ފައިސާ އަތުލެވުނު ނަމަވެސް ސޯފީ އަތުން އަތުލި އެއްޗެތި ހޯދާނީ ކިހިނެއް ހެއްޔެވެ.ސޯފީ ކުރި އިންތިޒާރުގެ އަގު ފައިސާއަކުން ނުމިނޭނެއެވެ.
އަހަރެންހީކުރި ވަރަށް ވުރެބޮޑަށް ސޯފީ އަށް ވިސްނެއެވެ. އޭނާހޮސްޕިޓަލަށް ގެންދިޔަ ދަބަސް އަހަރެން ސޯފީމަރުވިތާ ހަފްތާތަކެއް ފަހުން ހުވާލިއިރު އޭގައި ކުރެހުމެއް ވެއެވެ.އޭގައިވަނީ ސޯފީ އާއި އާންޓް އެމާއެވެ.(މަށެވެ.) ދެން ވަނީ ކުޑަކުދިންގެ ކާޑިއެކްވޯޑުން އޭނާގެންގުޅެން ދީފައިވާ ބުޅާ ގްރޭސް އެވެ. އޭނާގެ މަންމަ ވަނެއްސާ ކުރެހުމަކު ނެތެވެ. ކުރެހުމުގެ ތިރީގައި ސޯފީ ލިޔެލާފައި ވެއެވެ. ”ސޯފީ ކައިރީ އަބަދުވެސް ހުންނާނީ އާންޓް އެމާ އެވެ.“ އަހަރެންނަށް ރޮވުނު ވަރުން ނޭވާލާންވެސް އުނދަގޫ ވިއެވެ. ޖަވާބު ދޭނީ ކާކުކަން ސޯފީ އަށް އަބަދުވެސް އެނގެއެވެ. އެންމެ ފަހު ވަގުތުވެސް ސޯފީ އުންމީދުކުރީ މަންމަ ބަދަލު ވެދާނެކަމަށެވެ.
ސޯފީ މަރުވިތާ ހަތްމަސް ފަހުން އައު ނަމެއްގައި އަހަރެން އަލުން ފަންޑް ހުޅުވީމެވެ. މިފަހަރު ކީނަމަކީ ”ސޯފީސް ހާޓް“ ނުވަތަ ސޯފީގެ ހިތެވެ.
”ސޯފީސް ހާޓް“ ގެ ފަރާތުން ހަމަޖައްސާދޭ ކަންތަކުގެ ތެރޭގައި ކުޑަކުދިންގެ ހިތުގެ މައްސަލަ ތަކުގައި އިމަރޖެންސީ ކޭސްތަކުގެ ޚަރަދު ދިނުމާއި، ދުރުން އަންނަ ބެލެނިވެރިންނަށް ތިބުމުގެ ޚަރަދު ދިނުމާއި އަދި 24 ގަޑިއިރު ޖަވާބު ދޭނެ ރެސްޕޮންސް ޓީމެއް ގަވާއިދުން ބޭތިއްބުމެވެ. ބޮޑުމީހަކު ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން އެއްވެސް ކުއްޖަކު ވޭނުގައި އުޅެން ނުޖެހޭނެކަން އަހަރެން ޔަގީން ކުރީމެވެ.
އައު އޮފީހުގެ ދޮރުމަތީގައި އަހަރެން ސޯފީގެ ބޮޑު ފޮޓޯ އެއްބެހެއްޓީމެވެ.އަދި ފޮޓޯގެ ތިރީގައި ލިއުނީމެވެ. ”ޖަވާބުދޭނެ މީހަކު ހުރުން ހަމަ ކޮންމެ ކުއްޖަކަށްވެސް މުހިންމެވެ.“
”ސޯފީސް ހާޓް“ގެ ފަރާތުން ފުރަތަމަ އެހީވެފައިވަނީ އިމަޖެންސީކޮށް ހިތުގެ ސަރޖަރީ ހަދަންޖެހޭ، އެހެން ސްޓޭޓަކުން އެހީއަށް އެދުނު 7 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. ފަހުން އެކުއްޖާގެ މަންމަ ޝުކުރު އަދާކުރަން އަހަރެންނާއި ގުޅާފައި ބުންޏެވެ. ”އަހަރެންނަށް މިވަގުތު ކުރެވޭ އިހުސާސްތައް ބުނެދޭން ނުވެސް އެނގެއެވެ.“ އެކަމަކު އެއިހުސާސްތައް އަހަރެނަށް ވަރަށް ރަނގަޅަށް އެނގެއެވެ. މަރުވަމުންދާއިރު ވާނުވާ ނޭގި ބިރުން އޮންނަ 8 އަހަރުގެ ކުއްޖެއްގެ އިހުސާސްތައް ވަރަށް ރަގަޅަށް އަހަރެންނަށް އެނގެއެވެ.އަދި އަންނާނެކަން ނޭނގޭ މީހަކަށް އިންތިޒާރު ކުރުމަކީ ކޮބައި ކަންވެސް އަހަރެންނަށް އެގެއެވެ.
(ނިމުނީ)
![]()
