2019 ވަނަ އަހަރު ސްރީލަންކާ ގައި ހިންގި ބޮންގޮއްވުމުގެ ހާދިސާ ހުއްޓުވުމުގައި ފޭއިލް ވެފައިވާތީ ސަރުކާރުގެ ކުރީގެ އިސް ދެއޮފިޝަލުން ގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ. ސްރީލަންކާގައި ފާހަގަކުރާ ދީނީ އިހުތިފާލެއް ކަމަށްވާ އީސްޓަރ ސަންޑޭ ކުރިއަށް ދަނިކޮށް އެތައް ތަނެއްގައި އެއްފަހަރާ ބޮން ގޮއްވުމުގެ ސަބަބުން 260 މީހުން މަރުވެފައި ވެއެވެ. މިކަމުގައި ބައިވެރިވާކަމަށްބަލާ ކޮލޮމްބޯ ޕަރމަނަންޓް ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ ކުރީގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ޕުޖީތު ޖަޔަސުންދަރާ އާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ހޭމަސިރީ ފަރނާންޑޯ ގެ މައްޗަށެވެ. މިދެބޭފުޅުން ކުށްވެރިވެފައިވަނީ ހަމަލާތަކުގެ އިންޓެލިޖަންސް މައުލޫމާތު ހަމަލާގެ ކުރިން ލިބިފައި ވީނަމަވެސް އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްފައި ނުވާތީކަމަށް ބުނެއެވެ.
ތިންފަޑިޔާރުގެ ތެރެއިން ދެފަޑިޔާރުން ނިންމާފައިވަނީ މިއޮފިޝަލުންގެ ޑިއުޓީ އަދާކޮށްފައިނުވާކަމަށެވެ.އަދި މިކަމުގެ ސަބަބުން އެތައްބަޔަކު މަރުވެފައިވާތީ އެކަމުގެ ޒިންމާ އޮފިޝަލުން އުފުލަން ޖެހޭނެ ކަމަސް ނިންމާފައިވެއެވެ.
2019 ވަނަ އަހަރުގެ އެޕްރިލް މަހުގެ 21 ވަނަ ދުވަހު ބައެއްފައްޅިއާއި ލަގްޒަރީ ހޮޓާތަކަކަށް އެކުއެކުގައި ދިން ބޮމުގެ ހަމަލާ ތަކުގައި 260 މީހުން މަރުވިއިރު އެތައްސަތޭކަ މީހުންނަށް ބޮޑެތި އަނިޔާތައްވެސް ލިބިފައި ވެއެވެ. މީގެ ތެރޭގައި ޓުއަރިސްޓިންވެސް ހިމެނެއެވެ.
ކޯޓުގެ ހުކުމާއި ގުޅިގެން ދެއޮޝިލުން ވަނީ ހުކުރު ދުވަހު ޖަލަށް ގެންގޮސްފައެވެ
![]()
