ފައިބުރިކޮށްލުމުގެ ސަބަބުން އަހަރެންގެ ހަޔާތަށް ކުރިއެރުންތަކެއް ލިބުނު: ދުނިޔޭގެ ސަރފިންގ ޗެމްޕިއަނެއް

Loading

Facebook
Twitter
WhatsApp

ޓީނޭޖް އުމުރުގައި އެއްފައި ބުރިކޮށްލަން ޖެހުމުގެ ސަބަބުން އޭނާގެ ހަޔާތަށް ކުރިއެރުންތަކެއް ލިބުނު ކަމަށް ސަރފިންގެ ދުނިޔޭގައި ހަތަރުފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ލޫވެލީން ވިލިއަމްސް ބުނެފިއެވެ. 2011 ވަނަ އަހަރު ކާރަކުން ޖެހި ހިނގި އެކްސީޑެންޓަށް ފަހު ރަނގަޅު ވަމުން އައި ދުވަސްތަކުގައި ސަރފިންގ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.


އުމުރުން 16 އަހަރުގައި ސްކޭޓް ކުރަން އުޅެނިކޮށް ކާރަކުންޖެހި އެކްސީޑެންޓް ވީއިރުވެސް ސަރފް ކުރުމަކީ އޭނަދެކެމުން އައި ހުވަފެނެއް ކަމަށް ލޫވެލީން ބުނެފައި ވެއެވެ.އެކްސީޑެންޓަށްފަހު ހޭނެތި ކޯމާއެއްގައި އޮތުމަށްފަހު ހޭއަރަމުން އައި އިރުވެސް ފިލްމް ތަކުގައި ފެންނަ ގޮތަށް ގަދައައްޔެއްގެ ކުރިމަތިން އޭއަށް ފެނުނީ ސަރފް ބޯޑެއް ކަމަށް ވޭލްސް އަށް ނިސްބަތްވާ ޒުވާނާ ބުނެފައި ވެއެވެ.
ހޮސްޕިޓަލް އެނދުގައި އޮތް އިރު ކުރަން ބޭނުންވަނީ ކޮންކަމެއްތޯ ރައްޓެކި ކުއްޖަކު އެހުމުން އޭނާ ބުނެފައިވަނީ ބޭނުންވަނީ އޮސްޓްރޭލިޔާއަށް ގޮސް ސަރފް ކުރަން ކަމުގައެވެ. އަދި ސަރފް ބޯޑް ހިފައިގެން މޫދަށް ފޭބުމާއި އެކު އޭނާއަށް އިހުސާސްވީ އަލުން ދުނިޔެއަށް އުފަންވި ގޮތަށް ކަމުގައިވެސް ލޫވެލީން ބުނެފައި ވެއެވެ.
ފައިބުރިކުރަން ޖެހުނީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވޭނެ އެހެން ގޮތެއް ނެތް ކަމަށް ޑޮކްޓަރުން ބުނެގެން ކަމަށް ލޫވެލިންގެ މަންމަ އޭރިއަން ބުނެފައި ވެއެވެ. އޮޕަރޭޝަނަށްފަހު އޭނާގެ ރަހުމަތްތެރިން އުފުލާލައިގެން މޫދަށް ގެންދިޔަ ވަގުތަކީ ވަރަށް އަސަރުން ފުރިފައިވާ ވަގުތު ކޮޅެއްކަމަށް މަންމަ ބުނެފައި ވެއެވެ.އެއްފައިމައްޗަށް ނަމަވެސް ސަރފް ބޯޑް މައްޗަށް ތެދުވެ ފުރަތަމަ ރާޅުގައި އަޅުވާލެވުނު ހަމައިންވެސް އޭނާމިކަމުގައި ވަރަށް ކުރިޔަށް ދާނެކަން ހާމަވިކަމަށް ލޫވެލީންގެ މަންމައާއި ބައްޕަ ބުނެފައި ވެއެވެ.
ލޫވެލިން ބުނެފައިވާ ގޮތުގައި އޭނާޔަށް އެންމެ ބޮޑަށް ހިއްވަރުލިބުނީ ކުރިމަތިވާ ހާލަތް ތަކަށް ކެތްތެރިވެ ކުރިޔަށްދާން މަސައްކަތް ކުރަންޖެހޭނެ ކަމަށް ބުނެ އޭނާގެ މައިންބަފައިން ކަންތައް ކުރިގޮތުން ކަމަށް ބުނެފައި ވެއެވެ. ބައްޕަ ބުނި ގޮތުގައި ދަރިފުލަށް ހިއްވަރު ދީނިމުމަށްފަހު ކިތަންމެ ދުވަހަކު ޖެހިގެން ހުރި ކޮޓަރިއަށް ވަދެ ރޮއިފަ ހުންނާނެއެވެ.
ލޫވެލިން ބުނެފައިވާ ގޮތުގައި ހޮސްޕިޓަލުން ދޫކޮށްލުމާއި އެކުވެސް އޭނާގެ ވިސްނުން ހުރީ އޮސްޓްތްރޭލިޔާއަށް ގޮސް ސަރފް ކުރުމަށް ކަމަށް ކަމުގައެވެ.އަދި އެކްސީޑެންޓަށް ދެއަހަރު ފަހުން 2018 ވަނަ އަހަރު ގޭތެރޭގައި ވީލްޗެއާގައި އުޅެމުން އޮސްޓްރޭލިޔާއަށް ދާން ފުރުސަތު ލިބިފައިވާ ކަން އޭނާ އިއުލާން ކުރިއެވެ. ރައްޓެހިންނާއި ހެޔޮއެދޭފަރާތްތަކުގެ އެހީގައި ހަމަޖެހުނު ދަތުރު ގައި ކޭމްޕަރ ވޭންއެއްގައި ސަރފް ކުރެވޭ ތަންތަނާ ކައިރީގައި އަހަރެއްހާ ދުވަހު އުޅެގެން ތަޖްރިބާ ހޯދި ކަމަށް އޭނާ ބުނެފައި ވެއެވެ. މިހާރު އަހަރަކު އެއްފަހަރު ދުނިޔޭގެ މުބާރާތްތަކުގައި ބައިވެރިވުމަށް ދާން ފުރުސަތުލިބޭތީ ވަރަށް އުފާވާ ކަމަށް އޭނާ ބުނެފައި ވެއެވެ.
އެންމެ ފަހުން ލޫވެލީން ކާމިޔާބް ކުރި މުބާރާތަކީ މާރަޗް 2026 ގައި ބޭއްވުނު ބްރައިޓް ސްކައި އެޑޮޕްޓިވް ސަރފިންގ ޗެމްޕިއަންޝިޕް އެވެ.ސަރފް ބޯޑުގައި ކަކޫ ޖަހައިގެން ހުރެ މުބާރާތް ކާމިޔާބް ކުރުމަށްފަހު އޭނާ ވަނީ ފަޚުރުވެރިކަމާއި އެކު އަމިއްލަ ގައުމުގެ ދިދަ، ނިއުސައުތު ވޭލްސްގެ ގޮނޑުދޮށުގައި އުފުލާލާފައެވެ. އޭގެ ފަހުން މަސްނޫއީ ގުނަވަން ޖަހާފައިވާ ފަރާތްތަކުގެ މެދުގައި ހަވާއީގައި މޭމަހު ބޭއްވި، ސަރފިންގ މުބާރާތަކުންވެސް ލޫވެލީން އަށް ވަނީ 3 ވަނަ ލިބިފައެވެ.
ސަރފް ކުރުމުގައި ނޫޅޭ ދުވަސްވަރު ލޫވެލީން މަސައްކަތް ކުރަނީ އޭނާގެ އާއިލާއިން ހިންގާ ކޮންސްޓްރަކްޝަން ބިޒްނަސްގެ ޑިގަރ ޑްރައިވަރ(ކޮންނަ މެޝިން ދުއްވަން) ކަމަށް ވެއެވެ.
ސަރފް ކުރަން ދާދަތުރު ތަކަށް ލޫވެލީން ފައިސާ ހޯދަނީ އަމިއްލަ މަސައްކަތުންނާއި ހެޔޮއެދޭފަރާތްކުން ދޭ އެހީން ކަމަށް އޭނާ ބުނެފައި ވެއެވެ.އަދި އޭނަފަދަ އެހެންވެސް އެޑޮޕްޓިވް ސަރފަރުން ނުވަތަ ކޮންމެވެސް އުނިކަމެއް ހުންނަ ސަރފަރުންގެ ކޮމިޔުނިޓީ އިން ވެދޭ އެހީތެރިކަމާއި ސަޕޯޓަށް އޭނާ ވަރަށް ބޮޑަށް ޝުކުރުވެރި ވެއެވެ.
އެއްފައިމަތީގަ އުޅެމުން ހުރިހާ ކަމެއް ކުރަންވެސް ދަސް ކޮށްފައިވާ ކަމަށާ ވީލްބެރޯ އެއް ހިފައިގެން ދިއުން ނޫން ހުރިހާ ކަމެއް ކުރާކަމަށް ޒާތަކަށް ހީލަމުން އޭނާ ބުނެފައި ވެއެވެ.
ނުކުޅެދޭ މީހަކަށް ވުމުން އޭނާގެ ހަޔާތަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށާ، އެހެންވެސް ނުކުޅެދުންތެރިކަން ހުންނަށް މީހުންނަށްވެސް ކޮންމެކަމެއްވެސް ހާސިލް ކުރުމުގެ ފުރުސަތު އޮތްކަމަށް ގަބޫލު ކުރާކަމަށް އޭނާ ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް