ސްޕޭސް އެކްސްގެ ރޮކެޓެއް މިއަދު ހަނދަށް ވެއްޓިއްޖެ!! ދެން ވާނީ ކިހިނެއް؟

Loading

Facebook
Twitter
WhatsApp

2025 ވަނަ އަހަރު ގެ ޖަނަވަރީމަހު ޖައްވަށް ފޮނުވާލި ސްޕޭސްއެކްސްގެ ރޮކެޓް ފެލްކަން9 ގެ މަތީބައި ޖަށްވަށް ދޫކޮށްލުމުން ޖައްވުގައި އެނބުރުމަށްފަހު މިއަދު، ބުދަދުވަހުގެ ވަގުތެއްގައި ހަނދާ ”ކޮލައިޑް“ ވާނެކަމަށް ނުވަތަ ބާރު ފޯސްއަކާއެކު ހަނދަށް ވެއްޓޭނެ ކަމަށް ސައިންޓިސްޓުން ބުނެފިއެވެ. ސްޕޭސް އެކްސްގެ ރޮކެޓް ނުވަތަ ރޮކެޓްގެ މަތީބައި ޖައްވުގައި އެނބުރިފައިވަނީ ސިކުންތަކު 2.43ކިލޯމީޓަރުގެ ބާރު މިނުގައެވެ.އަދި އެބައިގެ ބަރުދަނުގައި 4000 ކިލޯގްރާމް ހުރިއިރު ފަސްބުރި އިމާރާތެއްހާ ބޮޑު ކަމަށް ވެއެވެ.
އެމެރިކާގެ ސްޕޭސް އޭޖެންސީން ބުނެފައިވަނީ ރޮކެޓް ހަނދަށް ވެއްޓުމުގެ ހާދިސާއިން ދުނިޔެއަށް ނުރައްކަލެއް ނެތް ކަމުގައެވެ.ނަމަވެސް ރޮކެޓް ވެއްޓޭއިރު ހަނދުގެ ސަރފަސް ގައި 56 ފޫޓު ޑައިމީޓަރުގައި ހުންނަވަރުގެ ވަޅުގަނޑެއް ހެދޭނެ ކަމަށް ބެލެވޭ ކަމަށް އެސްޓްރޮނަމަރ ބިލް ގްރޭ ބުނެފައި ވެއެވެ. އަދި މި ހާދިސާގައި ހަނދަށާ އަނދުގެ ވަށައިގެންވާ ޖައްވަށް އަތުވެދާނެ ބަދަލުތައް ތަމްރީން ތަކުގައި ބޭނުން ކުރުމަށްޓަކައި ނާސާއިން ގާތުންބަލާ ރިކޯޑް ކުރަމުން ދާނެ ކަމަށް ނާސާއިންވެސް ބުނެފައި ވެއެވެ.


ސްޕޭސް އެކްސްގެ ރޮކެޓް ފެލްކަން 9 ޖައްވަށް ފޮނުވާލީ އެމެރިކާއާއި ޖަޕާން ގުޅިގެން ހިންގި މިޝަން އެއްގައި ސައިންޓިފިކް އާލާތްތަކެއް ހަނދަށް ގެންދިއުމަށްޓަކައެވެ. ރޮކެޓްގެ އެއްބަޔަކީ ބިމަށް އަނބުރާ އައިސް ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ ބައެއްނަމަވެސް ރޮކެޓް ގެ މަތީބައި ވަނީ ރޮކެޓުންވަކިކޮށް ދޫކޮށްލާފައެވެ.ބުދަދުވަހު މިވެއްޓުނީ މިބައި ކަމަށް ވެއެވެ. ރޮކެޓް ވެއްޓޭނެ ކަމަށް އަންދާޒާ ކުރި ގަޑިއަކީ ޖީ.އެމްޓީ ގަޑިން 6:45 އެވެ.އެއީ ރާއްޖޭ ގަޑިން ހެނދުނު 11:45އެވެ.
ސައިންޓިސްޓުން ބުނެފައިވާ ގޮތުގައި ރޮކެޓް ހަނދުގައި ޖެހޭ މަންޒަރު ހަމަލޮލަށް ނުފެނުނެއްކަމަކު ރަގަޅު އާލާތް ބޭނުން ކޮށްގެން ”ޝޯ“ އެއްބަލާގޮތަށް ބެލޭނެއެވެ..ރޮކެޓް ވެއްޓުމާއި އެކު 50 ކިލޯމީޓަރެއްހާ މައްޗަށް ދުމާއި ހިރަފުސް އަރައިގެން ދާނެކަމަށާ މިގޮތަށް އަރާކުނޑިތައް ތިރިޔަށް ފޭބުމުގެ ބަދަލުގައި ހަނދުގެ ދެފަރާތުން ޖައްވަށް ފެތުރޭނެ ކަމަށް ޔުނިވަރސިޓީ އޮފް ކެމްބްރިޖް ގެ އެސްޓްރޮނޮމަރ ޑރ މެޓް ބޮތުވެލް ބުނެފައި ވެއެވެ. އަދި މިފަހަރުގެ ”ޖެހުން“ ވެގެން ދާނީ މީގެ ކުރިން ހިނގާފައިވާ މިފަދަ ހާދިސާ އަކަށް ވުރެބޮޑު ހާދިސާއަކަށް ކަމަށް އޭނާ ބުނެފައި ވެއެވެ.ދުނިޔޭގެ އެޓްމޯސްފިއަރުގައި ބިމަށް ދަމާބާރު ހުންނާތީ ކުނޑިއާއި ހިރަފުސް ތިރިވިޔަސް ހަނދުގައި އެހެން ނުވާނެކަން ސައިންޓިސްޓުން ފާހަގަ ކޮށްފައި ވެއެވެ. އެހެން ކަމުން ކުޑިއާއި ހިރަފުސް ތައް ހަނދުގެ ވަށާ ފެތުރެންފަށާނީ ކަމަށް ބުތުވެލް ބުނެފައި ވެއެވެ.
ޔޫރަޕިއަން ސްޕޭސްއޭޖެންސީ އިން ފާހަގަ ކޮށްފައިވާ ގޮތުގައި 54 ހާހެއްހާ އޮބްޖެކްޓް ނުވަތަ ރޮކެޓާއި ސެޓަލައިޓް އަދި އޭގެ ބައިތައް މިހާރުވެސް ޖައްވުގައި ދަނީ އެނބުރެމުންނެވެ.
1957 ވަނަ އަހަރު ސްޕޭސް އޭޖެ ފެށުނު ފަހުން މިހާތަނަށް 17000ޓަނުގެ ”އޮބްޖެކްޓް“ ތައް ޖައްވަށް ދޫކޮށްފައި ވެއެވެ.
މައުލޫމާތު : ބީބީސީ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް