ކޮވިޑް-19 އިން ދިފާއުވުމަށް މެލޭޝިޔާ އާއި ބުރުނާއީން އިތުރު ފިޔަވަޅުތަކެއް!

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަންޖެހޭ ވެކްސިންތައް ފުރިހަމަކޮށްފައިނުވާނަމަ، މެލޭޝިޔާއާއި ބުރުނާއީއާ ދެމެދު ދަތުރު ކުރާ ފަރާތްތަކުން ކަރަންޓީނުވާން ޖެހޭނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ. މެލޭޝިޔާގެ ބޮޑު ވަޒީރު ވިދާޅުވި ގޮތުގައި މި އެއްބަސް ވުމަކީ އިސްތަނާ ނޫރުލް އީމާންގައި، ބުރުނާއީގެ ސުލްޠާން، ޙަސަނަލް ބުލްޤިއާއާ ދެމެދު ކުރެވުނު މަޝްވަރާ ތަކުގެ ނަތީޖާއެވެ. ބޮޑުވަޒީރު އިސްމާޢީލް ސަބްރީ ނެރުއްވި ބަޔާނެއްގައި ވާގޮތުން، ކޮންމެ ހަފްތާއަކުވެސް ކުއަލާ ލަމްޕޫރް އާއި ބަންޑަރ ސެރީ ބެގަވާންއާ ދެމެދު […]

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް ކަނޑައަޅަނީ

ކުރިއަށް އޮތް 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުނެގުން ބާއްވާނެ ތާރީޚެއް ނިންމަން އެމްޑީޕީން ތާވަލު ކޮށްފިއެވެ. ތާރީޚު ކަނޑައަޅަން ނިންމާފައިވަނީ މިރޭ އޮންނަ ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ. ގައުމީ މަޖިލީހުގެ މެމްބަރުންނަށް ފޮނުވާފައިވާ އެޖެންޑާގައި ވާގޮތުން ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މިރޭ 8:30 ގައި އިސްކަންދަރު ސްކޫލުގައެވެ. މި ޖަލްސާގައި ފަސް އިންތިޚާބެއް ބޭއްވުމާ މެދު މަޝްވަރާކުރަން ވަނީ ނިންމާފައެވެ. އެގޮތުން ރިޔާސީ ޕްރައިމަރީ، […]

ކޮވިޑް 19: ރާއްޖެއިން އިތުރު 2707 މީހުން ފައްސިވެއްޖެ!

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 2707 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 1420 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 761 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 94 މީހުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ސުންކު ނެގި ވަކި ތަނެއް ނޭނގޭ 429 މީހުން އިއްޔެ ފައްސިވެފައިވެއެވެ. މިއީ ޓެސްޓުކުރި 7681 މީހުންގެ […]

ކޮވިޑް-19: އަދަދުތައް ނުރައްކާތެރި ދަރަޖައަކަށް މައްޗަށް!

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 2349 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 1325 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 681 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 54 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ސުންކު ނެގި ވަކި ތަނެއް ނޭނގޭ 289 މީހުން އިއްޔެ ފައްސިވެފައިވެއެވެ. މިއީ ޓެސްޓުކުރި 7574 މީހުންގެ ތެރެއިން […]

ހާލަތު ގޯހުން ގޯހަށް: އިތުރު 2137 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 2137 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 1219 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 547 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 89 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ކަނޑު އުޅަނދު ފަހަރުން ހަތަރު މީހުން އިއްޔެ މި ބައްޔަށް ފައްސިވެފައި ވެއެވެ. އަދި ސުންކު ނެގި ވަކި ތަނެއް […]

ކޮވިޑްގެ ހާލަތު ވަރަށް ގޯސް: އިތުރު 1594 މީހުން ބައްޔަށް ފައްސިވެއްޖެ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 1594 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 857 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 438 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 118 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ކަނޑު އުޅަނދު ފަހަރުން ދެމީހުން މި ބައްޔަށް އިއްޔެ ފައްސިވެފައި ވެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 106،595 އަށް […]

ކޮވިޑުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑުވެއްޖެ: އިތުރު 1420 މީހުން ބައްޔަށް ފައްސިވެއްޖެ

އިއްޔެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 1420 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 826 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 346 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 84 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އިއްޔެގެ ނަތީޖާތަކަށް ބަލާއިރު ރާއްޖެއިން ކޮވިޑް 19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 105،001 އަށް އަރާފައެވެ. […]

އިތުރު 954 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ރާއްޖެއިން އިތުރު 954 މީހުން ކޮވިޑް 19އަށް ފައްސި ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 954 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 514 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 326 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 36 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މިއީ މިއަހަރު ފެށުނު ފަހުން ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑް 19 އަށް ފައްސިވި […]

އުމުރުން 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް ބޯހިޔާވަހިކަން: ރައީސް ޔާމީން

ޕީޕީއެމްއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، ރާއްޖޭގައި އުމުރުން 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ށ. ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓް، މޫސާ ފަތުޙީ އާދަމްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް އެ އަތޮޅު ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރެއްގެ ކިބައިން ރައްޔިތުން އެދޭ ވަރަށް ގިނަ […]

ކޮވިޑް-19: ރާއްޖެއިން އިތުރު 967 މީހުން ކޮވިޑް 19އަށް ފައްސި ވެއްޖެ

ރާއްޖެއިން އިތުރު 967 މީހުން ކޮވިޑް 19އަށް ފައްސި ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 967 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 475 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 290 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 87 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ކަނޑު އުޅަނދުފަހަރުން ވެސް 2 މީހަކު ވަނީ އިއްޔެ ފައްސިވެފައެވެ. އަދި […]